މިހާރު ފިލްމީ ދާއިރާއާއި ދުރުގައި ހުރި ނަމަވެސް، މަރިޔަމް ނިޝާ ވަނީ ފިލްމީ ދާއިރާގެ އެންމެ އުހުގައި މަސައްކަތް ކޮށް ގިނަ ބައެއްގެ މެދުގައި އެންމެ މަގްބޫލު ފަންނާނުގެ ޖާގަ ހޯދާފައެވެ. މިހާރުވެސް ނިޝާއަކީ އަކީ ގިނަ ބަޔަކަށް އެންމެ ކަމުދާ ފިލްމީ ތަރިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ނިޝާ، އާއްމު ނަމުން ނަމަ މަރީއަކީ އަބަދުވެސް ހިނިތުންވެގެން ހުންނަ ތަރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ތަރިއެެކެވެ. އޭނާގެ މޫނުމަތިން ހަމަޖެހުމާއި، ހިނިތުންވުން ފެންނަން ހުރި ނަމަވެސް، އެ ރީތި ހިނިތުން ވުމުގެ ފަހަތުގައި އެތައް ވާހަކައެއް ފޮރުވިފައިވެއެވެ. ހުރިހާ ވޭނަކާއި ހިތާމައެއްގެ މައްޗަށް ހިނިތުންވުން އިސްކޮށް މަރީ ދައްކަމުން ދަނީ ގަދަ ހިތްވަރެެވެ. ދިރިއުޅުމުގެ ދަތި ހާލަތު ބެލުންތެރިންނާއި މަރީ ހިއްސާ ކުރީ ޓީވީއެމްގެ 'އިހުސާސް' ޕްރޮގްރާމުގެ ތެރެއިންނެވެ.

މަރީ ކިޔައިދީފައިވަނީ ކުޑައިރުގެ ހަނދާން ތަކުން ފެށިގެން މިއަދާއި ހިސާބަށް ދިރިއުޅުމުގެ ކަންތައް ހިނގާފައިވާ ގޮތެވެ. އުމުރުން 12 އަހަރުގައި ކައިވެންޏެއް ކޮށްފައިވާ މަރިޔަމް ނިޝާއަށް އަލަތު ދަރިފުޅު ލިބުނީ އުމުރުން 13 އަހަރުގައެވެ. އެދުވަސް ތަކަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން މަރީ ބުނެފައިވަނީ އޭރު އަސްލު ކައިވެންޏެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އުމުރުން 12 އަހަރުގައި މީހަކާއި އިނދެވޭނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށް މަރީ ބުނެފައިވެއެވެ.

ރާއްޖޭގެ ފިލްމީ ދާއިރާއިން ފެނުނު އެންމެ ކުޅަދާނާ އެކްޓްރެސް ނިޝާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ކުޑައިރުގެ ދުވަސްތައް އަތުން ބީވެގެން ދިޔައީ ކަމަށް މަރީ ސިފަކުރިއެވެ. އެގޮތުން މުޖުތަަމައުގެ ތެރެއަށް ހޭނެން ފުރުސަތާއި ވަގުތު ނުލިބުނު ކަމަށާއި، ހުންނަން ޖެހުނީ ހޭނިފައި ކަމަށް ބުންޏެވެ.

"ބަނޑު ބޮޑުކަން އިނގުނީ ކޮރާ ކުޅެންވެގެން ކުދިން ތަކަކާއި އެކުގައި އުޅެނިކޮށް އަނބުރާ ގަނެެގެން ވެއްޓުނީމަ. އޭގެ ކުރިއަކުން ނޭނގެ ބަލިވެއިން ކަމެއް. ދެން އޭރު ބެލި އިރު ބަނޑަށް ފަސް މަސް ވެފައި ހުރީ" މަރީ ކިޔާދިނެވެ.

ކުޑައިރުން ފެށިގެން ވެސް އުޅެމުން ދިޔައީ ވަރަށް ހަލަނިކޮށް ކަމަށް ވުމުން އަލަތު ދަރިޔަކު ލިބުމުން ވެސް ކުއްޖާ މަރީގެ އަތަށް ދޭން ކުއްޖާގެ މާމަ ބިރުގަނެއެވެ.

މަރީ ބުނީ، އޭނާ މަންމައަކަށް ވުމުން ވަރަށް އުފާވި ކަމަށާއި، ނަމަވެސް ކުޑައިރު ދަރިފުޅު ގެންގުޅެލަން ފުރުސަތު ލިބިފައި ނެތުމުން އެކަމާ ހިތާމަ ކުރާ ކަމަށް ބުންޏެވެ.

ކައިވެނި ކޮށްގެން އުޅޭތާ 23 އަހަރު ވެފައިވާއިރު، މަރީއަށް ހަ ކުދިން ލިބިފައިވެއެވެ. ކައިވެނި ކޮށްގެން އުޅުނު ނަމަވެސް، ކުދިން ބަލަމުން ދަނީ އެކަނި ކަމަށާއި، އެއީ ސިންގަލް ޕޭރެންޓެއް ކަމަށް މަރީ ބުންޏެވެ.

"ހަމަ ގައިމުވެސް މަރިޔަމް ނިޝާ ދެކެ އޭނާ ވަރަށް ލޯބިވޭ. އެ މަރިޔަމް ނިޝާ އަކީ ގައުމުގެ އެންމެން ލޯބިވާ ޓީވީއިން ފެންނަ މަރިޔަމް ނިޝާ" ހަމަ އެކަނި މަރީގެ މި ޖުމްލައިން ވެސް އެތައް ވާހަކައެއް ބުނެދެއެވެ.

ރާއްޖޭގެ ފިލްމީ ދާއިރާއިން ފެނުނު އެންމެ ކުޅަދާނާ އެކްޓްރެސް ނިޝާ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ހަގީގީ އުފާވެރިކަން ހޯދަން މިއަދު ދިމާވެފައިވާ ދަތިކަންތައްތަކުގެ ވާހަކަ ކިޔައިދެމުން މަރީ ބުނެފައިވަނީ ދައްކާ ވާހަކަ އަޑު އަހަން، ސަމާލުކަން ދިނުން، ގާތްކަން ދޭން ނޭނގުނު ކަމަށެވެ.

"ވަރަށް ބޭނުންވޭ ބިއުޓިފުލް ލައިފް އެއް. ވަރަށް ފުލްފިލްޑް" މަރީގެ މި ޖުމްލައިން ބުނެދެނީ ހާސިލް ކުރަން ބޭނުންވަނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމެވެ.

ޓީވީއިން ފެނިގެންދާ މަރިޔަމް ނިޝާއަށް ތާއީދުކޮށް، ދާއިރާއިން ކުރިޔަށްދާން ހިތްވަރުދޭނެ އެތައް ބަޔަކު ތިބި ނަމަވެސް، ކުޑައިރުން ފެށިގެން ދަތި، އެކަނިވެރި ދިރިއުޅުމެއް އުޅެމުން އަންނަ މަރީ އަށް ހިތްވަރު ދޭނެ އެއްވެސް މީހަކު ނެތްކަމަށް ބުނެއެވެ.

"ހުއްޓިލައިގެން ރޯން އިނދެއްޖެ ކަމަށް ވާންޏާ އަޅުގަނޑަކަށް އޭގެ ހައްލު ދުވަހަކު ވެސް ނުހޯދޭނެ. ކޮންމެ ކަމެއް ދިމާވީމަ ވެސް އޭގެ ޕޮސިޓިވް ވިސްނުމެއް ހޯދައިގެން، ހިތްވަރު ކޮށްގެން، މިކަމަށް ކެތް ކުރެވޭނެ ކަމެކޭ އަޒުމް ކަނޑަ އަޅައިގެން ކުރިމަތިލައިފިއްޔާ ނުކުރެވޭނެ ކަމެއް ނެތް. އެކަަމަށް ބޭނުންވާނީ ހިތްވަރު. އެކަމަކު އަޅުގަނޑު އެންމެ ދެރަވާ ކަމަކީ ހިތްވަރު ދޭނެ ބަޔަކު ނެތީމަ" އަސަރުގަދަ އެތައް ވާހަކައެއްގެ ތެރެއިން މަރީ ބުންޏެެވެ.

ކުޑައިރު ކައިވެންޏެއް ކުރުމާއި ހިސާބުން މަރީގެ ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. އަބަދުވެސް ޓީޗަރަކަށް ވާން ބޭނުންވި ނަމަވެސް، އެ ދާއިރާއިން ކުރިޔަށް ދިޔުމަށްޓަކައި އެތައް މަސަައްކަތެއް ކުރަން ޖެހުނެވެ. އެގޮތުން، އުމުރުން 14 އަހަރުގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފެށި ވާހަކަ މަރީ ކިޔައިދިނެވެ. އެއީ އެންމެ ކުރިޔަށް ދާން ބޭނުންވި ދާއިރާއަށް ނުވިކަމުގައި ވިޔަސް، މަރީ އަކީ ފިލްމީ ދާއިރާގައި ވެސް ފިޔަޖެހި، ހުނަރުވެރި ތަރިއެއްކަމަށް ބެލުންތެރިން ގަބޫލް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ހާދަ ދެރައޭ ؟ އަހަރެން ހީކުރީ މި މަންޖެއުޅެނީ ވަރަށް އަރާމާ އުފަލުގައި ހިތްހަމަޖެހިގެންކަމަށް ވަރަށް ދެރަވެއްޖެ ، ފެއްނަ މަންޒަރާ ކަންހިގާގޮތް ދިމާނުވެދާނެދޯ...

  108
  5
 2. ބޯޖަލީލު

  އަދިވެސް ހަމަ ވަރަށް ނަލަ ވަރަށް ޗާލު ، އުފާވެރި ބާއްޖަވެރި ދުވަސް ތަކަކަށް އެދެން

  84
  5
 3. Anonymous

  ޢަހަރެންނަށް ފައިދަށުން ބިންގަޑު ދެމި އުޑު ބޮލަށް ވެއްޓޭ ކަމުގެ އިހުސަާސް ކުރެވިފައިވެއެވެ ނާއުންމީދާ ބަނަކަމުގެ ސަބުން ކަރުނަ ގުޅިޔަކަށް ބަދަލުވެގެން ދިޔައިރު ލޯބިން ފިރުމާލާ ހިތްވަރެއްދޭނެ އެކަކުވެސް ނެތެވެ އުމުރުގެ ޅަ ކަމުން ކަންތައްތައް ކުރިމަތިވުމުން ރުއިން ނު ޫޫް ކަމެއް ކުރާކައް ނޭގެއެވެ ޢެކަމަކު ބުނަން ހެއްޔެވެ. ދިރިއުޅުން އަދި ހާލަތު ، އަހަންނަށް އިބުރަތުން ފުރިފައިވާ ފިލާވަޅުތަކެއްދަސްކޮށްދީފިއެވެ އަނެކާ އައްޓަކައި ދިރިހުންނަން ދަސްކޮށްދީފިއެވެ މިއަދު އަހަރެން ފަޚްރުވެރިވަމެވެ އަމިއްލަ ފުރާނަޔާ ކުޅެލައިގެން ގާބިލް ހެޔޮލަފާ ދަރިން އުފެއްދުނީތީއެވެ ކޮންމެ އުންމީދެއްގައި ދިރުމެއްވާނެއެވެ

  46
  2
 4. އަކުރަމް

  އަހަރެން ދަންނަން ކޮންމެސް ވަރަކަށް، ހާލުގަ އުޅެނީ.

  41
  2
 5. އަ ލި ފު

  ތި ކުއްޖާ އާއި ބެހޭ ގޮތުން ބުނާނެ އިތުރު އެއްޗެއް ނެތް@ ވަރަށް ހިތްވަރު ގަ ދަ

  48
  2
 6. ސޭޓް

  ސޭޓް ބުނަލަން އޮތީ ހަމަ ތިވަރެއްނެތޭ، ހަމަ އަދިވެސް ތިވަރުގެ ޓެލެންޓެއް ރާއްޖެއަކުން ނުފެނޭ. ވަރަށް ސަލާން

  35
  5
 7. ވަރަށް ލޯބިވޭ

  މާލޭ މައްޗަންގޯޅީގަ އުޅުނުއިރު މަ އިންނަން އެހިން މަށަށް ވިުރެ 10އަހަރު ދޮށިކަން އެނގޭއިރުވެސް. މަ ކަޓު ވީމަ މަށާ ނީނދެ ވަޒީފާއެއްގަ ނުޅޭ އެބޯޅޭ މިބޯޅޭ މީހަކަ އިނީމަ ތިހެން ވާނީ ދޯ. ގިނަ އަންހެނުންނަށް ކަމުދަނީ އެކަހަލަ ފިރިހެނުން. ދެން އިނދެގެން ތިބެ މިކިޔަނީ މަ އުޅެނީ ވަރަށް ހާލުގައޭ.

  40
  9
 8. އަހަރެން

  ކައިވެނިކުރީ 12 އަހަރުގައި، 13 އަހަރުގައި ކައިވެނިކުރީ، މިދައްކަނީ ޢުމުރުގެ ވާހަކަ، މީ ކޮން ދީނަކުން ހުއްދަ ކުރި ކަންތައް؟ މިރާއްޖޭގައި އަހަރުމެންވެސް މިއުޅެނީ، ވޭތުވެދިޔަ 50 ހަކަށް އަހަރުތެރޭގައި ހީނުވޭ ތިކަހަލަ ގާނޫނެއް ރާއްޖޭގައި އޮތްހެނެއް

  11
  32
  • ޖޯޖް

   ކަލޭ ދީންގެ ވާހަކަ ނުދައްކާ ނޭނގޭއިރު

   5
   1
 9. ކޭ

  އެހެންވީމައޭ ތަނަކުން ފެންނަހާ މީހެއް ފަހަތުން ނުދާންވީ އަހަރެންވެސް މިހުންނަނީ ސިންގަލްކޮށް ނޯ ހަޒްބެންޑް ނޯ ޕްރޮބްލަމް.

  19
  3
 10. ިެހެޔޮއެދޭ

  އަަިހަރެންނަށް ބުނެލަން އޮތި ކުރިގައި ވަރަށް ކުޑައިރު ކައިވެނި ކުރެއޭ
  މަގޭމަންމަވެސް 12 އަހަރުގައި ކައިވެނިކޮށް 13 އަހަރުގައި ފުރަތަމަ ދަރި ލިބުނޭ
  ރާއްޖޭގައިތަ ތިޔައުޅެނީ

  26
  2
 11. ޕޮގުބާ

  އެހާކުޑައިރު ކައިވެނި ކުރަންޖެހުނު ސަބަބް ކިޔާނުދޭތީ ކަޑަ މިލިޔުން

  11
  2
 12. ކޖހ

  މިހާރު ތިމަންޖެއައް މާމަވެސް ކިޔާފާނެދޯ

  12
 13. ޢާލް

  މާމަ ކިޔައިފި. ޢެވާހަކަ ވެސް ބުނި އެޕޮރޮގްރާމުގައި. ކައިވެނި ކުރަން ޖެހުނީ މަންމަމެން ބުނެގެންނޭ ވެސް ބުނި ދެ ލޯފުޅާ!

 14. އުއްމީދު

  އެކި މީހުންނަށް ދިމާވާނީ އެކިކަހަލަ ކަންކަމެވެ.
  އެކަމަކު އުއްމީދުކުރަން ، ދެން އެ ދާއިރާއިން ކުރިއަށް ނުދާނެކަމަށް،
  ދަރިން ވެސް ކޮންމެވެސް ރަނގަޅު ދާއިރާއަކުން ކުރިއަށް ގެންދިއުން ރަނގަޅު. ހުށައެޅުންތަކަށް ބެލުމުގެ ބަދަލުގައި ޙަޔާތު ދުވަސްތައް ބާއްޖަވެރި ކުރުމަށް ހެޔޮގޮތް ބުއްދިވެރި،

 15. .....

  މަރިޔަން ނިޝާ އުފާވަނީ މަހާ ކާއްޓާ ކޭމަތަ...