އިޓަލީވިލާތުގައި މީގެ ދެދުވަސް ކުރިން ހިނގި ކާރު އެކްސިޑެންޓްގައި ފަސް އަހަރުގެ ކުއްޖަކު އާދަޔާއި ހިލާފު ގޮތަކަށް ސަލާމަތް ވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. އެކުއްޖާގެ މަންމަ އާއި ބައްޕަގެ އިތުރުން ދެއަހަރުގެ ކޮއްކޮ އާއި މާމަ އާއި ކާފަ ވެސް ވަނީ މިއެކްސިޑެންޓްގައި މަރުވެފައެވެ.

ތަހްގީގީ އިދާރާތަކުން މިހާރު ދަނީ 65 ފޫޓް މަތިން ދަތުރު ކުރަމުން ދިޔަ ކޭބަޕް ކާރުތައް ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށް ތަހްގީގު ކުރަމުންނެވެ. އިޓަލީވިލާތުގެ އުތުރުގައި އޮންނަ ލޭކް މެގިއޯރީގައި ހިނގި މިއެކްސިޑެންޓްގައި ޖުމްލަ 14 މީހަކު މަރުވިއެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނޭ އެއް އާއިލާ އަކީ އިސްރާއީލްގެ ބައެކެވެ. އޭގެ އިތުރުން ދެން މަރުވެފައިވާ އެންމެންނަކީ ވެސް އިޓަލީ މީހުންނެވެ.

މިހާދިސާ އިން ސަލާމަތްވި ފަސް އަހަރުގެ ފިރިހެން ކުއްޖާގެ ހާލު ވެސް ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެއެވެ. އިޓަލީވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި އެކުއްޖާގެ ހާލަތު އަންނަނީ ގާތުން ބަލަމުންނެވެ. ނަމަވެސް ކުއްޖާގެ ހާލަތާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ދެވޭނީ 48 ގަޑިއިރު ފަހުން ކަމަށް ޑޮކްޓަރުން ބުނެއެވެ.

އިޓަލީވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކޭބަލް ކާރު އެކްސިޑެންޓްގައި މަރުވި އިސްރާއީލް އާއިލާއާއި ގުޅުން އޮތް މީހުންނާއި ގުޅައި، ފަސް އަހަރު ކުއްޖާގެ މައުލޫމާތު މިހާރު ވަނީ ހިއްސާ ކޮށްފައެވެ. އެކުއްޖާ ކައިރިއަށް އައުމުގެ މަސައްކަތް އިސްރާއީލްގައި ތިބި އާއިލާގެ ބައެއް މެންބަރުން މިހާރު އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުއްލާ

    ޔަހޫދީ އާއިލާއަކަށް ވެޢްޖިއްޔާ ދުނިޔެއިން ޔަހޫދީންތަކެން މަދުވެގެންދިޔައީ

    14
    3
  2. މާމިގިލީ މީހާ

    ޖާބިރުގެ ކޭބަލް ކާރު ވެއްޓުނީ. ގާފަރާ ކާށިދޫ އާ ދޭތެރޭ އަޅާފަ، އޮތް ކޭބަލް ކާރު.

    15
    3