މިދިޔަ މާރިޗް މަހުގެ މެދު ތެރޭގައި ގެއްލުނު 16 އަހަރުގެ އަންހެން ކުއްޖަކު އެނބުރި ގެއަށް އަތުވެއްޖެއެވެ.
ވޮޝިންގޓަންގެ ތާސްޓަން ކައުންޓީގައި ދިރިއުޅެމުން އައި އެ ކުއްޖާ ގެއްލިގެން ވަރަށް ހޯދިއެވެ. އޭނާ އެނބުރި ގެއަށް އައިސްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތަށް އެކި ކަހަލަ އިވެންޓްތައްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހަކީ އެ ކުއްޖާގެ ފޮޓޯ ހިފައިގެން ފްލަޔާސް ބެހުމުގެ މަސައްކަތް ކުރަން ރޭވި ދުވަހެކެވެ.
އެމީ ޕިއާސް ނަމަކަށް ކިޔާ އެ ކުއްޖާ އެނބުރި ގެއަށް އައީވެސް އޭނާގެ މަންމަ ފުލުހަކަށް ގުޅައިގެން އޭނާއާ ގުޅޭގޮތުން ވާހަކަދައްކަމުންދަނިކޮށް ކަމަށް ވެއެވެ.
ފުލުހުން ބުނީ އެ ކުއްޖާ އެނބުރިއައުމުން ވަަރަށް އުފާވާ ކަމަށެވެ.
މީގެ ކުރިންވެސް ޕިއާސްއަކީ ގެއިން ނުކުމެގެން ދާ ކުއްޖެކެވެ. އެއީ އަލަށް ދިމާވި ކަމެއް ނޫނެވެ.
ބައެއް ފަހަރު މިގޮތަށް ކުޑަކުދިން ގެއިން ފިލައިގެން ދާތީ އެކަން ފުލުހުންނަަށް ރިޕޯޓް ކުރެއެވެ. ބައެއް ފަހަރު ފުލުހުން ކުރާ މަސައްކަތުން މު ކުދިން ހޯދޭއިރު، އަނެއް ބައި ފަހަރު ފެންނަ އިރު އޮންނާނީ މަރުވެފައެވެ. ނޫނީ މަރާލާފައެވެ. އާއްމުކޮށް މިގޮތަށް ފިލައިގެން ދާ ކުދިން އުޅެނީ ލޯބިވެރިޔާ ހިމާޔަތުގައެވެ. ނޫނީ ގާތް މީހެއްގެ ހިމާޔަތުގައެވެ.