މިދުވަސްކޮޅު ބޮލީވުޑްގެ ޚަބަރުތަކުގެ ތެރެއިން އެންމެ ގިނައިން ދެކެވެމުންދާ އެއް ވާހަކައަކީ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރްގެ ގުޅުމުގެ ވާހަކައެވެ. "ބްރާހްމަސްތްރާ" އިން އެކުގައި ފެނިގެންދާނެ މި ދެ ތަރިން އެކުގައި ފެންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

އަހަރު ފެށުނީވެސް ދެ މީހުން އެކުގައި އިސްރާއިލަށް ގޮސް ތިއްބާކަމަށް ވެއެވެ. އެ މީހުންނާއެކު ފިލްމް ހަދާ މީހެއްކަމަށްވާ އަޔާން މުކަރްޖީވެސް ބައިވެރިވިއެވެ. މިހަރު މި ދެމީހުން އެކުގައި މާގިނައިން ފެންނާތީ ދެ މީހުންގެ ލޯބީގެ ގުޅުމެއް ވާކަމަށް އަޑު ފެތުރެން ވަނީ ފަށާފައެވެ.

ނަމަވެސް މިކަން ގަބޫލުނުކޮށް އަނެއް ބަޔަކު ބުނަމުން ދަނީ އެ މީހުން މަސައްކަތް ކުރަމުން ދަނީ ކަރަން ޖޯހަރްގެ "ބްރާހްމަސްތްރާ" މާކެޓް ކުރުމަށް ސްޓަންޓެއް ޖައްސަނީއެވެ. މިކަމާއި ރަންބީރްގެ ލޯބިވެރިޔާކަމަށް ބުނާ މާހިރާ ވަރަށް ރުޅިއައިކަމަށް ވެއެވެ.

މިކަންތައްގަނޑު ތެރޭގައި ރަންބީރު ވަނީ އެ މީހުންގެ އެފަދަ ގުޅުމެއް ނެތްކަން ހާމަވެސްކޮށްފައެވެ.

ނަމަވެސް ކަރަން ޖޯހަރްގެ ކޮފީ ވިތް ކަރަންގައި އާލިއާ ވަނީ އޭނާ ވަރަށް ބޮޑަށް ރަންބީރު ދެކެ ލޯބިވާކަން ހާމަކޮށްފައެވެ. އަދި ރަންބީރްއާ ކައިވެނި ކުރަން ބޭނުންވާކަމަށްވެސް ބުނެފައެވެ.

އާލިއާ އާއި ޕަރްނީތް ޗޯޕްރާ އާ ދެމީހުން އެކުގައި ކަރަން ޖޯހަރްގެ ޝޯވގައި ހޯސްޓް އެހި ސުވާލަކަށް ޖަވާބުދެމުން އާލިއާ ވަނީ ވަރަށް ހުޅުވާލައިގެން ވާހަކަދައްކާފައެވެ.

"އަހަރެން ފުރަތަމަވެސް ހަނދާން ހުރޭ ރަންބީރް އާއި ވާހަކަދެއްކި ހަނދާން. ކަރަން ބުނެގެން އަހަރެން އޭނާ ކައިރީ ލޯބިވާ ވާހަކަ ބުނަން އުޅުނީ. އަހަރެން އޭނާއާ ވަރަށް ވާހަކަދެއްކިން. އެއްވެސް ވަރަކަށް ހުއްޓާނުލާ. އޭގެ ފަހުން އޭނާއާއެކު ބޭރަށްދާން ފުރުސަތު ލިބުނީ، އެވަރުންވެސް އަހަރެން ބުނާނީ އޭނާ ހާދަ ރީއްޗޭ އޭނާއާ ކައިވެނި ކުރަން ބޭނުމޭ". އާލިއާ އެ ޝޯގައި ބުންޏެވެ.

ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާއަކީ އާލިއާގެ އެއް އަތް ކަހަލަ މީހެކެވެ. އާލިއާ ރަންބީރު ދެކެ ލޯބިވާތީ އެކަމާ ކެޓްރީނާ ކިޔަނީ ކީކޭތޯ ބެލުމަށް ކަރަން ކުރި ސުވާލަކަށް ޖަވާބުދެމުން އާލިއާ ބުނީ، ކެޓްރީނާއަށް އެކަން އެނގޭނެ ކަމަށެވެ. އަދި ރަންބީރުގެ މަންމައަށް ވެސް އެކަން އެނގޭނެކަމަށް އާލިއާ ބުންޏެވެ.

އާލިއާ އިތުރަށް ބުނީ، އޭނާއަކީ ވަރަށް ހުޅުވާލެވިގެން ވާހަކަދައްކާ މީހެއްކަމަށެވެ. އެކަމަކު ރަންބީރު މިކަމާއި އެއްޗެއް ބުނެފައިނުވާކަމަށް އާލިއާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު