މިދިޔަ ހުކުރު ދުވަހު ރިލީސްކުރެވުނު ރެމޯ ޑި ސޫޒާގެ ފިލްމު "ރޭސް 3" އަށް ދެ ދުވަސް ތެރޭގައި 63.75 ކުރޯޑު ރުޕީސް ލިބިއްޖެއެވެ.

ދެ ދުވަސްތެރޭގައި ރޭސް 3 އަށް ލިބުނު ބޮޑު ކާމިޔާބީއަކީ އެ ފިލްމު ރިލީޒް ކުރުމުގެ ކުރިން ފިލްމު ޕްރޮމޯޓް ކުރަން ކުރި މަސައްކަތުގެ ނަތީޖާ ކަމުގައި ފިލްމުގެ ޕްރޮޑިއުސަރު ބުނެފައިވެއެވެ.

ސަލްމާން ޚާން، އަނިލް ކަޕޫރު، ޖެކްލީން ފެނާންޑޭޒް އަދި ބޮބީ ޑިއޯލް ފަދަ ބޮލީވުޑްގެ ކުޅަދާނަ އެތަކެއް ފަންނާނުންތަކެއް ފެނިގެންދާ ރޭސް 3 އަކީ މި އަހަރު ބޮލީވުޑްގައި ނެރުނު އެންމެ ކާމިޔާބު އެއް ފިލްމެވެ. އެއްްދުވަސް ތެރޭގައި 32 ކޮރޯޑު ރުފީސް ލިބިފައިވާ ރޭސް 3 އަކީ އެކްޝަން އަދި ތްރިލަރ އެކެވެ.

ރޭސް 3 އަށް ލިބުނު ކާމިޔާބީގެ ސަބަބުން އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމާއި ބައެއް ފަންނާނުން ވަނީ އިންސާނިއްޔަތަށްޓަކައި ހޭދައެއް ކޮށްފައެވެ. އެގޮތުން އަނިލް ކަޕޫރާއި ސާބިގް ސަލީމް ވަނީ މުމްބާއީގައި ކެންސަރު ޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދޭ ޑރ. އީ ބޯގަސްގެ ގެއަށް ޒިޔާރަތްކޮށް ހިލޭ ކެންސަރަށް ފަރުވާ ކުރެވޭނެ ގޮތް ހަދައިދީފައެވެ.

އަދި ޖެކްލީން އާއި ބޮބީ ޑިއޯލް ވަނީ ލޮލުގެ ބަލިތަކަށް ފަރުވާ ކުރާ ކްލިނިކަކަށް ޒިޔާރަތްކޮށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.