ހަސްފަތާލަށް ފަރުވާ ހޯދުމަށް ދިއުމުން، ފަރުދާ ދިނުމަށް ކަމަށްބުނެ އަންހެނަކު ރޭޕްކޮށްލައިފިއެވެ. މިކަން ހިނގާފައިވަނީ އިންޑިޔާގެ ގުޖްރާތުގައެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭޕްކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ހަސްފަތާލަށް ފަރުވާ ހޯދުމަށް ދިޔަ އަންހެން މީހެއް ކަމަށާއި ރޭޕް ކުރީ ޑރ. ޕުރަތިކް ޖޯޝީ ނަމަކަށް ކިޔާ ޑޮކްޓަރެއް ކަމަށެވެ.

ޑރ.ޖޯޝީ އާ ދެކޮޅަށް ފުލުހުންނަށް މިހާރު މައްސަލަ ހުށަހަޅާފައިވާއިރު، ފުލުހުން ބުނެފައިވަނީ މިދަޢުވާއަށް ޖޯޝީ އިންކާރު ކުރާ ކަމަށާއި ނަމަވެސް ތަޙްޤީޤް މިހާރު ކުރިޔަށް ދާ ކަމަށެވެ.

ފުލުހުންނާއި ހަވާލާދީ ހިންދުސްތާން ޓައިސްމްގައި ބުނެފައިވަނީ މިމައްސަލައިގައި އިތުރު މީހެއް ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރު ކޮށްފައިވަނީ މިމީހާ ރޭޕް ކުރެވުނު ވަގުތު އެތަން ވީޑިއޯ ކުރި މީހެއް ކަމަށެވެ. މައްސަލަ ހުށައެޅި އަންހެން މީހާ ބުނެފައިވަނީ މި ވީޑިއޯ ކުރި މީހާ އޭނާއާއެކު ބަދު އަޚްލާޤީ ޢަމަލު ހިންގުމަށް އެދެމުން އަންނަ ކަމަށާއި ނޫންނަމަ ވީޑިއޯ ލީކް ކޮށްލާނެ ކަމަށް އިންޒާރު ދެމުން އަންނަ ކަމަށެވެ.

މިމައްސަލައިގައި އަދި މިހާތަނަށް ޑރ.ޖޯޝީ ހައްޔަރު ކޮށްފައި ނުވި ނަމަވެސް ކޯޓަށް ހާޒިރު ކުރާނީ ބަންދުގައި ބަހައްޓައިގެން ކަމަށް އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހެހެ

    އިންކުރެޑިބްލް އިންޑިޔާ!

  2. ޛސޖސޖސ

    ޢިންޑިޔާ ޔަށް ރޭޕިސްތާން ކިޔަންވެއްޖެ ނުން

  3. ޙަސަން ޢަލީ

    ޜޭޕްސްތާނު މީހުން އަދި އެބައުޅެޔޭ އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމާ ބެހި ހައްގު ހޯދަން ވަކާލާތު ކުރުމަކީ އެންމެ ބޮޑު ޖޯކު

  4. ހިލަބެ

    ޢަހަރެމެނަށް އިންޑިއާއަށް އެތެެރެނުވެވޭނަމަ ކީއްވެ އިންޑިއާމީހުނަށް ރާއްޖެ އެތެރެވެބެންވީ؟