ކޮންމެ މީހެއްވެސް ކާމިޔާބީ ހަމައަށް ވާސިލު ވުމުގެ ކުރިން ގިނަ ހުރަސްތަކަކާއި ކުރިމަތި ލާން ޖެހެއެވެ. މިގޮތުން މިހާރު ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއަށްވެސް އޭނާގެ ކެރިއަރުގައި މިހާރު ހުރި ހިސާބަށް ވާސިލް ވުމަށް ގިނަ ގޮންޖެހުން ތަކަކާއި ކުރިމަތި ލާން ޖެހުނެވެ.

ސަލްމާން ޚާން ފާހަގަ ކުރެވިފައިވަނީ އަބަދުވެސް ވަރަށް ތަފާތު އެކްޓަރެއްގެ ގޮތުގައެވެ. ގިނަ ރޯލްތަކަކުން ސަލްމާން ޚާންގެ ކުޅަދާނަކަން ފެނިގެން ގޮސްފައިވާއިރު، ސަލްމާން ޚާންއަކީ ކުޑަ އިރުއްސުރެ ވެސް ފިލްމީ ކަންކަމަށް ލޯބު ހުންނަ މީހެކެވެ.

ސަލްމާން ޚާން ފުރަތަމަ ޓީވީއަކުން ފެނިގެން ދިޔައީ އިޝްތިހާރަކުންނެވެ. ސަލްމާން ޚާން ގެ ފުރަތަމަ ފިލްމް ކަމަށްވާ "ބީވީ ހޭ ތޯ އޭސީ" ނެރުމުގެ އެތައް އަހަރެއް ކުރިން ސަލްމާން ޚާންވަނީ މިއިޝްތިހާރު ކުޅެފައެވެ.

މަތީގައިވާ އިޝްތިހާރުން އެފެންނަނީ އުމުރުުން އެންމެ 15 އަހަރުގެ ކުޑަ ކުޑަ ސަލްމާން ޚާންއެވެ. މިއިޝްތިހާރުން ސަލްމާން ޚާންގެ އިތުރުން މަޝްހޫރު ބޮލީވުޑް ތަރި ޓައިގަރގެ މަންމަ އައިޝަރވެސް ފެނިގެންދެއެވެ. އޭރު އައިޝާ މަސައްކަތް ކުރަމުން ދިޔައީ މޮޑެލްއެއްގެ ވަޒީފާއެވެ.

ކިޔުންތެރިންގެ ހިޔާލު