އެޕަލް ކުންފުނީގެ ހުރިހާ ކާމިޔާބެއްގެ ސިއްރަކީ އެކުންފުނީގެ މުވައްޒަފަކުންގެ މޮޅުކަމާއި ކުޅަދާނަ ކަމެވެ. ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުގެ އަޙްލާޤެވެ. ކުންފުނިން މުވައްޒަފުންނަށް ފަހިކޮށްދީފައިވާ ފުރުސަތުތަކެވެ. ދުނިޔޭގައި މިހާރު ހުރި އެންމެ ރީތި އޮފީސް އިމާރާތުގެ ވެރިޔަކީ ވެސް އެޕަލް އެވެ.

އެޕަލްގެ މައި ހެޑްކުއާޓަރު ކަމަށްވާ "އެލަޕް ޕާކް" ގެ ގިނަ ކަންކަން އެއީ ސިއްރެކެވެ. ނަމަވެސް އެތަނުގައި ވަޒީފާ އަދާކުރާ މާހައުލު އޮންނަ ގޮތް އެއީ މިހާރު ސިއްރެއް ނޫނެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނީ އެޕަލް ޕާކްގައި ވަޒީފާ އަދާކުރާ ހުރިހާ މުވައްޒަފުންނަށް ވެސް ކޮޅަށް ހުރެ ވަޒީފާ އަދާކުރެވޭނެ ޑެސްކްތަކެއް ފޯރުކޮށްދީފައި ވާނެ ކަމަށެވެ.

"އަޅުގަނޑުމެން 100 އިންސައްތަ މުވައްޒަފުންނަށް ދީފިން ކޮޅަށް ހުރެ ވަޒީފާ އަދާކުރެވޭނެ ޑެސްކްތަކެއް. ހުރިހާ މުވައްޒަފުން ވެސް ވަޒީފާ އަދާކުރާނީ ކޮޅަށް ހުރެ. ނަމަވެސް އިރުކޮޅަކު އިށީންދެ އިނުމުގެ ފުރުސަތު ވެސް ލިބޭނެ." ކުކް ބުންޏެވެ.

ކުކް ބުނި ގޮތުގައި ގޮނޑީގައި އީށިންދެ އިނދެ ވަޒީފާ އަދާކުރުމަކީ "ކެންސަރެކެވެ."

މީގެ ކުރިން ވެސް ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކުގައި ކޮޅަށް ތިބެ ވަޒީފާ އަދާކުރަން މުވައްޒަފުންނަށް ބާރުއަޅާފައި ވެއެވެ. އޭގެތެރޭގައި ގޫގްލް ފަދަ ކުންފުނިތައް ވެސް ހިމެނެއެވެ. ނަމަވެސް ހުރިހާ މުވައްޒަފުން އަބަދު ކޮޅަށް ތިބޭ ވަޒީފާ އަދާކުރަން އެޕަލް ނޫން ކުންފުންޏަކުން އަދި އެންގިކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަސީދު

    ދެން އެންމެއަވަހައް ރާއްޖޭގެ ސަރުކާރު އޮފީސްތައް ސަބަބަކީ ގޮނޑި ގަންނަންނުޖެހުން