ބޮލީވުޑްގެ ފިލްމީތަރި ކަރީނާ ކަޕޫރް ހާން އަކީ މޮޅެތި އެތައް ފިލްމެއް ކުޅެފައިވާ ބޮލީވުޑްގެ އެންމެ ކާމިޔާބު ފަންނާނުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. ކަރީނާގެ އެތައް ގިނަ ފޭނުން ތިބޭއިރު ކަރީނާ ފޮލޯކުރާ އެތައް ފަރާތެއް އުޅެއެވެ. އެގޮތުން އޭނާ ހެދުންއަޅާގޮތް ކޮޕީކުރާ މީހުންނާއި އޭނާގެ ކެއުންތަކާއި އޭނާ ލޯބިކުރާ ކަންތައް އެނގެން ބޭނުންވާ އެތައް ބަޔަކު އުޅޭނެކަން ޔަގީނެވެ.

ދާދިފަހުން ކަރީނާ ކަޕޫރް މިވަނީ އޭނާ ހިތަށް އެންމެ މީރު ކެއުމަކީ ކޮބައިކަން ހާމަ އެވެ. އެގޮތުން ކަރީނާ ބުނީ އޭނާ ހިތަށް އެންމެ މީރު ކެއުމަކީ ކެރެލާގެ ކެއުމެއް ކަމަށެވެ. އެގޮތުން ކަރީނާގެ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގައި ފެންނަނީ ކެޔޮ ފަތެއްގެ މައްޗަށް އަޅާފައި ހުރި ރަތް ބަތާއި ވަތްތަރެއްގެ ރިހަ އެކެވެ.

އޮނަމް ސަދްޔާ ނަމަކަށް ކިޔާ މި ކެއުމަކީ ކެރެލާގެ ހާއްސަ ކެއުމެކެވެ. މި ކެއުން ހުންނަކީ ދޮންކެޔޮ ފަތެއްގެ މައްޗަށް އަޅައިފައެވެ. މި ކެއުމުގައި ބަތާއި ތަފާތު ވައްތަރުގެ ސައިޑް ޑިޝްތައް ހިމެނެއެވެ.

ކަރީނާ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ލާފައިވާ ފޮޓޯ.

ކަރީނާ އަށް އެންމެ މީރު ކެއުން މީސްމީޑިޔާގައި ހިއްސާކުރަމުން އެ ކެއުން ތައްޔާރުކުރި ކައްކާގެ ނަންވެސް ހާމަކުރި އެވެ. އެގޮތުން ކަރީނާ އަށް އެންމެ މީރު ކެއުން ތައްޔާރުކޮށްފައި ވަނީ މެރީނާ ބަލަކްރިޝްނަން ނަމަކަށް ކިޔާ ކެރެލާގެ ކައްކާއެކެވެ.

ފިލްމީތަރި ކަރީނާ ކަޕޫރް ހާން އާއި ސައިފް އަލީ ހާން އަށް ދާދިފަހުން ވަނީ ފިރިހެން ކުއްޖެއް ލިބިފަ އެވެ. އެ ކުއްޖާގެ ނަން އަދި ހާމަނުކުރާއިރު ކަރީނާ ވަނީ ކުއްޖާގެ ފޮޓޯއެއް މީޑިޔާގައި ހާމަކޮށްފަ އެވެ.

ސެލެބްރިޓީ ކައްކާ ޝޯއެއް ކަމަށްވާ ސްޓާރ ވަސެސް ފުޑް ޝޯރ އަށް ދިން އިންޓަވިއުއްގައި ކަރީނާ ބުނީ ފިރިމީހާ އަށް ދޭން ކައްކަން ޖެހިއްޖެނަމަ އޭނާ ކައްކާނީ ރޯސްކުރި ކުކުޅާއި އަލުވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހި މިހާ

    ރިހާކުރާބަތާ

    17
  2. ދާލް

    ދާލް ކަރީ ނޫންތަ. ؟

    4
    1
  3. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    އަހަރެން ހީކުރީ ގަރުދިޔަ ބަތާ ކަމަ... ވ ވ ވ ފޫހި