މާލެއަށް ނިސްބަތްވާ އަންހެނަކު އިންނާނެ މާލޭގައި ގެދޮރުހުރި ރަނގަޅު އާމްދަނީ ލިބޭ ފިރިހެނަކު ހޯދަން އިއުލާނު ކޮށްފިއެވެ.
ކައިވެނި ކުރުމަށް މީހުން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ފޭސްބުކު ޕޭޖެއް ކަމަށްވާ "ކައިވެނި" ޕޭޖުން އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އުމުރުން 23 އަހަރުގެ ދިވެހި އަންހެނަކު އިންނާނެ ދިވެހި ފިރިހެނަކު ހޯދާ ކަމަށެވެ.
އެޕޯސްޓުގައި ބުނެފައިވާ ގޮތުން އެ އަންހެން މީހާ އާމްދަނީ ހޯދުމުގެ ގޮތުން ކުރަމުން އަންނަނީ މޮޑެލްއެއް ކަމަށެވެ. އެހެން ނަމަވެސް ލިބޭ އާމްދަނީ ވަނީ ސިއްރުކޮށްފައެވެ. އަދި އޭލެވެލްގެ ފެންވަރު ހުރި ކަމަށާއި މީގެ ކުރިން ކައިވެންޏެއްކޮށްފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
އޭނާ އަކީ ކެރިއަރެއްް ނޫން ކަމަށްވެސް ޕޯސްޓުގައި ވަނީ ބުނެފައެވެ.
ޕޯސްޓުގައި ބުނާ ގޮތުން އޭނާ ބޭނުން ވަނީ އުމުރުން 30 އަހަރާއި 45 އަހަރާ ދެމެދުގެ، މާލޭގައި ގެދޮރު ހުރި ފިރިހެނެކެވެ. އެފިރިހެން މީހާ ވާން ވަނީ ރަނގަޅު އާމްދަނީއެއް ލިބޭ މީހަކަށެވެ. އަދި ކެއްކުމާއި ގޭތެރޭގެ ކަންކަން ކުރަން އޭނާއާއި ނުޖައްސާ އޭނާ ގެންގުޅެވޭނެ މީހަކަށް ކަމަށް ވެސް ޝަރުތުތަކުގައި ބުނެފައި ވެއެވެ.
"ކައިވެނި ޕޭޖް" އަކީ ދިވެހިންގެ ތެރޭގައި މަޤްބޫލު ޕޭޖްއެކެވެ. އަދި އެޕޭޖުގައި އާންމުކުރާ ޕޯސްޓުތަކަކީ އެއީ ސައްހަ މައުލޫމާތުކަމަށްވެސް އެ ޕޭޖު ހިންގާ ފަރާތްތަކުން ވަނީ ބުނެފައެވެ.
މާލޭ އަންހެން މީހާ އަށް ރާއްޖެ ތެރޭ މީހުން ހަޑީ ދޯ؟
ލާރީގެ ދަހިވެތި ކަމުގައި އުޅޭ އަންހެނުން ތިއީ
ގެދޮރު ހުރި މާލޭ މުސް ކުޅި މީހާ މިވަގުތުވީ ރިސޯރޓުގައި؟
ތީނަޔާ ވައިއެޅެންވެސްނުވާނެ މާއްދީއުފަލާ އަދި މުދަލުގެ ދަހިވެތި ކަމުގައި
ދުނިޔޭގެކަމެއްބާ
ސޮރީ ތިޔަކަމެއްނެތް ކުރެވޭކައް
އަހަންނަކީ ރާއްޖެތެރޭ މީހެއް. މާލެއިން ބޭނުން މުއްދަތަކަށް އެޕާޓްމަންޓް ނުވަތަ ގެއެއް ވިޔަސް ކުއްޔަށް ހިފައިގެން ނުވަތަ ގަނެގެންވެސް ތިޔަ މާލޭ ކުއްޖާ ގެންގުޅެވޭ ވަރުގެ ތަނަވަސްކަންހުރި، ކައްކަން އެނގޭ، ގޭތެރޭގެ މަސައްކަތް ތިޔަ މާލޭ ކުއްޖާއާ ނުޖައްސާ ބޭނުންވަރަކަށް ނޯކަރުން ލައިގެންވެސް ކުރެވޭހައި ތަނަވަސްކަން ލިބިފައިވާ މީހެއް. އެކަމަކު ހިތާމައަކީ ތިޔަ މާލޭ ކުއްޖާގެ އެންމެ މުހިންމު އެއް ޝަރުތު ކަމުގައިވާ މާލޭ މީހަކަށް ވުމުގެ ޝަރުތު ފުރިހަމަ ނުވުން. މާލޭ ކުއްޖާއަށް ވަރަށް ސަލާމް. އަހަރެން ދެން މާލޭ ކުއްޖަކާ ނުއިންނާނަން. އިންނާނީ ހަމަ ރާއްޖެތެރޭ ކުއްޖަކާ.
ލޮލް..އަނބި މޮޑެލް ކުރަން ފޮނުވާފަ، ފިރި މީހާ ގޭތެރޭ މަސަތްކަތުގަ... ތިޔަ ކަހަލަ ފިރިހެނުން އުޅޭނީ އެމްޑީޕީގަ
އިނުމުގެ ބޭނުމެއް ނުފެނުން. އޯކޭވާނެ ރިތިކަން ދިޔައީމަ ވަރިކޮއްލާނީ
މިނާއާއި އިދެފިނަމަ ދެފައިވެސް ދޮއްވަން ބުނާނެ ނިދާގަޑީގައި! ދެން އޮންނަން ޖެހޭނީ ސޯފާގައި. މީނާގެ ވާހަކަ ތަކުން އެކަން ޔަޤީންވޭ!
މީހަކާ އިންނަ ފެންވަރެއް އަދިނެތް.. އަތުންފައިން މަސައްކަތް ކުރަން ނުކެރެންޏާ ރަށުތެރެއިން އެހެން ކަމަކާ އުޅެބަލަ...
ފިރިހެން މީހާ ގެދޮރު ހުރުމާއި އެ ކު ކައް ކަން ވެސް އެނގެން ޖެހޭ@ އެޕާރޓުމެންޓު ހުރެއްޖެ ނަމަ ވަގުތުން ވަރިވާނަން
މިހާތަނައް މީހަކާއިންނަން އުލޭ އެންމެ މުޑުދާރު އަންހެނާ.
މާލެވެފައި ތިބެބަލަ.
ތިކަހަލަ ގޮތެއް ފޮތެއް ނެތް މީހަކާއި އިނުމަށްވުރެ މާރަނގަޅުވާނެ ގެވެހި ރީތި އަންހެނަކު ބެންކޮކުން ގެނަޔަސް.
މާލެގެ އެޑްރެހެއް އޮތުމަކީ ފިރިޔަކު އަޅުވެތި ކުރަން ލިބޭ ލައިސެނސެއްނޫން
އަލީ ތިބުނުއްވީ ހަމަ ތެދުފުޅެއް އެކަހަލަ މީހުންނާއި އިނދެގެން ކޮންދިރިއުޅުމެއް ފެންނާނީ ތިބުނީވިއްޔާ މޮޑެލެކޭ ޗީޗީ ( އަންހެނުންނަށް ކުރާމަލާމާތެއް އެއީ )
ދައްޔޫސަކު ނޫނީ ނީއްނާނެ މިކަހަލަ ކަންނެތް ނިކަމެތި އަންހެނަކާ ނޫނީ. މިކަހަލަ އަންހެނުން ބޭނުމެއް ނުވޭ މުޖުތަމައަކައް.
ނޯކަރެއްގެ ވާހަކަ ވެސްއޮތްނަމަ ތަންކޮޅެއް ސަޅިވާނެ. އަހަރެންރާއްޖެތެރެ. އަހަރެން އިންނަން3އަންހެނުންބޭނުން.ބޭނުމީ ފަލަސްޠީނުގަ ހުވަފަތްވެފަތިބި3އަންހެނުން. ކޮންޝަރުޠެއް. އެއްވެސް ޝަރުޠެއްނެތް.
👏👏👏👏👏 ސާބަހޭ ބަޑި އެދުރާ..!!ތީ ވ.ރަނގަޅު ނިންމުމެއް..
ހާދަ ސައިޒު އޮޅިގެން އުޅޭ އަންހެނެކޭ ދޯ. އިންޑިއާ ނުވަތަ ބަނގާޅު ފަގީރު އަވަށް ގަނޑަކުން މީހަކު ހޯދައިގެން އިންނަންވީނު.
ސުބްހ'ާނަﷲ! ވަކި ރަށެއްގެ މީހަކަށްވެގެން ނުވަތަ މުއްސަންޖަކަށްވެގެން ﷲ އާ އެކަލާންގެ ރަސޫލާގެ އަމުރުފުޅުތައް ފަހަނައަޅައި ދެވިގެން ނުވާނެ! އެއީ ﷲ ގެ މައްޗަށް ބޮޑާވެ ކިބުރުވެރިވެގަތުން.! އެކަހަލަ މީހުންގެ ކަންތައް ނިމޭނީ ވ. ނިކަމެތިގޮތަކަށް!؟
ކަލޭތީ މޮޔައެއް
ތިޔަ އަންހެނާ ތިއީ މާލޭ ބިކާރީއެއްތާ ދޯ؟
ޙުސް ޢާރުޓީ ނާތަހުޒީބީން ކުރާ ކޮ މެންޓް އެއްޗަކަށް މިއޮތީ ދޯ
މާލެ މީހާ ގެ ހެންޑެލި ރަނުގެ ހެންޑެލިތަ؟ އެންމެން މާލެ މީހާ ހޯދަނީ
ގާސިމްބެ ކައިރީ އަހާލާނަން ގޮތެއް ވޭތޯ.