ފްރާންސްގެ ކާމިޔާބު ފެޝަން ޑިޒައިނަ ބާނާލްޑް އާނޯލްޓް ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް ވެއްޖެއެވެ.

ފޯބްސް އިން ހާމަކޮށްފައިވާ ބިލިއަނަރުންގެ ލިސްޓުގެ އެންމެ ކުރިއަށް އާނޯލްޓް ގެ ނަން އަރާފައިވާއިރު އޭނާގެ މިލްކިއްޔާތުގައި މިހާރު 186.3 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

އާނޯލްޓް ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގެ އެންމެ މައްޗަށް ޖެހިފައި ވަނީ އެ ލިސްޓުގައި ދެ ވަނަ އަށް އޮތް ޖެފް ބޭޒޯސް އާއި ވާދަކޮށް 300 މިލިއަން ޑޮލަރުގެ ތަފާތަކުންނެވެ. ޖެފް ބޭޒޯސްގެ މިލްކިއްޔާތުގައި ހުރީ 186 ބިލިއަން ޑޮލަރެވެ. ތިން ވަނައަށް މި ލިސްޓުގައި އޮތީ އީލޯން މަސްކުގެ ނަމެވެ. އޭނާގެ މިލްކިއްޔާތުގައި ހުރީ 147.3 ބިލިއަން ޑޮލަރެވެ.

މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހާއަކީ މަޝްހޫރު ފެޝަން ބްރޭންޑް ލުއީ ވުޓާން މޮއެޓް ހެނެސީ (އެލްވީއެމްއެޗް) ގްރޫޕުގެ ވެރިޔާއެވެ. ފާއިތުވި އަހަރުގެ މާރިޗު މަހު މި ކުންފުނީގެ މިލްކިއްޔާތުގައި ހުރީ އެންމެ 76 ބިލިއަން ޑޮލަރެވެ.

ކޮވިޑާއި ގުޅިގެން ދުނިޔޭގެ ޤައުމުތަކުގައި ފުރަބަންދު އެޅުމާއި އެކު ބައެއް ކުންފުނިތަކަށް ބޮޑު ފައިދާއެއް ލިބިގެން ދިޔައެވެ. އެ ކުންފުނިތަކުގެ ތެރޭގައި ލުއީ ވުޓާންވެސް ހިމެނޭއިރު ފާއިތުވި 14 މަސް ދުވަސް ތެރޭގައި އެ ކުންފުންޏަށް 110 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

ފާއިތުވި އަހަރުތަކުގައި ފޯބްސް އިން ހާމަކުރާ ބިލިއަނަރުންގެ ލިސްޓުގައި އެންމެ ކުރީގައި ތިބެނީ ގިނައިން އެމެރިކާގެ ބިލިއަނަރުންނެވެ. އޭގެތެރޭގައި ބޭޒޮސް، އީލޮން، ގޭޓްސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިދެންނގަބޫލުކުރެވޭ ލިސްޓެއް؟
    ކޮބާ ރޮކަފެލަރ އާ ޖެޕީ މޯގަންއާއި ރޮތްޗައިލްގެ ފެމެލީގެ ނަން؟ 2 ވަނަ ބޮޑުބހަނގުރާމައިގަ އިންގްލެންޑަށް ފަންޑުކޮށްދިނީ ރޮތްޗައިލް ބޭންކް އިން އިޒްރޭލުގެ ބިން ދިނީ ރޮތްޗައިލްޑް ފެމެލީއަށް. ބެލްފޯރ ޑކްލަރޭޝަން އެޑްރެސް ކޮށްފަ އިންނާނީ، "ޑިއަރ ސަރ ރޮތްޗައިލްޑް" މިގޮތަށް.

    9
    7
    • ޥާނުވާ

      ދޮންކަލޯ ރޮތްޗައިލްޑް ފެ މިލީ ގެ ވާހަކަ ނުކިޔާނެ...ރޮތްޗައިލްޑް ޑޮކިއު މެންޓްރީ ބަލާލާ

  2. މުހައްމަދު

    މުއްސަދި ކަމަކީ ވަގުތީއެއްޗެއް އެއީ ﷲ ތާއާލާގެ އިމްތިހާނެއް

    20
    1