ފިލްމީ ދާއިރާއިން އާންމުންގެ މަގްބޫލުކަން ހޯދާފައިވާ ދެމަފިރިން ކަަމަށްވާ ޝީލާ ނަޖީބް އާއި މުހައްމަދު މަނިކުގެ އަންހެން ދަރިފުޅު މާހީ މުހައްމަދު މަނިކް 'ޑްރާފްޓް ޖރ' ޕްރޮގްރާމުގައި ބައިވެރިވެ ވާހަކަ ދައްކާފައިވެއެވެ.
ޕްރޮގްރާމުގެ ތެރެއިން މަނިކު ވަނީ ކުރީގެ ބައެއް ވާހަކަ ކިޔައިދީފައެވެ. އެގޮތުން، ޝީލާ ސިޒޭރިއަން އޮޕަރޭޝަން ކުރަން އުޅުމުން އެކަމާ ވަރަށް ހާސްވި ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ހިތްހަމަ ޖެހުން ލިބުނީ ސިޒޭރިއަން އަކަށް ނުގޮސް ޝީލާ ވިހޭ ހަބަރާއި އެކުގައި ކަމަށް ބުނެއެވެ.
މަނިކު އާއި މާހީ ބައިވެރިވެ ދެކެވުނު ވާހަކައިގެ ތެރެއިން މާހީ ބުނެފައިވަނީ ބައްޕަ އެންމެ ގިނައިން ސައިކަލު ދުއްވަން ދަނީ މާކިން ގޮވައިގެން ކަމަށާއި، މާހީ ގޮވައިގެން ނުދާ ކަމަށެވެ. ގިނައިން މާހީ ގޮވައިގެން ދާނަމައޭ ހިތަށް އަރާ ކަމަށް ބުނެފައިވެއެވެ.
މަނިކު ބުނީ ދަރިއަކަށް ވިޔަސް މާހީ އާއި މަނިކުގެ އެއްގޮތް އެއްވެސް ކަމެއް ނުހުންނަ ކަމަށެވެ.
"ބައްޕަ ކުރާ ކަމެއްވެސް ކުރާ ކުއްޖެއް ނޫން. އަސްލު ބައްޕަ ފޮލޯ ކުރާ ކަމެއް ނުވެސް ކުރާނެ، ބައްޕަ ބުނާ ގޮތެއް ނުވެސް ހަދާނެ" އެވްރެޖް ކަންތައްތައް ދެމީހުންގެ ވެސް ތަފާތުކަމަށް ބުނަމުން މަނިކު ކިޔާދިނެވެ.
މާހީ ބުނީ ކަންކަމުގައި ދެބަސް ވާ ވަގުތު ޝީލާ މާކިންގެ ދިފާއުގައި ވާހަކަ ދައްކާއިރު، މަނިކު މާހީގެ ދިފާއުގައި ވާހަކަ ދައްކާ ކަމަށެވެ. މަނިކު ބުނީ މާހީ އެންމެ ވައްތަރީ ޝީލާއާއި ކަމަށެވެ. ބޭރަށް ދާން ތައްޔާރުވުމުން ފެށިގެން އުޅޭ ގޮތާއި ހުރިހާ ކަމެއްވެސް ވައްތަރީ ޝީލާގެ އުޅުމާ ކަމަށް ބުނެއެވެ.
މަނިކުގެ ދަރިއަކަށް ވީތީ އެކަމާ ވަރަށް އުފާވާ ކަމަށް މާހީ ބުންޏެވެ. އަދި ބައެއް ފަހަރު ވަރަށް އުނދަގޫވާ ކަމަށް ވެސް ބުނެއެވެ. އުނދަގޫ ވަނީ ބައެއް ފަހަރު މާހީ އަކީ މަޝްހޫރު މީހެއްގެ ދަރިއަކަށް ވީތީ ފޮނި ކުއްޖެއް ކަމަށް ބުނެ ކުދިން ވާހަކަ ނުދައްކާތީ ކަމަށް މާހީ ބުނެއެވެ. ވާހަކަ ކުރިއަށް ގެންދަމުން މާހީ ބުނީ ނަމަވެސް، ވާހަކަ ދައްކަން ފެށުމުން އެކުދިންނަށް ހީކުރެވުނު ކަހަލަ ފޮނި ސިފައެއް މާހީ ގައިގައި ނުހުންނަ ކަމަށް ބުނާ ކަމަށެވެ.
މަނިކުގެ ދަރިއެއްގެ ގޮތުން މާހީގެ ޝަކުވާއަކަށްވީ މާހީ ބޭނުންވާ ވަރަށް މަނިކުއަށް ވަގުތު ނުދެވޭ ކަމެވެ. އެކުގައި ހޭދަކުރާ ވަގުތު މަދުވެފައި، އެހެން ކުދިންނާ ބަލާފަ މާހީ އާއި އޮންނަ ގުޅުން ގާތް ނޫން ކަމަށް ބުނެއެވެ. މަނިކު މިކަމަށް ރައްދު ދެމުން ބުނީ ވަކި ދަރިއެއް ތަފާތު ނުކުރާ ކަމަށެވެ.
ކެކެކެ.މަޝްހޫރު މީހެއްގެ ދަރިއެއް ވީމައޭ.ކޮން އުނދަގުލެއް.ޕަޕަރާޒީން ފަހަތުން ނައްޓާނުލާ އުޅެނީތަ. އަދި ކިރިޔާ މަށަށް މިއިނގުނީ މަނިކުއާ ޝީލާއާ އެއީ ދެމަފިރިންކަން ވެސް.ކަލޭނޭ މިއޮތީ ވާ ދުނިޔެއެއް..
ޕަޕަރާޒީންގެ ވާހަކަ އެއްނެތޭ ކުދިންގެ ވާހަކަ އޮތީ ރަނގަޅަށް ކިޔާލާފަ ކޮމެންޓް ލިޔަންވީނު
ހަމަ ތިމާމީހާ ހިތަށް އާރާހާ އެއްޗެއް ލިޔެލީމަ ވީދޯ؟މިއޮތީ ދުނިޔެއެކޭ ؟؟؟؟
އަދި ކިރިޔާ އެނގޭނަމަ ކަލޯ މިތަނަށް އައިސް މި ހަބަރު ކިޔާފަ ކޮމެންޓްކުރާކަށް ނީންނާނެ. ލޮލް. މިއޮތީވާ ދުނިޔެއެއް.
ތިދެން މިހާރު މާ ނުދެނަ ހުރި ކަމަށް ހެދެނީ، އެންމެނަށް އެނގޭ ކަމެއް އެއީ، ލޮލް
މަނިކު، މާހީ ވަރަށް ދެރަވެފަ ބުނާ އެއްޗެހިހެން ހީވަނީ. ދަރިއަކު އެކަހަލަ އެއްޗެހި ބުނާނީ ޙަޤީޤަތުގަވެސް ވަރަށް ދެރަވީމަ. އަދި އަމުދުން ޓީވީ ކުރިމަތީގަ. އެކުއްޖާ އެ ބުނި ކަންކަމާމެދު ވިސްނާލާފަ ކޮންސިޑަރ ކުރުން ރަނގަޅުހެން ހީވަނީ
ނނ...ހަޖަމު ކޮއްލަބަ...😂
ޝީލާ އާއި މަނިކް އަކީ ރާއްޖޭގެ އެންމެންނަށްވެސް އެނގޭ މަޝްހޫރު 2 ތަރިން