ދުނިޔެއާއި އެއްގޮތް ސިފަތަކެއް ލިބިފައިވާ ހަނދުތަކެއް ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާސިސްޓަމް)ގެ ބޭރުން ފެނުނު ގުރަހަތަކަކުން ހޯދައިފިއެވެ.

ސައިންސްވެރިން ވަނީ އިންސާނުން ދިރިއުޅުމަށް އެކަށީގެންވާ މާހައުލެއް ހުރި 121 ގުރަހަ ހޯދާފައެވެ.

ނާސާގެ ސައިންވެރިން ބުނެފައިވަނީ މިއިން ކޮންމެ ގުރަހައެއް ވަށައިގެން އެތަށް ހަނދުތަކެއް ވާނެ ކަމަަށެވެ.

މިގުރަހަތައް ހޯދާފައިވާއިރު ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގައި ހިމެނޭ ގުރަހަތަށް ވަށައިގެން 175 ގުރަހަ ދައުރުކުރެެެވެ. ނަމަވެސް މިއިން އެއްވެސް ހަނދެއް އިންސާނުން ދިރި އުޅޭނެ ފަދަ މާހައުލަކަަށް ފެތިފައެއް ނުވެއެވެ.

މި ގުރަހަތައް ހޯދާފައިވަނީ ކެޕްލާރ ސްޕޭސް ޓެލެސްކޯޕް މެދުވެރިކޮށެވެ. ކެޕްލާރ ސްޕޭސް ޓެލެސްކޯޕްއަކީ 2009 ވަނަ އަހަރު ލޯންޗުކުރި ކާމިޔާބު މިޝަންއެކެވެ.

2013 ވަނަ އަހަރު އެ ޓެލެސްކޯޕަށް މެކޭނިކަލް މައްސަލަތަކަކާއި ކުރިމަތިވިނަމަވެސް އެ ޓެލެސްކޯޕް ވަނީ މުޅިއަކު 4500 ޕްލެނެޓް ހޯދައިފައެވެ. ޓެސްގެ މަސައްކަތަކީ ދެ އަހަރު ދުވަހުގެ މަސައްކަތެކެވެ. ޓެސްއިން ކެޕްލާރ ސްޕޭސް ޓެލެސްކޯޕްއަށްވުރެ ދުރު ރާސްތާއެއް އެ ސެޓެލައިޓްގެ ދިރާސާގައި ބަލާނެއެވެ.

ނާސާގެ ސައިންސްވެރިން ބުނާގޮތުގައި ޓެސްގެ ސަބަބުން ކައުނުގައި ކުރިން ހޯދިފައިނުވާ އަދި ދިރާސާ ކުރުމުގެ ގާބިލުކަން ކުރިން ލިބިފައިނުވާ ސަރަހައްދުތަކަށް ވާސިލުވުމުގެ ގާބިލުކަން ލިބިގެންދާނެއެވެ. އަދި އެއީ މީގެ 20 ވަރަކަށް އަހަރުކުރިން އަމިއްލަ ސޯލާރ ސިސްޓަމުން ބޭރުގެ އެއްވެސް ޕްލެނެޓްއެއް އިންސާނުންނަށް ހޯދިފައިނުވާ ޒަމާނަކާއި އަޅާކިޔާއިރު ވަރަށް ބޮޑު ކުރިއެރުމެއްކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.