އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމަކަށް ތިމާގެ ދިރިއުޅުން ހެދުން ނުވަތަ އުފާވެރި ހިތްހަމަޖެހޭ ހަޔާތަކަށް ތިމާގެ ހަޔާތް ހެދުމަކީ ކޮންމެ މީހަކު ވެސް ކުރަން ބޭނުންވާނެ ކަމެކެވެ. ކޮންމެ މީހަކުވެސް މިއަދު ކުރާނެ އުންމީދަކީ މިއަދަށްވުރެ ތިމާގެ ހަޔާތް މާދަމާ މާބޮޑަށް ވެސް އުފާވެރިވުމެވެ. ނަމަވެސް މިއުންމީދާއި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ކުރަންޖެހޭ ކަންތަކާއި އުޅެންޖެހޭ ގޮތާއި މެދު އަހަރެމެން ގިނަ މީހުންނަކަށް ވިސްނައެއް ނުލެވެއެވެ.

ފުރަތަމަ މައްސަލައަކީ އުފާވެރިކަމަކީ ކޮބައިކަން ނިންމަން އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ނޭންގުމެވެ. އުފާވެރިކަމަކީ ފައިސާ ކަމަށް ގިނަ މީހުންނަށް ހީވާ ކަހަލައެވެ. ނުވަތަ ފައިސާ ނެތިއްޔާ އުފާވެރި ދިރިއުޅުމެއް އުޅުން އެއީ ކުރެވޭނެ ކަމެއް ނޫންހެން ގިނަ މީހުންނަށް ހީވާ ކަހަލައެވެ.

އުފާވެރި ދިރިއުޅުމަކީ ހަމައެކަނި ފައިސާ އަށް ގަންނަން ލިބޭ އެއްޗެއް ކަމަށް ގަބޫލުކުރާ ވިސްނުމުގައި ޙަޤީޤަތެއް ނެތްކަން ފައިސާވެރިއެއްގެ ހިތުގެ އަޑުއަހާލުމުން އެނގޭނެ އެވެ.

އަހަރެންގެ މައުޟޫއަކީ ފައިސާ އާއި އުފާވެރި ދިރިއުޅުމާއި ހުރި ގުޅުން ކިޔައި ދިނުމެއް ނޫނެވެ. އަހަރެންގެ ބުނެދޭން މިއުޅެނީ އުފާވެރި ދިރިއުޅުމެއް ހޯދުމަށް ކުރެވިދާނެ ކުދިކުދި ނަމަވެސް އޭގެ ސަބަބުން ހަޔާތައް ބޮޑު ބަދަލެއް އަންނާނެ ކަންތައްތަކެވެ.

އަހަރެން ކިޔާ މިދޭ 14 ކަންތައް ތިބާގެ ޗެކް ލިސްޓްގައި ފުރިހަމަވެފައި ވާނަމަ ތިބާގެ ހަޔާތަކީ އުފާވެރި ހަޔާތަކަށް ވާނެ އެވެ. މިކަންތައްތައް ފުރިހަމަވެފައި ނުވާނަމަ މިކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިވަގުތުން ފެށިގެން ފަށާށެވެ.

ލޯބިވާ އާއިލާ އަކާއި ހަޔާތުގެ ބައިވެރިއެއް

ތިބާދެކެ ލޯބިވާ އާއިލާ އަކާއި ހަޔާތުގެ ބައިވެރިއެއް ހޯދާށެވެ. ތިބާގެ ހުރިހާ އިހްސާސްއެއް ދަންނަ އެއިހްސާސްތަކަށް އިޚްތިރާމްކުރާ ތިބާ އަށް ދިމާވާ ކޮންމެ ބުރައެއްގެ އެއްކޮޅުގައި ހިފަން ތިބާގެ އާއިލާ އާއި ހަޔާތުގެ ބައިވެރިޔާ ހުރެއްޖެ ނަމަ އެއީ އުފާވެރި ދިރިއުޅުމަކަށް ތިބާގެ ދިރިއުޅުން ހެދުމަށް އެންމެ ބޭނުންވާ އެއް ޝަރުތު ފުރިހަމަވީ އެވެ.

ހިތްހަމަޖެހޭ ވަޒީފާ އެއް

ވަޒީފާ އިން ލިބޭ މުސާރައަށްޓަކައި އެކަނި ވަޒީފާ އަދާކޮށްގެން އުފަލާއި ހިތްހަމަޖެހުމެއް ނުލިބޭނެ އެވެ. ހިތްހަމަޖެހުމާއި އުފާވެރި އިހްސާސްތަކެއް ކުރަން ބޭނުންނަމަ އަދާކުރާ ހިތުން އަދާކުރެވޭ ވަޒީފާއެއް ހޯދާށެވެ.

މަދު ރަނގަޅު ރަހުމަތްތެރިން

ރަހުމަތްތެރިންނަކީ ކޮންމެ ކަމެއްގައި އެންމެ ކައިރީގައި ތިބާ އަށް އެހީތެރިވާން ތިބޭ މީހުންނެވެ. އުފާވެރި ދިރިއުޅުމަކަށްޓަކައި ގިނަ ރަހުމަތްތެރިންތަކެއް ހޯދުން މުހިންމެއް ނޫނެވެ. އުފާވެރި ދިރިއުޅުމަކަށްޓަކައި ބޭނުން ވަނީ ތިބާއަށްޓަކައި ހެޔޮ އެދޭ ތިބާ އާއި މެދު ހަސަދަވެރިނުވާ ރަހުމަތްތެރިންނެވެ.

ހޮބީ އެއް

ހުސްވަގުތު ފުރާލުމަށް ހޮބީއެއްގެ ގޮތުގައި ކަމެއް ކުރުމަކީ ދިރިއުޅުން އުފާވެރި ކުރުމަށްޓަކައި ކުރަން ޖެހޭ ކަމެކެވެ. ފޮތް ކިޔުން ފޮތް ލިޔުން ފޮޓޯ ނެގުން ފަދަ އުފެއްދުންތެރި މަސައްކަތެއް ހޮބީ އެއްގެ ގޮތުގައި ކުރާ މީހުންގެ ހަޔާތް އެފަދަ ކަމެއް ނުކުރާ މީހުންގެ ހަޔާތައް ވުރެ އުފާވެރި ކަމަށް ދިރާސާތަކުން ދައްކައެވެ.

ހަމަނިދި ނިދަންޖެހޭ

ކޮންމެ ދުވަހެއް ހިތްހަމަޖެހުމާއި އެކު ފެށުމަށްޓަކައި ރޭގަނޑުގެ ނިދި ފުރިހަމަ ކުރަން ޖެހެއެވެ. ހަމަނިދި ނުލިބުމުގެ ސަބަބުން މުޅި ދުވަސް ހަރާބުވެ ކުރަންޖެހޭ މަސައްކަތް ފުރިހަމަ ނުވެ އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރެވި މުޅި ދުވަހުގެ އުފާވެރިކަން ގެއްލުން ތަކުރާރުވާނަމަ ތިބާގެ ދިރިއުޅުން ވާނީ ވަރަށް އޮޅުންބޮޅުން ގިނަ ދިރިއުޅުމަކަށެވެ.

ޗުއްޓީ ދަތުރެއް

މަދުވެގެން އަހަރަކު އެއްފަހަރު ޗުއްޓީ އެއް ހޭދަކޮށްލުމަކީ އަރާމު އުފާވެރި ދިރިއުޅުމަކަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މަސައްކަތުގެ ހަނލަބޮލި ދިރިއުޅުމުމުން ދުރަށް ޖެހިލާ ސިކުނޑިއަށް އަރާމު ގެނުވާނެ ޗުއްޓީ އެއް ހޭދަކޮށްލުން ވަރަށް މުހިންމެވެ. އެއްޗުއްޓީ ހޭދަކުރަން ރާއްޖެއިން ބޭރަށް ދިއުން މަޖުބޫރެއް ނޫނެވެ. ރާއްޖޭގައި ވެސް ވަރަށް ހެޔޮ އަގުގައި ރަނގަޅު ޗުއްޓީއެއް ހޭދަކޮށްލެވޭނެ ގޮތްތައް އެބަ ހުއްޓެވެ.

ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް

މަންޒިލެއް ނެތި ދަތުރުކުރާ މީހަކު އަބަދުވެސް އުޅޭނީ ދަތުރު ކުރުމުގައެވެ. ދިރިއުޅުމުގައި ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ކަނޑައަޅާފައި ނުވާ މީހުން ވެސް އަބަދު އުޅޭނީ އެއްކަމެއް ކޮށްފައި އަނެއް ކަމެއް ކުރުމުގައެވެ. އުފާވެރި ދިރިއުޅުމަކަށް ތިމާގެ ދިރިއުޅުން ހެދުމަށްޓަކައި ތިމާ ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި އެކަންކަން ހާސިލް ކުރުމަށް ކުރަންޖޭހޭ ކަންތައްތައް އަބަދުވެސް ހަނދާނުގައި ބެހެއްޓުން ވަރަށް މުހިންމެވެ.

ރަނގަޅު ސިއްހަތެއް

ރަނގަޅު ސިއްހަތެއް ނުލިބި އުފާވެރި ދިރިއުޅުމެއް ވެސް ނުލިބޭނެ އެވެ. އެހެންކަމުން އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ސިއްހީ ގޮތުން ރަނގަޅު އާދަތަކުގައި ހިފަހަށްޓަން ޖެހެއެވެ. ރަނގަޅު ސިއްހަތައް ފައިދާ ހުރި ކާނާ ކެއުމާއި ކަސްރަތު ކުރުން ފަދަ ކަންތަައްތައް މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަންތައްތަކެވެ. ކޮންމެ އަހަރަކު އެއްފަހަރު ނަމަވެސް މެޑިކަލް ޗެކަޕެއް ހަދާލުން ފަދަ ކަންތައްކަކީ ވެސް ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ކުރުން ރަނގަޅު ކަމަކެވެ. އަދި ކުރިއަށް އޮތް ތަނުގައި ލިބިދާނެ ދެރައަކުން ސަލާމަތް ވުމަށްޓަކައި ވެސް ކުރުން މުހިންމު ކަމެކެވެ.

ރަނގަޅު ވިސްނުން

ކަންކަމާއި މެދު އަބަދުވެސް ރަނގަޅަށް ދެކުމަކީ އުފާވެރި ހަޔާތެއް ބޭނުން ނަމަ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. ކަމެއްގައި އޮތް އެންމެ ގޯސްގޮތައް ވިސްނާ އެކަމުގެ ސަބަބުން ސިކުނޑިއަށް އިތުރު ހާސްކަމެއް ވެރިކުރުމުގެ ބޭނުމެއް ނެތެވެ.

މީހުން ކުރާކަންތަކުގެ އަގުވަޒަން ކުރުން

އެކުގައި ވަޒީފާއަދާކުރާ މީހުންނާއި ކައިރީގައި އުޅޭ އެކުވެރިންނާއި އާއިލާ މެންބަރުންނާއި ހަޔާތުގައި ބައިވެރިޔާ ތިބާއަށްޓަކައި ކޮށްދޭ ކަންތަކުގެ އަގު ވަޒަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަމުގެ ސަބަބުން ތިބާ އެމީހުންނަށް ކޮށްދޭ ކަންތަކުގެ އަގު އެމީހުން ވެސް ވަޒަން ކުރާނެ އެވެ. މިއީ އުފާވެރި އިހްސާސްތަކެއް ކުރެވޭނެ ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަބަދާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑުދޮންނައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ދެން ތަމެން މާގެށޭ މެން އުޅޭހެން އުޅެން ޖަނގިޔާ ތެރެއަށް ވަގު ވޯޓް ލައިގެން 43 ހާސް ވޯޓް ގަންޖާބޯ އަށް ލިބުނޭ ކިޔާ ރޯ ބުހުތާނު ދޮގު ހަދަން ނުޖެހޭނެއޭ ދަ ބީތާ އާ ދަ ގަމާރާ. ހަމަ މިހާރު ސިޔާސީ ކަންކަން ހުއްޓާލާ ތަމެން ދަގަ ދިގު ފަރަށް ބޮލިހިލަން އެއިރުން އުފާވެރިކަން ތަމެންނަށް ލިބޭނެއޭ އެއީއޭ ތަމެންގެ ލެވެލް އަކީ ބަދާ ބަދާ ބަދާ ދަ ބަދާ ކަޅަބަދާ ވަލި ބަދާ ރަތް ބަދާ...