މިދިޔަ އަހަރު ތެރޭގައި އަމިއްލަައަށް މަރުވި ސުޝަންތް ސިންގް ރާޖްޕުތްގެ މަރާއި ގުޅިގެން ކުރަމުންދާ މަސްތުވާތަކެތީގެ ތަހުގީގުގެ ތެރެއިން ސުޝަންތްއާއެކު އެއް ފެލެޓެއްގައި ދިރިއުޅެމުންދާ މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިންނެވެ. ސުދާތް ޕިތާނީ ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު އެެވެ.

ޕިތާނީ އަކީ ސުޝަންތްގެ ރައްޓެއްސެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހައިދަރް އާބާދުންނެވެ.

އޭނާ އަކީ ސުޝަންތް ދަން ޖެހުނު ފްލެޓްގައި އޭނާއާއެކު އުޅޭ ހަތަރު މީހުންގެ ތެރެއިން އެކަކެވެ.

މީގެ ކުރިން ޕިތާނީ ވަނީ ސުޝަންތްގެ މަރުގެ މައްސަލާގައި އެތައް ފަހަރެއްގެ މަތިން ސުވާލު ކޮށްފައެވެ.

ޕިތާނީއަކީވެސް އެކްޓަރެކެވެ. އަދި އޭނާއަކީ ފިލްމް އުފެއްދުމުގައި ހަރަކާތްތެރިވާ މީހެކެވެ. އޭނާ ސުޝަންތްއާއެކު އެތަނުގައި ދިރިއުޅެމުން ގޮސްފައި ވަނީ އޭޕްރިލް 2019 އަހަރުން ފެށިގެން މިިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލާއި ހަމައަށެވެ. ޕިތާން ވަނީ ސުޝާންގެ ކްރިއޭޓިވް މެނޭޖަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.

އައިޓީ ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޕިތާނީ ވަނީ ސުޝަންތްގެ އެންމެ ފަހު ވަގުތުކޮޅާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކޮށްފައެވެ. އަދި އޭނާ ވަނީ ސުޝާންތްގެ ލޯބިވެރިޔާ ރިއާއާ ގުޅޭގޮތުންވެސް ތުހުމަތުތަކެއް ކޮށްފައެޗެ. އޭނާ ބުނެފައިވާގޮތުން ރިއާ އުޅުނީ ސުޝާންތްގެ ފައިސާއަށްޓަކައެވެ.

ސުޝަންތް މަރުވެފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ ދިރިއުޅެމުންދާ ފްލެޓުންނެވެ.