ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ގައުމުގެ ހާލަތު ގޯސްވެފައި ވަނިކޮށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ޖެނެރަލުންނާއިއެކު ކަރޯކޭ ޖައްސަން ހުރި ވީޑިއޯއެއް އާއްމުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ޖެނެރަލް ޝަމާލް އާއި ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ކަރޯކޭ އަށް ލަވަ ކިޔަމުންދާ މަންޒަރެވެ. ވީޑިއޯ އިން ފެންނަނީ ޗީފް ޝަމާލް އާއި މެރިންކޯގެ ކޮމަޑާންޓް ވައިސް ވަހީދު އެކަނި ނަމަވެސް އެތަނުގައި އިތުރު ސިފައިން ތިބި ކަން ވީޑިއޯ އިން އިވޭ އަޑުތަކުން އެނގެއެވެ. ލަވަ ކިޔުން ކުރިއަށް ގެންގޮސްފައި ވަނީ ވެސް ސިފައިންގެ މަރުކަޒެއްގައެވެ.

ފާޑުކިޔާ މީހުން ބުނާ ގޮތުގައި މިއީ ޝަމާލް އާއި ސިފައިންގެ އިސްވެރިން ކަރޯކޭ ޖައްސާ ވަރަށްވުރެ ގައުމުގެ ހާލަތު ގޯސްވެފައިވާ ވަގުތެކެވެ.

"ގައުމާއި މެދު ވިސްނާލާ، ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރައްވަން ވީނޫންތޯ. ކޮންމެ ދުވަހަކު އެތައް ބައެއްގެ ފުރާނަ ގެއްލެމުން ދާއިރު އެތައް ބަޔަކު މިތިބީ ފުން ހިތާމައެއްގައި. އެކަމަކު ގައުމުގެ ވެރިން ލަވަ ކިޔުމާއި މަޖާ ކުރުމުގައި." މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވެއެވެ.

އިތުރު މީހަކު ބުނީ އެތައް ބަޔަކު ނިޔާވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީއަށް އަސަރު ކުރަމުން ދާއިރުވެސް ގައުމުގެ ކަންކަމާއި ހަވާލުވެ ތިބި ވެރިންނަށް މުހިއްމީ ލަވަކިޔުން ކަމަށެވެ.

"މިއޮތީ ގައުމުގެ ހާލަތު. ބޮޑު ކާރިސާއެއްގެ ތެރޭގައި ގައުމު އޮތް އިރުވެސް މައްސަލަތައް ހައްލު ކުރަން ތިބި މީހުންގެ ހާލަތު މިއީ. ދެން ކަންކަން ރަނގަޅު ކުރާނީ ކިހިނެއް." ހުސެން އަދުހަމް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

ޗީފް ޝަމާލް އާއި ވައިސް ވަހީދު ލަވަކިޔަން ތިބި ވީޑިއޯ އާއްމުވުމުން އެކަމަށް ތާއިދުކޮށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ޓްވީޓް ކުރަމުންނެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެލެކްސް އަހްމަދު އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ސިފައިން ލަވަ ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އާއްމުވެފައިވާ ވީޑިއޯ އާއި ގުޅިގެން އެމްއެންޑީއެފް އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

 1. ޖުލައި

  ސިފައިން ލަވަކިޔުން އެލެކްސް އަށް މައްސަލައަކަށް ނުވާނެ. ސިފައިން ނަމާދުކުރީމަ އެލެކްސް ކަންބޮޑުވާނީ

  96
  7
 2. ބިރެއްސިހުމެއްނެތީ

  ބިރަކާނުލައި އަބަދު މަޖާކުރުމަކީ އެއްބަޔަކަށް ގޯހަކަށްވިޔަސް އަނެއް ބަޔަކަށް އެއީ މޮޅުކަމެއް.

  66
  4
 3. ގެރި ކުޑޭ

  މިހާ ޕްރައިވެޓް ކަމެއް އެހާ އެތެރެއިން ވެސް ލީކްވީމާ އެބަ އެގޭތާ ޖާސޫސުން އެބައުޅޭކަން އެއްމެ އެތެރޭގަވެސް!

  60
  10
 4. ލާމު

  ޒިންމާ އަދާކުރެވޭނީ ނަފްސާނީގޮތުން ވެސް ދިޓުވެގެން. މިފަދަ ހަަލަތެއްގައި ވެސް އެންމެ މުހިންމުކަމެއް ދޭންޖެހޭ އެއްކަމަކީ ނަފްސާނީ ގޮތުން ފިޓުކޮށްހުރުމަށް. އެކަމަށްޓަކައި ތަފާތު ކަންތައްތައް ކުރެވިދާނެ. މިއީވެސް އެކަހަލަ ކަމެއް. ނޫސްވެރިން ކޮންމެހެން މިކަން މާބޮޑު ކަމަމަށް ހަދަން ނުޖެހޭ.

  54
  45
  • Anonymous

   މިގައުމުގައި ސަރުކާރުގެ ބޮޑެތިން ވައްކަން ކުރަނީވެސް ނަފްސާނީ ގޮތުން ދުޅަހެޔޮ ވުމައްޓަކައި. ހަހަހަހަހަހަ

   39
   4
 5. ކާފަ ދަރި

  ގައުމު އިންޑިޔާއަށް ވިއްކާލާފަ ނާޗަރަންގީގަަ.

  60
  11
 6. އައިޝާ

  މީހުން ނޫޅެ ތިފެނިގެން ހިންހަމަ ނުޖެހިގެންނެއް، ތިއަކީ ރަގަޅު ވާހަކައެއް ނޫން، އެބޭފުޅުންވެސް ލަވައެއް ކިޔާލުމަކީ ހަމަ ރަގަޅުކަމެއް، ތެދައްބުނަންޏާ ވަރަށް ސަޅި ކަރޯކޭ، ވަރަށް ޓެލެންޓިންގ، ބޭފުޅުންނޭ ކުރިއަށް ހަމަ ދާންވީ.

  67
  71
  • ދޮންބެ

   ލަވަކިޔާ މަޖާކުރަންވާނެ!! ވަރަށް ބޮޑަށް ސްޓްރެސް ފިލާކަމެއް އެއީ!! ނަމާދުކުރުމާ ގުރުއާން ކިޔެވުން އިތުރުކުރީމާވެސް ސްޓްރެސް ފިލާ!! ކަސްރަތުކުރުމުންވެސް ސްޓްރެސް ފިލާ!! މިހިރީ ހަތްތާވެސް ކުރަންޖެހޭ ކަންކަން! ދެން މިއީ އުފާ ފާޅުކުރުން!! އެއީ އިންޑިޔާއާއެކު އަޑި ނޭނގޭ އެއްބަސްވުން ހަދާ ގުޅިފަޅުގައި ޑޮކްޔާޑެއް ހަދާ އެތަނުގައި އިންޑިޔާގެ މަނަވަރުތަކާއި ސިފައިން ތިބޭގޮތަށް ހަދާ އެކަމުގެ އުފާ ފާޅުކުރުން!! އެއްބަސްވުން ފޮރުވައިގެން ރައްޔިތުންނަށް އޭގައި އޮތް އެއްޗެއްވެސް ހާމަނުކޮށް ސަރުކާރުންނާ މީނާވެސް އޭގައި ބައިވެރިވެ ލިބުނު ވަގުތީ އުފަލެއްގެ ބޮޑުކަމުން ހަމަ މަޖާކުރަނީ!! ފަހުން ކަންކަން އެފުށް މިފުށަށްޖެހި ކަންކަންވީމަ އެކަމާ ހިތާމަކޮށް އުޅޭތަންވެސް ފެންނާނެ! މައިކުގެ ބަދަލުގައި އަތުކުރީގައި ބިޑިއެއް ބަޔަކު އަޅުވައިގެން ކޮޅުކު މައްޗައް ގެންދާތަންވެސް ފެންނާނެ!! އިބުރަތް ހާސިލްކުރާ ބަޔަކު އިބުރަތް ހާސިލްވެސް ކުރާނެ!!

   42
   11
 7. އަހަންމަދު

  ލާދީނީހުރިހާކަމަކަށްލާދީނީމީހުންތާއީދުކުރާނެ! ޅާދީނީމީހުންމަތީމަގާމުތަކުގަތިބުންމަސްއަލައަކީ!

  59
  16
  • ރާގޮޑިރާޖަ

   މިހާލަތުގަ އެންމެރަގަޅުވާނީ ވަގުންހިމާޔަތް ކުރުމަށް މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމާއި ވެ ކްސިނަކީވެސް ކަމުނުދާއެއްޗެއްކަން ރައްޔިތުންނަށް ވިސްނާދިނުންތޯ.

   14
   29
 8. ޢަޒު

  ވަގުތާ ހާލަތަށް ބަލާފަ ލަވަކިޔާ މަޖާކުރުން ބަލައެއް ނުގަނެވޭ އިސްލާމްދީން ހުއްދަ ނޫންކަންތަށް ކުރުމަކީވެސް ވ ދަރަޖަ ދަށްކަމެއް

  58
  16
 9. ޢުދައްޔު

  މައް ސަލަ އަކަށް ހަދަންވީ ކޮންމެ ކަމެއްވެ ސް، ހަގީގަތަކީ މިފަދަ ކޮންމެ އުނދަގޫ ހާލަތެއްގައިވެސް ސިފައިން ތިބެނީ މަރުކަޒު ތަކުގައި ތާށިވެފަ، އެމީހުންގެ ހިތްހަމަ ޖެހުމާއި ސްޓްރެސް މެނޭޖު ކުރެވޭނެ ވަސީލަތްތައް އޮންނަން ޖެހޭ އަދި އަބަދުވެސް އޮވޭ. މިއީކީ ސިއްރުން ހިންގާ ޖަރީމާ އެއްނޫން. އަބަދުވެސް ހުރިހާ ދައުރެއްގައިވެސް އޮންނަ ކަންކަން. މައްސަލައަކީ މިފަދަ ކަންކަން ވީޑިއޯ ކޮށް މުޖުތަމައު ތެރޭގައި ފިތުނަ އުފެއްދުން. އަދި އެއީ ސިފައިންގެ އާންމު ގަވާއިދުތަކުން މަނާކުރާ ކުށެއް.

  60
  22
  • ދެކޮޅު.

   ސްޓްރެސް ފިލުވަން އޮތް ހައްލަކީ ލަވަ ކިޔުމާއި ލަވަ އަޑުއެހހހުންތޯ. ސްޓްރެސް ފިލުވާލުމަށް ޤުރުއާން ކިޔަވަން ވީނުންތޯ؟

   42
   9
   • އެދުރުބެ

    ކަލޭ ކިހާ ވަރަކަށް ކިޔަވަންތަ؟

    20
    14
 10. Happy 123

  މިވެސް ދެން ހަބަރެއް؟ މި ވީޑިއޯ ވެދާނެ އެެއްނު ކުރީގެ ވީޑިއޯ އަކައްވެސް!!

  38
  18
 11. އަޖޭ

  ކިހާ ސަޅި ހަޖަމް ކުރަން ދަސްކުރޭ

  37
  27
 12. ރާގޮޑިރާޖަ

  މިހާލަތުގަ އެންމެރަގަޅުވާނީ ވަގުންހިމާޔަތް ކުރުމަށް މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމާއި ވެ ކްސިނަކީވެސް ކަމުނުދާއެއްޗެއްކަން ރައްޔިތުންނަށް ވިސްނާދިނުންތޯ.

  6
  20
  • ލައި

   އެބަޔަކު ސްޓްރެސް ފިލުވާނެެ ގޮތެއް އިނގޭނީ އެބަޔަކަށް. މިޔަކީ ތިހާ ބޮޑުކުރަންޖެހޭ މައްސަލައެއް ނޫން. ތިބޭފުޅުން ގޭގަ އަބަދު ތިބެނީ ޤުރުއާން ކިޔަވަންތަ.

   2
   1
 13. ކުޑޭ

  އެއްވެސް މައްސަލައެއް ތި އަކު ނެތް. ރައްޔިތުން ޤވައދަށް ބޯލަނބައި އުޅެގެން ކޮވިޑް ފިލާނީ

  17
  9
 14. މާމިގިލީ މީހާ

  ކުރާނެ ކަމެއް އޮތް ބައެއް ނޫން މީއެއް. ދެން ހަމެ މަޖާކުރާން ވީއެއްނޮއް. ދައުލަތުން ބޮޑު މުސާރަ ދޭ..

  23
  11
 15. ބާބޫ

  ޢެލެކްސް އަބޫޖަ ހުލު ކޮބައިތަ؟

  14
  6
 16. ބާބޫ

  އެލެކްސް އަ ހުމަދެއް ނޫން ކިޔަންވީކީ އެލެކްސް އަބޫޖަ ހުލު ކިޔަންވީ ތިޔަ މީ ހާއަށް.....

  13
  5
 17. ކޮ

  މީ ދެން ޓެންސް ފްރީ ކޮށް ލަނާ އޯކޭ ކެރީއޮން

  11
  3
 18. Anonymous

  އެބޭފުޅުން އެތިއްބެވީ ޑިއުޓީގައި.
  ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި. ކޮބާތޯ މައްސަލައަކީ އަނބިދަރިންނާއި ޢާއިލާއާއި ވަކިން އެހެން ތިއްބަވާއިރު މުނިފޫހިފިލުވުން އެއީ މައްސަލަ އެއް ނޫން ކަންނޭނގެ. ލަވަ ވިދާޅުވާ ބޭފުޅުން ލާވަވިދާޅުވާނެ. ޤުރުއާން ވިދާޅުވާ ބޭފުޅުން ޤުރްއާން ވިދާޅުވާނެ. ގޭމްކުޅުއްވާ ބޭފުޅުން ގޭމްވެސް ކުޅުއްވަފާނެ. މީގައި މިއަދުގެ ޙާލަތަށް ބަލާފައި ކުރުން ރަނގަޅީ ހެޔޮ ޢަމަލު.
  ލަވަ ކިޔައިގެން އެއްވެސް ސަވާބެއް ނުލިބޭ. ޤުރްއާނުގެ އެންމެ އަކުރެއް ކިއުމުން 10 ހެޔޮކަން ލިބޭ. ދެން އަނެއްކަމަކީ އެއް މުޞީބާތުން އަރައި ނުގަނެވެނީސް އަނެއް މުޞީބާތް ލައިގަންނަށް ކުރިމަތީގައި. ޑަބްލިއުއެޗްއޯ ބިނެފިދޯ ކޮވިޑަށް ވުރެ މާގިނައި މީހުން މަރުވާނެ ބައްޔެއްގެ ވާހަކަ. ސިފައިންގެ ބޭކަލުން އެކަންޏެއް ނޫން . ހުރިހާ ބޭފުޅުން ވެސް ހެޔޮ ޢަމަލު އިތުރުކުރަންވީ.
  މިކަމުގައި ވީޑިއޯ ކުރި މީހަކަށް ފިޔަވަޅު އަޅަންވީ.
  އެތެރޭގެ މިކަހަލަ ކަންކަން ޢާއްމުންނަށް އެނގޭކަށް ނުޖެހޭނެ. މުނިފޫހިފިލުވުން އިސްލާމްދީން މަނާނުކުރެ. ދީނުގެ މިންގަނޑުގައި ތިބެން މުނިފޫހިފިލުވޭނެނު. އަނެއްކާ ހާދަ ރީއްޗޭ އެލަވަ ވިދާޅުވާގޮތް

  27
  7
 19. ސަފާ

  ބަލަ އެއީ ރައްޔިތުންގެ ހައްގުގަ ގައުމުގެ ހައްގުގަ ނުނިދާ ހޭލާ ފޯރިއަށް ތިބޭއިރު ކުރާ ކަމެއް...އެއްވެސް މައްސަލައެއް ނެތް އެކަމުގާ.

  21
  8
 20. ވާނުވާ

  ކޮބާތަ މިތަނުގާ މައްސަލަައަކީ ލިޔާނެ ހަބަރެއް ނެތިއްޔާ މަޑުން ތިބެންވީނުން

  21
  9
 21. ގަންޓާބެ

  ދެން 24 ގަޑީ އިރު ރޮއިރޮއި އިންނަންވީތަ ކަލޭމެން ތީ އިންސާނުންތަ އެމީހުންވެސް ބުރަކޮށް މަސައްކަތްކޮށް ސްޓްރެސް ފިލުވާލަން ކަމެއް ކުރާނެދޯ އެއީ ބަޔަކު ހަބަރު ހަދާ ރިޕޯރޓް ހަދާވަރު ކަމެއް ނޫން

  25
  9
 22. ގަދަންބެ

  ކަލޭމެންނަށް ނޭގޭދޯ ހަނގުރާމަ ތެރޭގަވެސް ސިފައިން އެމީހުންގެ މޮރާލް ހައިކޮށް ސްޓެރެސް ފިލުވުމަށް މިކަހަލަ ކަންކަން ކުރާނެ، ވާނުވާ ނޭގެންޔާ ހަބަރު ނުލިޔެ ތިބޭ

  23
  11
  • Anonymous

   އެހެނވެ ބަޔަކާ ކުރިމަތިލާންވީމަ "5 ހޮޅިވެސް ބޮޑުވަނީ މިކަހަލަ މީހުނައް.

   3
   1
 23. އީމް

  މަސައްކަތު އުޅޭ އިރު ހިތްހަމަ ޖައްސަން ވެސް ޖެހޭނެ! ބަލިމަޑުކަމެއް އުޅެޔޭ ކިޔާފަ އެ ބޮލަށްލައިގެން ފިކުރު ކުރަންޏާ ސިއްހަތު ދާނީ ދަށަށް! ނިކަން ވިސްނުން ހަރުކަށި ނުކޮށް ސުލްހަވެރި ކޮށް ވިސްނަމާ!

  20
  9
 24. ޢަދުރޭ

  މީ މާ ބޮޑުކަންތައް ގަނޑަކައް ވޭތޯ އުޅެނީ ޗެނަލް13 އިގަ އުޅޭ ބައިގަނޑެއް ވަރައް މަޖާވެގެން ޓީވީ އަށްއަރާ ކަރުންނާރު ފުއްޕާވަރައް ހަޅޭއްލަވަނީ!

  13
  17
 25. ޥަރަށް ވާހަކަ

  އަޅެ ޢޭނައެކަނިތަ ނުކިޔަންވީ. ޢެހެންމީހުން ކޮވިޑު އޮއްވަ އޯކޭ ކިތަންމެ ކަމެއް ކުރިޔަސް. ވަގުތު މީހުން އުޅެނީ ކަންކަން ބޮޑުކުރަން

  20
  7
 26. އަފިރިން

  ސަމާހ ހް ވީމަ ހުންނަ ވީ ރޮނޑުމަސް ކައިގެން އުޅޭ އަސްދޫންޏެއް ހެން ތަ 😊ގައުމައި ގެން ކުރިއަށް ސަމާހ ހް 👍

  12
  2
 27. ލޯބިވާ ވަޠަން

  ޢާއިލާ ކާރިއަށް ނުގޮސް ޚިދުމަތުގަ ތިބޭ އިރު ލިބޭ ހުސް ވަގުތުކޮޅުގައި ހިތް ހަމަޖައްސާލަން ލަވައެއް ކިޔުން އެއީ ކޮން މައްސަލައެއްތޯ. މިހާރު ވެސް ެެބޭފުޅުން ތިއްބެވަީ ޔުނިފޯމްގައި ކަމުން ދޭހަކޮށްދެނީ މަސައްކަތުގެ ތެރެއިން ލިބުނު ހުސްވަގުތުކޮޅެއްކަން. ފިތުނަ އާއި ފަސާދަ ކުރުން އެންމެ އިސްކަމެއް ކަމުގައި ނުދެކޭށެވެ.

  28
  7
 28. އަހްމަދު

  ކޮވިޑްގެ އަކޮޅު އަލީވަހީދުވެސް އުޅުނީ މިހެން ނާޗަރަންގީގައި! މިބޭފުޅުން މިސެލެބްރޭޓް ކުރަނީ ކޮންކަމެއްތޯ؟

  8
  2
 29. ކަރޯކޭ

  ޜާއްޖޭގެ ދިފާއީ މަރުކަޒުފަވެސް ކަރޯކޭ ޖެއްސޭނެތޯ އެހެން މިބުނީ އެތަނުން އެބަފެނޭ ޕޮލިސް ބެޖް ފްރޭމްކޮށް ހަރުކޮށްފަ ހުއްޓާ. ފިރި ހެނުން އަން ހެން އަޑުން ލަވަކިޔާ ހެދުމަކީ .... މިމީ ހުންނަށް ހާދައުފާވެރިއޭ މިބަލިބަޑު ކަންވެސް
  ކޮބާ މާރިއާ

  5
  5
 30. ޜިޒް

  ތިއީ އެެއްވެސް މަސަލައެއް ނޫން .. އެވެސް އިންސާނުން އެމީހުން ނަށް ވެސް އެހެން އިންސާނުން ކުރާ ކަންތަށް ކުރެވޭނެ .. އާއިލާ ޔާ ދުރުގަ ތިއްބަވައިގެން ސްޓްރެސް ފިލުވަން ތިކުރައް ވަނީ ހަމަ ރަގަޅުކަމެއް

  11
  2
 31. މުހައްމަދު

  ސާބަސް ވަރަށް ފައްކާ ތީކީ މައްސަލައްނޫން ވ.ރީތި

  7
  4
 32. ގައުމުގެ ދުލުން

  ކޮންމެ ދުވަހަކު އެތައް ބައެއްގެ ފުރާނަ ގެއްލެމުން ދާއިރު އެތައް ބަޔަކު މިތިބީ ފުން ހިތާމައެއްގައި. އެކަމަކު ގައުމުގެ ވެރިން ލަވަ ކިޔުމާއި މަޖާ ކުރުމުގައި. ބޮޑު މުސާރާ ނަގައިގެން. މުސާރަ ގުނަނީ ކަރަންސީ ކައުންޓާރ މެޝިނުން އެހާވެސް ގިނަ ލިބޭ މުސާރަ އެކަމަކު ނިކަމެތި ސިވިލްސާރވިސް މީހާ އަށް ލިބޭ މުސާރަ 6000-8000ރ.

  8
  3
 33. މެންޓަލް ހެތް ވެލްބީންގ

  އެވެސް އިންސާނުން، ގޭގަ ތިބޭއިރު ފޫހި ފުލުވަން ތިޔަބޭފުޅުން ކަރޯކޭ ޖައްސާ ކެރަމް ކުޅެ ތާސްކުޅުން އޯކޭ؟ އެމީހުންނަށް ލިބޭ ހުސް ވަގުތުގަ ހާސްކަން ފިލުވާލަން މިކަހަލަ ކަމެއް ކޮއްލުމުގަ ކޮބާ މައްސަލަޔަކީ؟
  މޯޑިސް މީހުންގެ ވިސްނުމުގެ ހަނިކަން، ހަމަ ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ.! ހެޔޮދުއާ...

  10
  4
 34. ޙަސަން

  ދީނާ ބީރައްޓެހި ކޮންމެ ކަމަކަށް އޭނާ ތަރުހީބުދޭނެއެވެ.

  11
  3
 35. ކަސިމް

  ފާޑުކިޔުން އޮންނަންވާނެ.

 36. ޒާހި

  ވައިސް ވަ ހީދަކީ ވަރަށްބަރާބަރަށް ނަމާދުކޮށްއުޅޭ މީ ހެއް. އޭނަގެ އަން ހެނުންވެސް ހުންނާނީ މޫނުބުރުގާ އަޅާފަ. ވަރަށް އުޅުންރަގަޅު މީ ހެއްއެއީ . އިނގޭތީމިބުނީ

 37. ހަސަނު

  ކޮންމެ ކަމެއް ވެސް ސިޔާސީ ކުރުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް އަހަރެން ނުދެކެން. އެވެސް ހަމަ އަހަރުމެންފަދަ އިންސާނުން މުނިފޫހިފުލުވަންވާނެ. އެވީޑިއޯ ކިލްޕް ހަމަ ވަރަށްމަޖާ. އަދި ހާއްސަކޮށް ވައްހާބް ވަރަަށް ކޫލް.

  5
  1
 38. ކައިލްހކ

  އިސްތިއުފާ

  3
  1
 39. ރާއްޖެތެރެ

  މީ ކޮންކަހަލަ ޤައުމީޔަތެއް ނެއްމީހެއް