އިންޑިޔާގައި ކޮވިޑް-19ެ ހާލަތު ގޯސްވެ ހޮސްޕިޓަލުތައް ފުރި ހޮސްޕިޓަލުން އެނދެއް ހޯދުމަށް އެތައް މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައެވެ. ހޮސްޕިޓަލުން ޖާގަ ނުލިބި އެތައް ބަޔަކު ދަނީ މަރުވަމުންނެވެ.

މިފަދަ ހިތްދަތި ވަގުތެއްގައި އިންޑިޔާގެ އެތައް ރައްޔިތުންނެއް ދަނީ އެމީހުންނަށް ވެވުނު މިންވަރަކުން މިކަމަށް އެހީތެރިވަމުންނެވެ. ހޮސްޕިޓަލު އެނދު އިތުރު ކޮށްދިނުމާއި އޮކްސިޖަން ފޯރުކޮށްދިނުމުގެ އިތުރުން ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން 3444 ޑޮލަރު ޕީއެމް ކެއަރސްއަށް ހަދިޔާ ކުރި ވިޖޭ ޕާރިކް ނަމަކަށް ކިޔާ މީހަކު ފައިސާގެ ރަޝީދާއި އެކު ޓުވީޓެއްކޮށް ބުނެފައިވަނީ 2.51 ލައްކަ ރުޕީސް ހަދިޔާ ކުރުމުން ވެސް މަރުވަމުން ދިޔަ މަންމައަށް ހޮސްޕިޓަލުން އެނދެއް ހޯދައިނުދެވުނު ކަމަށެވެ.

އޭނާގެ ވާހަކައިން އެ އެނގިގެން ދިޔައީ އޭނާ މަންމައަށް ފަރުވާދިނުމަށް 3000 އެއްހާ ޑޮލަރު ޙޭދަކޮށްފައިވާ ކަމެެވެ. އެހެން ނަމަޗެސް ފަރުވާ ނުލިބުނު ކަމެވެ.

ވިޖޭގެ މި ޓުވީޓުގައި އޭނާ ވަނީ ކޮވިޑްގެ ތިންވަނަ ރާޅުގައި އޭނާގެ އާއިލާ މީހަކަށް އެނދެއް ހޯދައިދިނުމަށް އަދި ކިތައް ލައްކަ ރުޕީސް ހަދިޔާ ކުރަން ޖެހޭނެތޯ ސުވާލު އުފައްދާފައެވެ.

ވިޖޭގެ މި ޓުވީޓު ދަނީ ހަލުވިކަމާއި އެކު ޓުވިޓާގައި ދައުރުވަމުންނެވެ. 27،000 މީހުން ޕޯސްޓަށް ރިއެކްޓް ކޮށްފައިވާ އިރު 10،000 ފަހަރަު ވަނީ މި ޓުވީޓް ރީޓުވީޓް ކުރެވިފައެވެ.

ހަމްދަރުދީއާއި ހިތްވަރު ކުރުމަށް ބާރުއަޅައި އެތައް މެސެޖެއް ވިޖޭއަށް ލިބިފައިވާއިރު އާއިލާ މީހަކު ބީވެ ދިޔުމުން ކުރާނެ އަސަރުތަކާއި އެތައް ބައެއްގެ މިފަދަ އިހުސާސްތައް ވެސް ވަނީ ބަންޑުން ޖަހާލާފައެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ ވިޖޭގެ އެ ސުވާލު ކުރުމުގެ ހައްގު އޮތް ކަމަށާއި އަދި ބައެއް ފަރާތްތަކުން ވަނީ ޕީއެމް ކެއަރ ފަންޑާއި ސަރުކާރަށް ވެސް ފާޑުކިޔައިފައެެވެ.

މިއީ މިއަދު އިންޑިއާގެ އެކަނި ހާލަތެއް ނޫނެވެ. އިންޑިއާ ގޮތަށް މިހާރު އެތައް ގައުމެއްގައި ބައްޔަށް ފަރުވާ ނުދެވޭ ހާލަތަށް ވަނީ ގޮސްފައެވެ. ބައެއް ގައުމުތަކުގައި ބަލީގެ ނުރައްކާ ބޮޑުވެ ސިއްހީ ނިޒާމަށް ނުކަތާ ހިސާބަށް ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަރަށް ދެން

    ފައިސާއަށް ހުރިހާ އެއްޗެއް ނުގަނެވޭނެ ކަން މިކަމުން ވެސް އެބަ އެނގޭ ދޯ

    12