ކޮރޮޕްޝަންގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށް ސަރުކާރުގެ މަތީ މަޤާމުތައް އަންހެނުންނަށް ދޭން ޖެހޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖާނަލް އޮފް އެކޮނޮމިކް ބިހޭވިއަރ އެންޑް އޯގަނައިޒޭޝްނަގައި ޝާއިރުކޮށްފައިވާ މިދިރާސާހަދާފައިވަނީ އެމެރިކާގެ ލީ މޮއިނޭ ކޮލެޖްއިން ނެވެ. ޖުމްލަ 150 ޤައުމު ބައިވެރިކޮށްގެން ހެދި މިދިރާސާގައި ބުނެފައިވަނީ ސަރުކާރުގެ އިސްމަޤާމުތަކުގައި އަންހެނުން ގިނަ ޤައުމު ތަކުގައި ކޮރޮޕްޝަން ދަށް ކަން ފާހަގަ ކުރެވޭ ކަމަށާއި އަދި ޤާނޫން ހަދާ މަޖިލިސްފަދަ މުހިންމު މަޤާމުތަކަށް އަންހެނުންގެ ނިސްބަތް ގިނަ ކުރުމަކީ ކޮރޮޕްޝަންގެ ވަބާއިން ޤައުމު ދުރުކޮށްދިނުމަށް ބާރު އެޅޭ ކަމެއް ކަމަށެވެ.

މިދިރާސާގައި އިތުރަށް ބުނެފައިވަނީ އަންހެނުންގެ ޠަބީޢަތް ހުންނަ ގޮތުން ގިނަ ފަހަރަށް ނުބައި ގޮތް އިޚްތިޔާރު ކުރުމަތް ފަސްޖެހޭ ކަމަށާއި އަދި އަންހެނުންނާއި ފިރިހެނުން ސިޔާސީ ކަންކަން ކުރާ ގޮތާއި ސިޔާސީ ވިސްނުން ގެންގުޅޭ ގޮތް ވަރަށް ތަފާތު ކަމަށެވެ.

އަދި ގޮތް ނިންމުމުގައި ގިނަ މީހުންގެ ފައިދާއަށް ވިސްނާ ގޮތް ނިންމުގެ ޠަބީޢަތެއް އަންހެނުންގެ ކިބައިގައި ހުންނަ ކަމަށާއި، ފިރިހެނުންނާއި ޚިލާފަށް އަންހެނުންނަކީ އަމިއްލަ އެދުމަށް ގޮތް ނިންމުން ކުޑަ ބައެއް ކަމުގައި މިދިރާސާގައި ބުނެފައިވެއެވެ. މިހެން ކަމުން ކޮރޮޕްޝަން ހުއްޓުވުމަށް އަދުލު އިންސާފުގެ ނިޒާމުގައި އަންހެނުންގެ ބައިވެރިވުން ބޮޑު ކުރަން ޖެހޭ ކަމަށްވެސް މިދިރާސާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯންގް

    ހަމަ ތި ގޮތައް ތިބުނާ ގައުމުތަކުގަ އެއިޑްސް ޖެހިފަވާ މީހުންގެ ނިސްބަތް ވެސް ގިނަވާނެ. ދެން ބުނަންވީ އެއިޑްސް ޖެހިފަ ތިބިމީހުން ގިނަ ގައުމުތަކުގަ ކޮރަޕްޝަން މަދު ކަމަށް ދިރާސާ ތަކުން ދައްކައޭ.