އޭލިއަނުންގެ ވާހަކަ އާއި ގޮތް ނޭނގޭ "ޖައްވީ އުޅަނދުތައް" ފެންނަ ވާހަކައަކީ އަބަދުވެސް އިވޭ ވާހަކައެކެވެ. މިފަދަ ޚަބަރެއް ނުފެނި ހަފްތާއެއް ވޭތުވެގެންނެއް ނުދެއެވެ. މިފަހަރު މިއޮތީ ވޯލްޑްކަޕް ކުރިއަށްދާ ރަޝިއާ އަށް އޭލިއަނުން އައިސްފި ކަމަށް މީޑިއާ މީޑިއާގައި ދެކެވެމުންދާ ވާހަކައެކެވެ.

ގޮތް ނޭނގޭ ތަފާތު އުޅަނދެއް ރަޝިއާގެ މަތިން އުދުހިފައި ދަނިކޮށް ފެނިގެން ވަރަށް ގިނަ މީހުން ވަނީ އޭގެ ވީޑިއޯ އާއި ފޮޓޯ މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެއީ އޭލިއަނުންގެ އުޅަނދެއް ކަމަށް ވެސް ވަރަށް ގިނަ މީހުން ބުންޏެވެ.

ނަމަވެސް ހަޤީޤަތަކީ އެއީކީ ނޫނެވެ. ގިނަ ބަޔަކަށް ފެނިފައި ވަނީ ޕްލެސެޓްސް އިން އުދުއްސާލި ރޮކެޓެކެވެ. ސެޓްލައިޓެއް ޖައްވަށް ފޮނުވުމަށްޓަކައި އުދުއްސާލި އެރޮކެޓް ޖައްވުގެ ތެރެއަށް އަރައިގެން ދިޔައިރު ފެނުމުން ބައެއް މީހުންނަށް އެއީ ކޯއްޗެއްކަން ނޭނގި ތަފާތު ގޮތްގޮތައް ވާހަކަދެކެވުނީ ކަމަށް ރަޝިއާގެ ކަަމާބެހޭ ފަރާތްތަކުން ބުނެއެވެ.