މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ފަރުވާއެއް ކަމަށް ބުނެ އިންޑިއާގެ ޓަމިލް ނެޑޫއަށް ނިސްބަތްވާ މީހަކު ހަރުފައެއް ކެއި ކަމަށް ރިޕޯޓް ލިބުމުން އޭނާ ހައްޔަރުކޮށް 7000 ރުޕީސް އިން ޖޫރިމަނާކޮށްފިއެވެ.

އުމުރުން 50 އަހަރުގެ އެ މީހާ ވިހަގަދަ ހަރުފައެއް ކާ މަަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތައް މީސް މީޑިއާގައި ދައުރުވަމުން ދެއެވެ. އެ ވީޑިއޯގައި އޭނާ ބުނާގޮތުގައި، އެއީ ކޮވިޑާއި ދެކޮޅަށް މަސައްކަތްުރާ އެންޓިޑޯޓްސް އެކެވެ.

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ ވިޑަވެލް ނަމަކަށް ކިޔާ އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ.

އެ މީހާއަކީ ޓަމިލް ނެޑޫގެ ޓިރުނަވެލި ޑިސްޓްރިކްޓަށް ނިސްބަތްވާ މީހެކެވެ. އޭނާ 7000 ރުޕީސް އިން ޖޫރިމަނާކޮށްފައި ވަނީ އެންވެރޮމެންޓަލިސްޓް ފުލުހުންނެވެ.

އިންޑިއާ ޓުޑޭގެ ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އެ ހަރުފަ ހިފައި، އޭތީ ކަައިިފައިވަނީ މަރާލުމަށްފަހުގައި ކަމަށެވެ.

ބައެއް އޮފިސަރުން ބުނެފައިވާގޮތުގައި، ވިޑަވެލް އެ ހަރުފަ ކާން އުޅުނު ގަޑީގައި ހުރީ މަސްތުހާލަތުގައެވެ. އަދި އޭނާ ބޭނުންވީ އެހެން މިހުންވެސް ހަރުފަ ކެއުމަށެވެ. އަދި އޭނާ ސަލާމަތްވެފައި ހުރީ އެ ހަރުފައިގެ ވިހަގަދަ ބައިގައި ދަތް ނާޅާތީކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި ވެއެވެ. އެހެން ނަމަވެސް މިއީ ސިއްހަތަށް ނުރައްކާ ހުރި އެއްޗެއްސެވެ. މިފަދަ އެއްޗެހި ކޮވިޑުންވެސް އަދި އެ ނޫންވެސް ބައްޔަކުންވެސް ފަރުވާ އެއް ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުރޯހ

    ކަލޭމެނަށް “މީޑިއާ” މިޔައް ކިޔާނެ ދިވެހި ބަހެއް ނޭނގެނީތަ؟