ދެކުނު ކޮރެޔާގެ މަޝްހޫރު ލަވަކިޔާ ގުރޫޕް ކަމުގައިވާ ބެންގްޓަން ބޯއީސް ނުވަތަ ބީޓީއެސްގެ އައު ލަވަ ''ބަޓަރ'' 24 ގަޑިއިރުތެރޭގައި 108.2 މިލިއަން ވިއުސްއާއި އެކު ރިކޯޑް ގާއިމް ކޮށްފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ނެރުނު ބީޓީއެސްގެ ލަވަ ''ބަޓަރ'' އަކީ އިނގިރޭސި ބަހުން ކިޔާފައިވާ ދެވަނަ ލަވައެވެ. ފުރަތަމަ ލަވައަކީ ''ޑައިނަމައިޓް'' އެވެ. މި ދެ ލަވައަށް ވެސް އެތައް ބައެއްގެ ތަރުހީބާއި ރެކޯޑާއި އެވޯޑުތައް ލިބިފައިވެއެވެ.

ޑައިނަމައިޓް ރިލީޒް ކުރިތާ 24 ގަޑިއިރު ތެރޭގައި ޔޫޓިއުބުން 108.2 މިލިއަން ވިއުސްއާއި އެކު، 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ވިއުސް ލިބުނު ވީޑިއޯގެ ރެކޯޑް ވަނީ ހޯދައިފައެވެ. މީގެ ކުރިން ވެސް މި ރެކޯޑް ގާއިމް ކޮށްފައިވަނީ ބީޓީއެސް އިންނެވެ. އެއީ 101.1 މިލިއަން ވިއުސް އާއި އެކުގައެވެ.

ރިލީޒް ކުރެވުނުތާ ދެ ދުވަސް ތެރޭގައި ބީޓީއެސްގެ ''ބަޓަރ'' ވަނީ ހަތަރު ރެކޯޑެއް ހަދައިފައެވެ. އެއީ 24 ގަޑިއިރު ތެރޭގައި ޔޫޓިބުން އެންމެ ގިނަ ވިއުސް ލިބުނު ރެކޯޑާއި މިހާތަނަށް ޕްރިމިއަރ ކުރެވުނު އެންމެ މޮޅު މިޔުޒިކް ވީޑިއޯގެ ރެކޯޑާއި ސްޕޮޓިފައި ގުލޯބަލްގައި އެންމެ ގިނައިން ސްޓްރީމް ކުރެވުނު (11.042 މިލިއަން) ލަވައިގެ ރެކޯޑާއި އެއްދުވަހާއި އެންމެ ގިނައިން ސްޓްރީމް ކުރެވުނު (20.9 މިލިއަން) ލަވައިގެ ރެކޯޑެވެ.

ބީޓީއެސް އިން މިދިޔަ އަހަރު އޯގަސްޓް މަހު ނެރުނު ''ޑައިނަމައިޓް'' ލަވައަކީ ވެސް އެތައް ރެކޯޑެއް ހޯދާފައިވާ ލަވައެކެވެ. އެހެން ކަމުން ''ބަޓަރ'' އަށް ވެސް އެހާމެ ގިނަ ރެކޯޑާއި އެވާޑު ލިބޭނެ ކަމަށް ބެލެވެއެވެ. އެއީ ފުރަތަމަ ދެ ދުވަސްތެރޭގައި ވެސް ހޯދާފައިވާ ކާމިޔާބީއަށް ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Jimin

    💜💛

    15
    9
  2. އާމީ ގާލް

    😊☺️😱😱😉

    13
    8
  3. ކިމް ޓޭޔޯންގ

    މިފަހަރުގެ ލަވަ އަދި މާސަޅި. ބީޓީއެސް ވަރެއް ނެތް

    16
    3
  4. އާރްމީ

    ތެންކިއު ފޯރ ދި މާސްޓާޕީސް.... އޯލްވޭސް ކީޕް ޝައިނިން ލައިކް ދިސް.... ޔޫގާއީސް އޯލްވޭސް މޭކް މީ ޕްރައުޑް.... ބީޓީއެސް އެންޑް އާރްމީ އާ އޯލްވޭސް ބަޓާ ޓުގެދާ 💛💛
    އައި ބަޓާ ޔޫ ބީޓީއެސް 💛💛

    14
    3
  5. ލީން

    💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️އައި ލަވްޔޫ ގާއިޒް

    10
    4
  6. Bts

    ޟުމުތު ލައިކް ބަttރ💛💜👌😁

    11
    3