ދުނިޔޭގެ މަޝްހޫރު ބިލިއަނަރު ބިލް ގޭޓްސް އާއި އޭނާގެ އަނބިމީހާ މެލިންޑާ ވަރި ކުރި ވާހަކަ އަކީ ނޫސްތަކުގެ ސުރުހީތަކަށް އެރި އެއް ވާހަކައެވެ. އުމުރުން 27 އަހަރުގެ ކައިވެނި ރޫޅާލީ ދެފަރާތުން ވެސް ބޭނުންވެގެން ކަމަށް ޚަބަރުތަކުގައި ބުނެފައިވެއެވެ. ކައިވެނި ރޫޅާލިތާ ދުވަސްތަކެއް ވެފައިވާ އިރު އަދިވެސް ބިލްގޭޓްސް ކައިވެނީގެ އަނގޮއްޓި ނުނަގާކަން މިފަހުން އާންމުވެގެންދިޔަ ފޮޓޯތަކުން ހާމަވެއެވެ.
މައިކްރޯސޮފްޓްގެ ފައުންޑަ އަދި އުމުރުން 65 އަހަރުގެ ބިލްގޭޓްސް އެންމެ ފަހުން އާންމުގެ ތެރެއިން ފެނިފައި މިވަނީ ނިއުޔޯކްގައެވެ. އުމުރުން 56 އަހަރުގެ މެލިންޑާ އާއި ބިލް ވަކިވުމަށް ފަހު ފުރަތަމަ އާންމުންގެ ތެރެއަށް ފެނިފައި މިވަނީ ތަފާތު މީހެއްގެ ގޮތުގައެވެ.
މީޑިއާގައި އާންމުވެފައިވާ ބިލްގެ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ މިހާރު ތުނބުޅި ނުބާލައެވެ. ނިއުޔޯކް އިން ބިލް ގޭޓްސް ފެނިފައިވާ އިރު އޭނާއާ އެކު އެންމެ ހަގު އަންހެން ދަރިފުޅު 18 އަހަރުގެ ފީބީ އާއި އޭނާގެ ލޯބިވެރިޔާ ވަނީ ފެނިފައެވެ.
މެލިންޑާ އާއި ބިލްގެ ކައިވެނި ރޫޅާލާފައި ވަނީ މި މަހުއެވެ. އެ ކައިވެންޏަށް ވަނީ ތިން ކުދިން ލިބިފައެވެ. އެއީ ޖެނިފާ 25 އަހަރު، ރޯރީ 21، ފީބީ 18 އަހަރެވެ.
މެލިންޑާ އާއި ބިލް ވަކިވުމަށް ފަހު މީޑިއާގައި ބިލް އާއި ގުޅޭ ގޮތުން ކުރިން އަޑުނީވޭ އެތައް ވާހަކަތަކެއް ވެސް ވަނީ އަޑުއިވިފައެވެ. އެގޮތުން ބިލް އާއި ކުޑަކުދިންނާއި ބެހުނު ކަމަށް ދައުވާ އުފުލިފައިވާ ޖެފްރީ އެޕްޓެއިން އާއި އެކުވެރިކަމުގެ ގުޅުމެއް އޮތް ވާހަކަތަކެއް ފެންމަތިވިއެވެ.
ވެދާނުން ސިއްރިއްޔާތުގަ އެހެން މީހަކާ އިނީ ކަމައް.
ދޭއް ނޫނީ ތިން މީހަކާ ކައިވެނި ކޮށްލަނިކޮށް ކަންތައްތައް ރަނގަޅުވެދާނެ...އެކަމަކު ކުޑަކުއްޖަކާ ކައިރިނުވައްޗޭ...