ބީޓީއެސްގެ "ބަޓާ" ދުނިޔޭގެ ފަސް ރިކޯޑެއް މުގުރާލައިފިއެވެ.

އެގޮތުން މި ލަވަ ވަނީ ޔޫޓިއުބުން މިހާތަނަށް ޕްރިމިޔާ ކުރި ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބެލި ވީޑިއޯގެ ޝަރަފު ހޯދައިފައެވެ.

ޔޫޓިއުބުން ބަޓާ ބަލާފައިވާ މީހުންގެ އަދަދު 3.9 މިލިއަން އަށް އަރައެވެ. މި ލަވަ ޔޫޓިއުބުގައި ޕްރިމިޔާ ކޮށްފައި ވަނީ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އެއް ދުވަސް ތެރޭގައި ވީޑިއޯ ލަވަ 187 މިލިއަނަށް ވުރެ ގިނަ މީހުން ބެލި އިރު ޔޫޓިއުބުން އެއް ދުވަސްތެރޭގައި އެންމެ ގިނަ ބަޔަކު ބަލާފައިވާ ވީޑިއޯ ލަވައަށްވެސް މި ލަވަ ވަނީ ވެފައެވެ.

ބީޓީއެސް އިން މީގެ ކުރިންވެސް ބޮޑު ރިކޯޑެއް ވަނީ ހަދައިފައެވެ. ކުރިން ބީޓީއެސް އިން ރިލީޒް ކުރި "ޑައިނަމިޓް" އަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. އެގޮތުން އެ ލަވަ ރިލީޒްކުރި ދުވަހު ތިން މިލިއަން މީހުން ވަނީ އެ ލަވަ ބަލައިފައެވެ.

ސްޕޮޓިފައި އިން އެއް ދުވަސްތެރޭގައި އެންމެ ގިނަ ބަޔަކު އަޑުއެހި ލަވައަށްވެސް ބީޓީއެސްގެ "ބަޓާ" ވަނީ ވެފައެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައި 11,042,335 މީހުން ވަނީ މި ލަވަ އަޑުއަހައިފައެވެ.

ބީޓީއެސްގެ ބަޓާ ވަނީ އެޑްޝީރަން އާއި ޖަސްޓިން ބީބާގެ "އައި ޑޯންޓް ކެއާ" އާއި ވާދަކޮށް 64,946 ސްޓްރީމްސްގެ ތަފާތަކުން ކުރި ހޯދައިފައެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުވެސް ބީޓީއެސްގެ ލަވައެއް ވަނީ ރިކޯޑެއް މުގުރާލައިފައެވެ. އެގޮތުން ސްޕޮޓިފައި އިން އެންމެ ގިނަ މީހުން ސްޓްރީމް ކުރި ލަވައަކަށް އެ ބޭންޑުގެ ލަވައެއް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Jimin

    💜💛

    13
    10
  2. މާނީ

    ޔޯ ހޭޓާސް! ސީ ދިސް؟
    ކޮންގްރެޓަސް ބަންގްޓަން & އާރމީ! ވީ ޑިޑް އިޓް އަގެއިން!

    11
    6
  3. ޖިލޮފޮ

    މި ތިބަ ބއެއްދޯ؟ މީ ފިރިހެނުންނޭ ބުނަން ވެސް ލަދު ގަނެބަލަ

    11
    19
  4. ޔ

    މީދެންކޯޗެއް. ޗީޗީ

    8
    19
  5. 💜

    Vaguthu in ma kuraa comment publish nukohdhey. Ekam adhives bunelaanan I love v 💜 I love bts💜

    _Mrs tae_

    10
    5
  6. Bts

    💛💜Smooth like butter