ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ޖެނެރަލުންނާއިއެކު ކަރޯކޭ ޖައްސަން ހުރި ވީޑިއޯ އާއި އެކީ މީސްމީޑިއާގައި އެކަން "އޮފް" ގަޑީގެ ޓްރެންޑަކަށް ވެއްޖެއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ގައުމުގެ ހާލަތު ގޯސްވެފައި ވަނިކޮށް ގައުމީ ދިފާއީ ބާރުގެ ބޭފުޅުން އެގޮތަށް ކަންކަން ކުރެއްވުމުން ގިނަ ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށް ފާޑު ވިދާޅުވެފައެވެ.

މީސްމީޑިއާގައި ޓެރެންޑެއްގެ ގޮތުގައި މިކަން އެންމެ ފުރަތަމަ ކުރައްވާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުއެވެ. ނާޒިމް ވަނީ ގޭގެ ފެންޑާގައި ހުރި އުދޯއްޔެއްގައި އިދެ ހަމަ އެ ލަވަ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ، "މުޖޭ ޗޫރަހީ ހޭ" މި ލަވަ އެވެ. އެ ލަވަ ވިދާޅުވެ އޭނާ އޭގެ ވީޑިއޯ ހިއްސާ ކުރަމުން ވިދާޅުވީ، ޝަމާލް އާ އެއްވަރަށް އޭނާވެސް ލަވަ ކިޔާނެ ކަމަށެވެ.

ނާޒިމްގެ މި ވީޑީއޯގެ ފަހުން ދެން މިފަދަ ވީޑިއޯއަކުން ފެނިގެން ގޮސްފައިވަނީ ޤާނޫނީ ވަކީލް އާދަމް ޝަމީމެވެ. އެވީޑީއޯ މީސްމީޑިއާގައި ހިއްސާ ކޮށްފައިވަނީ ނާޒިމްއެވެ. އަދި ވީޑިއޯ އާއްމު ކުރަމުން ނާޒިމް ވަނީ ޝަމީމް ލަވަ ކިޔައިދެނީ އަމިއްލަ ކަކުލަށްތޯ ސުވާލު ކޮށްފައެވެ.

ޝަމީމް ވިދާޅުވެފައި ވަނީ "ރީތި ހަނދެކޭ ނުބުނެވޭނެހޭ" މިލަވައެވެ.

މި ވީޑިއޯތަކުގެ އިތުރުން ވެސް ގިނަ ބަޔަކު މިހާރު އަންނަނީ "ޓޮއިލެޓް ޕޭޕަރ ޗެލެންޖް" މަޝްހޫރުވެގެން އައި ގޮތަށް ލަވަ ކިޔާ ވީޑިއޯ "އޮފް" ގަޑީގައި ހަދަމުންނެވެ.

ޗީފް ޝަމާލް އާއި ވައިސް ވަހީދު ލަވަކިޔަން ތިބި ވީޑިއޯ އާއްމުވުމުން އެކަމަށް ތާއިދުކޮށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ޓްވީޓް ކުރަމުންނެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެލެކްސް އަހްމަދު އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ސިފައިން ލަވަ ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ޝަމާލްގެ އެ ވީޑިއޯއާއެކު އެމްއެންޑީއެފްގެ ތަރުޖަމާން މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ސިފައިން އެލާޓްގައި ހެޑްކުއާޓާ ތެރޭގައި ތިބޭއިރު، ލިބޭ ހުސް ވަގުތުކޮޅުތަކުގައި "ކަރޯކޭ" ބާއްވާ ކަމަށެވެ.

"މިހެން އޮންނަ ކަންކަމުގައި ވަގުތު ލިބޭ ވަރަކުން ބައިވެރިވުމަކީ ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ހިންގާ ކަމެއް". އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޖާބެ

    ބޭރުގައުމެއްގެ ސަޤާފަތް ފަތުރާ ދިވެހި ސަޤާފަތް ނައްތާލުން ފުރިހަމަވެއްޖެ. ގަޢުމީ ސަލާމަތް އޮޅިއްޖެ!!!
    މިޔައްކިޔަނީ އިންޓަރޤްރޭޝަން އޮފް ފްރިންގ ކަލްޗަރ
    ދެން އައްނާނީ އެމިހުންގެ ދީންތަކުގެ ސަޤާފަތް ތަކާ ސެކްޓްތައް ނޭންގެ ޖެނަރަލް އެއްގެ ކުފޫ ހަމަވަނީ ކިހިނެއްކަމެއް މިހާރު އެއޮތީ ލަކްޝަދީބްއަށް ޔަހޫދީންގެ ޓެކްޓިކްސް އިން ކޮޕީކޮށް އަނިޔާކުރަން ފަށަާފަ . ޢަދިވެސް ނިދާފަ މިތަނުގަ ތިބި މީހުން

    40
    5
  2. Anonymous

    ހަރާމް ކަންކަމައް ހިއްވަރު ދިނުމަކީ ޝައިތާނީ އަމަލެއް

    67
    4
    • ރައްޔިތު މީހާ

      ރައްޔިތުމީހާ މޫނައް ކުޅެއްނުން ތިޖެހީ. އަދިވެސްތިބޭ އައްޖަހާލަ ޖަހަލާ.

      39
      1
  3. ހަނީ

    ގޭގަ ކުރާނަމަ އެއްޗެއް ނުބުނާނަން.. އެކަމް ރައްޔިތުންގެ ފައިސާއިން ހަދާފައިވާ ތަންތާ އެލާރިޔަށް ހޯދާފަ ހުރި ތަކެތި ބޭނުން ކުރީމަ ކަޑަ

    58
    11
  4. ޙހހހ

    މިއަދު ހިދުމަތްތެރި ސިއްޚީ މަސައްކަތްތެރިންވެސް ހިތް ހަމަޖައްސާލަން ބޭނުން ނުވާނެތޯ ، އެކަމަކު މިއަދު އެމީ ހުން އެތިބީ އާއިލާއާއި ދުރުގައި އެތައްރައްޔިތެއްގެ ހައްޤުގައި ނޫންތޯ ، ވިސްނާލައްވާ ، ޤައުމު މި ހާލަތުގައި އޮއްވާ ނަމޫނާ ދައްކަންވީ ތި ހެންތޯ

    30
    3
  5. ސުވޭ

    ބޭރު ގައުމޭ ކިޔާ އިރު ޒަމާނުއްސުރެ ދިވެހިން އަޑު އހަމުން ގޮސްފައިވަނީ ހިންދީ ލަވަ! އޭނަ ކީ ލަވައަކީ 80 ގެ އހަރުތަކުގަ ވ މަޝްހޫރުވި ލަވައެއް! ވ ރީތި އެލަވަ! ރެޑިޔޯ އިން ރީތި އަބަދުވެސް ރީތީ ގަ ފޮނުވަމުން ގޮސްފައިވާ ލަވައެއް ވ ފަހަކާ ޖެހެންދެން ވެސް!

    8
    20
  6. ސޯސްތުބުޅި

    މިތާ މިއާ އިދިކޮޅަށް ކޮމެންޓްކުރަނީ ހުސް ހަރުކަށި މީ ހުން

    8
    36
  7. ައޮފްބެ

    ދެން މިވެސް ހަބަރެއް!!!/

    9
    6
  8. މުޖޭ ޗޫރަހީހޭ......

    ކާބަފައިންގެ ޒަމާނުއްސުރެ އިންޑިޔާ އަށް ގޮސް އައިސް އުޅެއެވެ. ފަންސިނަމާގައި ހިންދީ ފިލްމް އަޅުވައިގެން، ބައިސްކޯފް ޝޯ ބެލީ އެވޭލާ ޒަމާނުގައެވެ. ޓީވީ މޯލްޑިވްސް ހުޅުވުނީއްސުރެ ހިންދީ ފިލްމާއި ލަވަ ޢާއްމު ވެއްޖެ އެވެ. "ތިޔަބޭފުޅުންނަށްޓަކައި" ގައި ދައްކާ 5 ވަރަކަށް ލަވަޔަށް އިންތިޒާރުކުރި އެތަކެއް ހާސް ދިވެ ހިންނެއް އުޅުނެވެ. ބިންމާ އިސްޓޯރުން ވީސީއާރ އާއި ހިންދީ ފިލްމް ކުއްޔަށް ނަގައިގެން ގޭގޭގެ ފެންޑާ ތަކުގައި، މުޅި ޢާއިލާ އެއްކޮށް ފިލްމުބެލި އަހަރުތަކެއް ދިޔައެވެ. ޢޭގެފަ ހުން، ކޭބަލް ޓީވީ ތަޢާރަފްވެ ސޮނީ ޓީވީ، ސޮނީ މެކްސް، ސްޓަރ ޓީވީ އަދި ކަލަރސް، މި ހާރު ރެއާއި ދުވާލު، ބަލަމުން ކޮން ވާ ހަކައެއް ދައްކާކަށް ހެއްޔެވެ! އޭރަށްވުރެ މި ހާރު، ދިވެ ހިން ދީނީގޮތުން ހޭލުންތެރި އެވެ. އެތަކެއް ސަތޭކަ ދީނީ ޢިލްމުވެރިންނެއް އުފެދިއްޖެ އެވެ. ދީނީ ދަރުސުތައް އެކި ގޮތްގޮތުން ޢާއްމުންނަށް ފޯރުކޮށް ދެއެވެ. ދެން އޭރު ނުގެއްލުނު ސަގާފަތަކާއި، ދީނެއް މި ހާރު އަމްދުން ނުގެއްލޭނެ އެވެ. އޭރުވެސް މި ހާރު ވެސް އަދި އޭރަށްވުރެ މި ހާރު މާބޮޑަށް، ދިވެ ހިންގެ މެދުގައި ހިންދީ ފިލްމާއި، ލަވަ މަޤްބޫލެވެ. ދިވެ ހިންގެ ދީނަކަށް އަދި ސަޤާފަތަކަށް ބަދަލެއް ނާދެއެވެ. ޙަޤީޤަތަކީ މިއީއެވެ. ޙަޤީޤަތް ޤަބޫލު ކުރާށެވެ!

    16
    12
    • ާާާޢަލީ

      ލަވަ ކިޔައިގެން ލަވައިގެ ބާވަތަކުން ނޫން ކަމުނުގޮސްގެން މިއުޅެނީކީ...މި ދިވެހިރާއްޖެ މިހާލަތުގަ އޮތްއިރު ތީހަމަ ޓޮއިލެޓް ޕޭޕަރ އިން ބޯޅަކުޅު ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުެ ނު ހެން ނިކަމެތިން ނާ އި ބަލިވެ އުޅޭ އެތަކެއް ޢާއިލާއެއްގެ. މީހުން ހީތާމައިގަ އާއިލާގެ މެމްބަރުން މަރުވާތި ގައުމުއެހާބޮޑު ހިތާމައެއްގަ އޮތްއިރު ކުރަންފެށި އެންމެ މޮޅުކަމަކީ އެމީހުނަށް މަލާމަތްކުރުންތޯ؟؟ ތިރީ ނިކަމެތި ރައްޔިތުނ ދެކެ މާލޯބިވާކަމަ،ް ބުނާ އަންނިގެ ކޮއްކޮއަށް ކުރަންއެނގުނު ކަމަކީ؟ ގައުމުގެ ރައްޔިތުންގެ މިހާލަށް ޓަކާ ދުޢާކުރާތީ ވެ ދައްކާލާ ނަމަވެސް ހިތަށް އުފަލެްއްތާ ..ތިކަމާ ނުބައި ކަންކަމުގެ ފަހަތުން އެމްޑީޕީ މީހުނާ ދުވާނީ ކުރާނީ ވެސް..ތިނާޒިމުތީ އަދިފޮނިމީހަކީ...ތިދެންކާކުތަ؟؟؟ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

      16
      2
  9. ވައިކިންގ

    މޮޔަފުޅުވަނީތޯ؟

    19
    2
  10. ޣޯސް

    މީތި ކަޑައޭ. ގައުމީ ޖޯޝް އަންނަޒާތުގެ ލަވައެއްވެސް ކީނަމަ ތަންކޮޅެއް ބަލާލަން ފަސޭހަވީސް.

    23
    4
  11. ސައީދު

    ފައިކުރި ބިރިކޮށްގެން އުޅޭ ގެނެރަލުންވެސް މަގާމައްޓަކާ ނުކުރަނީ ކީއްތޯ ފައިކުރި ނޫން އަތްކުރި ބުރިކިރިއަސް އެވާނީ، އެޔައް ވައިސްމެން ގެ އުޅުން ވަރައް ބިޔާނުދާ އަދި މުނާފިގުކަން އެފެންނަނީ.....ނުލަފާެގެން ކީއްތޯ ނުކުރަނީ...އިންސާިއްޔަތުކަންވެސް ކުޑަމީހެއްކަމައް މީހުންބުނޭ

    8
    2
  12. ނަސްރުއްލޯ

    މޯ ޖަމީލާ ހަސަން އާއި ހާބުރި ރަސީދުތަ....ލަދުކުޑަކަން އަދިވެސް ބޮޑައް ފަޓުޅޫނު ފައިކުރި ބުރިކުރޭ.....އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ....

    6
    3
  13. ވާހަކަ

    3 މީހުން ކުރީމަ ޓްރެންޑް އަކަށް ވީ!!

  14. ޅޮލ

    ކޮވިޑަށް އޮފް ގަޑި ވެސް އޮވޭ ދެއްތޯ

  15. Anonymous

    ލާދީނީ މީހުންނަކައް ހަޖަމެއް ނުވާނެ

  16. ޓާޜާޡޯ

    ޢަންނި ރައީސްއަކައް ހުރި އިރު ނެށި ނެށުމޯ؟ އެ މޑޕ މީހުންނައް ވަރައް ކަމުދިޔަ. ޢެރޭ މާރިޔާ ސްޓޭޖައް އަރާ އެޔޮއްކީ ލަވަޔޯ؟ މޑޕ މީހުނައް އެކަން ވަރަށް މޮޅުވި. މޑޕ މީހުން ގެ އޮންނަ ވިޔާނުދާ ސިފަ އަކީ އެމީހުން ކޮންމެ ކަމެއް ކުރިޔަސް ރަގަޅު. ޢެހެން ބަޔަކު ކޮއްފިއްޔަ ގޯސްވެ މަލާމަތް ކުރޭ. މިހެންވެ މަށައް މޑޕ އައް ސަޕޯޓް ނުކުރެވެނީ.

  17. ވަރު

    ކިހާދެރަކަމެއް ކޮނއްމެކަމެއް ސިޔާސީކުރުން މިހާރު މިގައުމުގަމިއޮތީ ބަލަސިފައިންގެ ބޭކަލުންނައްވެސް ހައްގުތަކެއް ލިބިގެންވޭ ޖެއްސުންކުރާބޭފުޅުންނެކޭ އެތްވަރައް މީހުންދެރަކޮއްލާ އަގުވައްޓާލުން ތިމާހިންހަމަ ނުޖެހޭގޮތަކައްކަމެއްވެއްޖެއިޔާ މިތާމިއޮއްނަނީ ގައުމެއްނެއް މިގައުމު ހަލާކުވެނިމިއްޖެ މިކަމުގެޒިންމާނަގާނެ ބަޔަކުވެސްއެބަތިބެންޖެހޭ ގައުމު ހަލާކު ކުރުމުގެ މުގުލުގަ ހުރިބުރާންޗެއްހޯދަން އަތްފުނާ އަޅަންވެއްޖެ ނޫންތޯ

  18. ހަބީ

    ހިޔެނުވޭ ތީކީބަޔަކު ސިޔާސީކޮއް މައްސަލައަކައް ހަދަނޖެހޭވަރުގެ ކަމެއްހެނެއް ކިތައްމެކުޑަކަމެއްވެސް ބޮޑުކޮއްލާފަ މައްސަލައަކައް ހަދާފިއްޔާ އެވީވަރައް ބޮޑުކަމަކައް އެގޮތައްވީމަ ދެންމިވާގޮތަކީ ބޭބޭފުޅުން ޖަޒުބާތުގަ ޖެހިވަޑާގެން ށުއޫރު ފާޅުކުރަންފެށީމަ ބޮޑުކަންތައްގަނޑަކައް ވެގެންދަނީ