ސީރިޔާގެ އެލެޕޯ ގެ ސަކާސިއަން އާއިލާއަށް އުފަން އުމުރުން 29 އަހަރުގެ ނާޓޭ އަބްދުﷲ އަކީ ގުރަފިކް ޓިޒައިނަރެކެވެ. ސީރިޔާގެ ދާހިލީ ހަގުރާމަ 2011 ވަނަ އަހަރު ފެށުމުން އަމިއްލަ ވަޒީފާ ގެއްލި ދެން އުޅުނީ އިންސާނީ އެހީދޭ ޖަމިޔާއެއްގައެވެ. ނަމަވެސް ވަޒީފާއެއް ހޯދުމަށް އަމިއްލަ ވަޒަން ދޫކޮށް އަވަށްޓެރި ތުރުކީ އަށް ދަތުރު ކުރީ ލޯބިވާ އާއިލާވެސް ދޫކޮށްފައެވެ.

މިއަހަރު އަބްދުﷲ ވަނީ ތުރުކީގެ ބޯޑަރު ހުރަސްކޮށް އަމިއްލަ ވަޒަން ކަމުގައިވާ އެލެޕޯ ނުވަތަ ހަލަބަށް 4 އަހަރު ފަހުން އެބުރި އައިސް ފައެވެ. އަލްޖަޒީރާއަށް އަމިއްލަ ވަޒަނަށް އާދެވުމުން ކުރި އިހުސާސް ކިޔައިދެމުން އަބްދުﷲ ބުނީ ފުރަތަމަވެސް އަމިއްލަ ވަޒަނަށް އައިސް ދިޔާއީ ގެޔައް ކަމަށާއި އަދި ގެޔައް ވަދެ މަންމަ އަށް ގޮވާލި ކަމަށެވެ. އަދި މަންމަ އަށް ހުއްޓުން އެރި ކަހަލަ ގޮތެއްވެ އަމިއްލަ ދަރި ގަދަވެ ސަލާމަތުން އެބުރި ގެޔައް އައިކަން ގަބޫލު ކުރަން ދަތިވި ކަމަށް އަބްދުﷲ ބުންޏެވެ.

2011 ވަނަ އަހަރު ފެށުނު ދާހިލީ ހަނގުރާމައިގައި މުޅިން ސުންނާފަތި ވެފައިވާ އަމިއްލަ ވަޒަނަށް އާދެވުމުން ވަރަށް އަސަރު ކުރި ކަމަށް އަބްދުﷲ ކިޔާދިނެވެ. އަދި ކުރިން ހުރި ހުރިހާ ކަމެއް މުޅިން ބަދަލުވެފައިވާ ކަމާއި ކުޑަ އިރުގެ ހަނދާން ތަކާ ގުޅިފައި ހުރި ހުރިހާ ތަނެއް ވަނީ ހަނގުރާމައިގައި ވިއްސި ވިހާލިވެފައި ކަމަށް ވެސް އަބްދުﷲ ބުންޏެވެ.

ވަރަށް ދެރަވެފަ ހުރެ އަބްދުﷲ ބުނީ ހުރީހާ ރައްޓެހިންވެސް ވަނީ ވަޒަން ދޫކޮށް ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި ޔޫރަޕްގެ ގައުމުތަކަށް ހިޖުރަ ކޮއްފައެވެ . ނަމަވެސް ވަރަށް ގާތް އެކުވެރިއެއް ކަމަވާ ރަމީ ވަނީ ހަނގުރާމަ ހިނގިއިރު ވަޒަން ދޫކޮށްލަން ދެކޮޅު ހަދާފައި ކަމަށް އޭނާ ބުންޏެވެ. އަދި ރަމީ އާ އަމިއްލަ ވަޒަނަށް އެނބުރި އައުމުން ބައްދަލު ވާނެ ކަމައް އެއްވެސް އިރެއްގައި އުންމީދު ނުކުރާ ކަމަށްވެސް އަބްދުﷲ ބުންޏެވެ. ރަމީ އަކީ އެތައް ފަހަރަކު ޑިޕްރެސް ވެގެން އަމިއްލަޔަށް މަރުވާން އުޅުނު މީހެއް ނަމަވެސް ސިރިޔާގެ ޔަތީމް ކުދިންގެ ޕާކެއްގަ މަސަކަތް ކުރަން ފެށުމުން އޭނާ އަށްވެސް އަލުން ދިރުމެއް ލިބި މުޅިން ރަނގަޅުވެފައި ކަމަށް އަބްދުﷲ ބުންޏެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން 2011 ގައި ފެށި ހަރަކާތްތައް ފުޅާވެ ދާޚިލީ ހަނގުރާމައަކަށް ބަދަލުވެފައިވާ އިރު، މިހާތަނަށް 400,000 ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލަފާ ކުރެވެ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލި ފައެވެ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިޖްރަ ކޮށްފަ އެވެ.

ބައްޝާރުލް އަސަދުގެ ވެރިކަން ނިމެން ދަނިކޮށް، ރަޝިޔާ އާއި އީރާންގެ އަސްކަރީ އެހީއާއެކު ސަރުކާރު ސިފައިން މިހާރު އަންނަނީ އަނެއްކާ ވެސް ކާމިޔާބު ހޯދައި ބައްޝާރަށް ވަފާތެރި ހަނގުރާމަވެރިންގެ ބާރު ގަދަ ކުރަމުންނެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި އިދިކޮޅު ހަނގުރާމަވެރިންނަށް މަދަދު ދެނީ، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އިތުރުން އަރަބި ބައެއް ގައުމުތަކުންނެވެ. ސީރިއާގައި ކުރި ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް 226 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ADS BY SHEESHA

 

5 ކޮމެންޓް

  1. ތާރީޚު، ދިވެހި، ރާއްޖެ.

    ސީރިޔާއަށް ހަތރު އަހަރު ދހުވަހުގެ ތެރޭގައި އެމެރިކާ ދިން ގެއްލުމަށްވުރެ ބޮޑު ގެއްލުން ހަތަރު ދުވަހުގެ ތެރޭގައި އެވަނީ ލިބިފައި. ވިސްނާ ފކުރު ކުރާ ބަޔަކަށް ޢިބަތުން ފުރިގެންވާ ފިލާވަޅެއް. ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ.

  2. އިޒްރޭލުގެ ހިތްހަމަޖައްސައިދީ އިޒްރޭލުގެ ސަލާމަތްތެރިކަން ގަދަ ކޮށްދެވެން އޮތީ ސީރިޔާ އީރާން ފަދަ ގައުމުތައް ސުންނާފަތި ކޮށްގެންކަން އެމެރިކާއަށް އެނގޭތީ ބޯ ސަކަރާތްވެފައިވާ ޢަރަބިންނާއި ގުޅިގެން މުޅި ސީރިޔާ ސުންނާފަތިކުރީ. އެކަމަކު އެެމެރިކާ ބޭނުންވި ނަތީޖާ ނުލިބި އެވަނީ ހަނގުރާމައިގާ އިނދަޖެހިފައި. ރަޝިޔާއާއި އީރާނުގެ ކުރިމަތީ އެމެރިކާއާއި އެގައުމުގެ ބައިވެރިން އެދަނީ ބަލިވަމުން.

  3. އެމެރިކާއިން އަޑީގަ ތިބެގެން ސޫރިޔާ ސުންނާފަތި ކުރި ފަދައިން މީހަކު ކުރި ކަމަކާ ނުލާ މިއަދު އެއޮތީ އެމެރިކާ ސުންނާފަތި ވެފަ. އިބްރަތަކަށް ފުދޭނީ ކިހާ ވަރެއް ވީމަބާ!

  4. މަންމަ ދޫކޮއް ދިއަމީހަކަށް ނޭގޭނެ އެހެން އެއްވެސް އިހުސާސެއް ކުރާކަށް. ފޭކު ޖައްސަނީ... ސީރިއާ ގިނަ މީހުން ނަކީ ﷲ އަށް ހަރާމް ކޯރު ވި މީހުން... އެމީހުންގެ އަތްތަކުން ކުރި ކަންކަމުގެ ނަތީޖާ އެފެންނަނީ...