އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އާއި ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކެލް ފުރަތަމަ ފަހަރަށް ބޮޑު ރަސްމިއްޔާތެއްގައި ބައިވެރިވުމާއި އެކު މީޑިއާގެ ސަމާލުކަން ވަނީ އެކަމަށް ވަރަށް ބޮޑަށް ލިބިފައެވެ. ދެކަނބަލުންގެ ހަރަކާތްތަކާއި ބެހޭ ގޮތުން މީޑިއާގައި ދަނީ ވާހަކަދައްކަމުންނެވެ.

މީޑިއާގައި އެންމެ ގިނަ މީހުން ކުރާ ސުވާލަކީ ރާނީ އެލިޒަބަތު އާއި މޭގަން މާބޮޑަށް ވެސް ގާތް ރަހުމަތްތެރިންގެ ގޮތުގައި ނުވަތަ ބެސްޓް ފްރެންޑުންގެ ގޮތުގައި ފެނުނީ ކީއްވެ ހެއްޔެވެ؟ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާނީ އެލިޒަބަތު އާއި މޭގަންގެ ގުޅުން އެހައި ބޮޑަށް ގާތްވީ ކީއްވެ ހެއްޔެވެ؟

މޭގަން އާއި ރާނީ އެލިޒަބަތު
މޭގަން އާއި ރާނީ އެލިޒަބަތު

އެސުވާލަށް ލިޔުންތެރިން ވަނީ ޖަވާބު ދީފައެވެ.

ޝާހީ އާއިލާގެ އެކި ވާހަކަތައް މީގެ ކުރިން ލިޔެފައިވާ ލިޔުންތެރިޔަކު ބުނީ ރާނީ އެލިޒަބަތު މޭގަން އާއި ގާތް ގުޅުމެއް ބޭއްވުމުގެ އަސްލަކީ ޕްރިންސް ހެރީ ކަމަށެވެ.

"ޕްރިންސް ހެރީ މިހިސާބަށް އައުމުގެ ކުރިން ވަރަށް ގިނަ އަންހެނުންނާއި ގުޅުން ބޭއްވި. އޭގެތެރެއިން މޭގަން އާއި އެކު ކައިވެންޏާއި ހަމައަށް ދިޔައީ މޭގަން ވަރަށް ބޮޑަށް ހާއްސަވީމަ. ހެރީ އެގެންގުޅުއްވި ހާއްސަ ކަން ހެރީގެ މާމަ ރާނީ އެލިޒަބަތު ވެސް ގެންގުޅެނީ." އޭނާ ބުންޏެވެ.

މޭގަން އާއި ރާނީ އެލިޒަބަތު
މޭގަން އާއި ރާނީ އެލިޒަބަތު

އިތުރު ލިޔުންތެރިޔަކު ބުނީ ރާނީ އެލިޒަބަތު އަކީ އެތައް ޖީލެއް ކުރިން ފެށިގެން ޝާހީ އާއިލާ އަކުން އައިސްފައިވާ ބޭކަނބަލެއް ނަމަވެސް ރާނީ އެލިޒަބަތަކީ ވަރަށް ސާދާ ދިރިއުޅުއްވުމަކަށް ލޯބި ކުރައްވާ އެހެން މީހުންނަށް އެހީތެރިވުމަށް އިސްކަން ދެއްވާ ބޭކަނބަލެކެވެ.

މޭގަން އަކީ ވެސް އެހެން މީހުން އެހީތެރިވުމުގައި ނަމޫނާ ދައްކަވާފައިވާ ބޭކަނބަލެކެވެ. އެއީ ވެސް މޭގަން އާއި މެދު ރާނީ އެލިޒަބަތު ވަރަށް ބޮޑަށް ރުހުނު ސަބަބެއް ކަމަށް ލިޔުންތެރިޔާ ބުންޏެވެ.