ޕާކިސްތާނުގެ މަޝްހޫރު "ޗާއިވާލާ" ލަންޑަނުގައި ކެފޭއެއް ހުޅުވަން ނިންމައިފިއެވެ.

އަރްޝަދް ހާން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ކެފޭ ޗާއިވާލާގެ ފުރަތަމަ ކެފޭ އައުޓްލެޓް މިއަހަރުގެ ފަހުކޮޅު ލަންޑަނުގައި ހުޅުވާނެ ކަމަށެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދަށް އުފަން އަރްޝަދް ހާން ދަނީ އޭނާގެ އަމިއްލަ ސިޓީގައިވެސް ރޫފްޓޮފް ކެފޭއެއް ހުޅުވައިގެން ވިޔަފާރި ކުރަމުންނެވެ.

އުމުރުން 24 އަހަރުގެ އަރްޝަދް ޕާކިސްތާނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ވަރަށް ގިނަ މީހުން އޭނާގެ ރެސްޓޯރެންޓުގެ ނަން އޭނާގެ އަސްލު ނަމަށް ބަދަލުކުރަން ބުނަމުންދާ ކަމަށެވެ. އަރްޝަދް ބުނީ އޭނާ އެކަމަށް ދެކޮޅުހަދާ ކަމަށާއި ޗާއިވާލާ އަކީ އޭނާ މަޝްހޫރުވެގެން ދިޔަ ނަން ކަމަށެވެ.

ހާންގެ ފޮޓޯއެއް ފުރަތަމަ މަޝްހޫރުވެގެން ދިޔައީ އޭނާގެ މަސައްކަތުގައި ހުއްޓައި ނަގައިފައިވާ ފޮޓޯއެއް މީސްމީޑިޔާގައި ދައުރުވެގެންނެވެ. އެ ފޮޓޯ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ހާންގެ ލޮލުގައި ނޫކުލަ ހުރެފައި ރީތި މީހަކަށް އޭނާ ވުމުން ކަމަށް ވެއެވެ. އޭގެ ފަހުން ގިނަ ބަޔަކު ހާންގެ ކެފޭއަށް ކޮފީބުއިމަށް ގޮސް އެ ކެފޭއަށް ބޮޑު ޑިމާންޑެއް ލިބިގެން ދިޔައެވެ.

ހާން މިހާރު ހުޅުވާފައިވާ ކެފޭއަށް ގިނަ ބަޔަކު ދާއިރު އެ ތަނަކީ ޕާކިސްތާނުގެ ސަގާފަތް ވެސް ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ތަނެއްކަން ފާހަގަ ކުރެވެއެވެ. އެކި ވައްތަރުގެ ސައިގެ އިތުރުން އެ ކެފޭއިން 15 އަށްވުރެ ގިނަ ވައްތަރުގެ ކެއުން ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު