މަންމައިންނަކީ ވަރަށް ތަފާތު ބައެކެވެ. އެމީހުންގެ ދަރިންނަށްޓަކައި ކޮންމެ ހާލެއްގައި ވެސް ކޮންމެ ފަދަ ކަމެއް ކުރުމަށް މަންމައިން ޖެހިލުމެއް ނުވާނެއެވެ.

މަސައްކަތުގައި ބުރަކޮށް އުޅެމުން ވެސް، ބަލިވިޔަސް، ނުވަތަ އެހެން ވެސް ކަމެއް ދިމާވި ނަމަވެސް އެ މަންމައެއްގެ ދަރިންނާއި އާއިލާއަށް ބޭނުންވާ ކޮންމެ ކަމެއް ފުރިހަމަ ކޮށްދިނުމުގައި އަބަދުވެސް ތިބޭނީ ތައްޔާރަށެވެ. މައިވަންތަކަމުގެ ލޯތްބަކީ މިހާ ވެސް ތަފާތު، އަގުނުކުރެވޭފަދަ ލޯތްބެކެވެ.

މަންމައަކު އޮކްސިޖަންގެ އެހީގައި ވެސް އޭނާގެ ދަރިންނާއި އާއިލާއަށް ކާންދިނުމަށްޓަކައި ކައްކާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. އެ އަންހެން މީހާގެ ދަރިފުޅު މީސް މީޑިޔާގައި މި ފޮޓޯ ހިއްސާކޮށް ބުނެފައިވަނީ އެއީ އަގުނުކުރެވޭނެ ލޯތްބެއް ކަމަށާއި މަންމައިންގެ ޑިއުޓީއަކީ ނިމުމެއް ނެތް ޑިއުޓީއެއް ކަމަށެވެ.

މައިވަންތަކަމުގެ ލޯބި ދައްކައިލުމަށް ހިއްސާ ކުރެވުނު މ ފޮޓޯއަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. މަންމަ ބަލިވުމުން ވެސް އެ މަންމައަށް އަރާމު ކޮށްލާނެ ފުރުސަތެއް ވެސް ނުދޭ ކަމަށް ބުނެ އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މިކަމަށް ފާޑުކިޔައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ އަންހެން މީހާ އަރާމުކޮށްލިއަ ދިނުމަށެވެ. އެކަމަކީ މާ ''ކޫލް'' ކަމެއް ނޫން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މަންމައިންގެ އަގު ނުކުރެވޭ ފަދަ މި ލޯބި ވާން ޖެހޭނީ އެމީހުންނަށް އެއްވެސް އަރާމެއް ނުލިބޭ ފަދަ ކަމަކަށް ތޯ ވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.

މިކަމަކީ ލޯބި ނޫން ކަމަށާއި މިއީ ގަނަތެޅުވުން ކަމުގައި ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެލާމްބެ

    މި ދައްތަ ގައިގަ ރޯ ނުވޭތަ؟؟؟

    1
    3