އެމެރިކާގެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއްގެ ގަޔަށް 114 ފަހަރު ވަޅި ހަރައި އެކުއްޖާ މަރާލައިފިއެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފްލޮރިޑާގެ އަންހެން ކުއްޖެއް ކަމަށްވާ ޓްރިސްޓީން ބެއިލޭ އަށް ހަމަލާ ދިނީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެފިރިހެން ކުއްޖާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އެއީ ކުޑަކުއްޖަކަށް ވާތީ އޭނާގެ ނަމާއި އޭނާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި މިއަމަލު ހިންގާފައި ވަނީ ކުޑަކުއްޖެއް ކަމަށް ވީނަމަވެސް އޭނާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލަން ވަނީ ނިންމާފައެވެ. މިދައުވާ އުފުލުމަށް ނިންމާފައި ވަނީ ވެސް ބޮޑެތި މީހުންގެ މައްސަލަތައް ބެލުމަށް ހާއްސަ ކޯޓެއްގައެވެ. އެއީ މިއީ ޖުވެނައިލް ކޯޓަކަށް ބެލޭ ވަރަށްވުރެ ބޮޑު މައްސަލައަކަށް ވާތީ ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.

މިއީ އެމެރިކާގެ ފްލޮއިޑާގައި ކުޑަ ކުއްޖެއްގެ މައްޗަށް މިބާވަތުގެ ދައުވާއެއް ޖުވެނައިލް ކޯޓެއް ފިޔަވައި އެހެން ކޯޓެއްގައި އުފުލާ ފުރަތަމަ ފަހަރެވެ.

ފުލުހުން ބުނާ ގޮތުގައި ބެއިލޭގެ ގަޔަށް ތޫނު އެއްޗަކުން ދީފައިވާ 114 ހަމަލާގެ ތެރެއިން 49 ހަމަލާ އަކީ ހަމަލާ އިން ދިފާއުވުމަށް އަތް ދިމާކުރުމުން އަތުގައި ހުރި ޒަހަމްތަކެވެ.

ފުލުހުން ވަނީ ބެއިލޭއަށް ހަމަލާ ދިނުމަށް ބޭނުން ކުރި ވަޅި މިހާރު ހޯދާފައެވެ.

ފުލުހުން ބުނާ ގޮތުގައި ބެއިލޭއަށް މިވަރުގެ ހަމަލާއެއް ދިނީ ކީއްވެތޯ ބަލަން މިހާރު މައްސަލައިގެ ތުހުމަތު ކުރެވޭ ކުއްޖާ އާއި އަންނަނީ ސުވާލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަރުދު

    ހަރުކަށި ފިކުރު ގެ މީހަކު ކޮށްފަ އޮތް ކަމެއްމި އެކަމަކު މުސްލިމެއް ނޫން މުސްލިމުނތެރޭގަހަރުކަށިފކުރެއް ނޯވޭ

    36
    4
  2. ޟިލް

    ޜާއްޖޭގައި ނަމަ ކުޑަކުއްޖަކައްވާތީ މިނިވަންވާނީ..އަފުރާސިމް މަރާލުމުގައިވެސް ކަންތައްވީއެހެން

    31
  3. އެމަންޖެ

    މާލޭގެ ހާލަތުވެސް ބަދަލުވަމުން އަންނަނީ ޅައުމުރުގެ ކުދިން ނުގަނޭ ކަމެއްކޮއްލާއިރު ބިރުގެ ކަންފުޅެއްވެސް.

    29
    1
  4. މީ

    ސުބުހާނަﷲ

    12
  5. ދަރަނި ދަންތުރަ

    މުސްލިމަކު ކުރިކަމެއްނަމަ ، އަސްތަގުފިރުﷲ ، ދެން އެނިމުނީ....