ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ ވިދުންގަދަ ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ)އަށް އުފާވެރި އުފަން ދުވަހަކަށް އެދި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ސުނީއަށް މެސެޖެއް ކޮށްފައެވެ.
ސުނީއަކީ ރާއްޖޭގައި ހުރި ޕްރިޔަންކާގެ އެންމެ ބޮޑު ފޭނެވެ.
ސުނީގެ އުފަން ދުވަހާއި ގުޅުވައިގެން ޕްރިޔަންކާ ސުނީއަށް ފޮނުވި މެސެޖްގެ ސްކްރީންޝޮޓެއް ސުނީ ވަނީ އޭނާގެ މީސް މީޑިއާގެ އެކައުންޓްގައި ހިއްސާ ކޮށްފައެވެ.
ޕްރިޔަންކާ ސުނީއަށް ފޮނުވި މެސެޖްގައި ވަނީ ސުނީތާއަށް އުފާވެރި އުފަން ދުވަހަަށް އެދޭ ކަމަށެވެ.
"ކުރިޔަށް އޮތީ ކަލެއަށް/ތިބާއަށް ބާއްޖަވެރި އަހަރެއް ކަމުގައި ލައްވާށި.". ޕްރިޔަންކާ ސުނީއަށް ފޮނުވި ވައިބާ މެސެޖްގައި ވެއެވެ.
Thank you so much the lovely wish ❤️❤️❤️ it’s my strength 🥰 love you always @priyankachopra @TeamPriyanka ❤️❤️ pic.twitter.com/2mUCSOjCeH
— SUNEETHA ALI🇲🇻❤️ (@sunee7777) May 28, 2021
ސުނީއަކީ ރާއްޖޭގައި އެންމެ ގިނައިން ޕްރިޔަންކާއާ ބައްދަލުވި އެކަކެވެ. އޭނާއާއެކު ވަގުތު ހޭދަކޮށްލަން ސުނީއަށް އެތައް ފުރުސަތެއް ވަނީ ލިބިފައެވެ.
ސުނީ ވަނީ އޭނާއަށް ޕްރިޔަންކާ ފޮނުވި އުފަންދުވަހުގެ މެސެޖްގެ ސްކްރީން ޝޮޓެއް ހިއްސާކޮށް ޕްރިޔަންކާއަށް ޝުކުރު އަދާކޮށްފައެވެ.
"ޝުކުރިއްޔާ ވަރަށް ބޮޑަށް ތިޔަ ފޮނުވި އުފަން ދުވަހުގެ މެސެޖަށް، އެއީ އަހަރެންގެ ހިތްވަރު، އަބަދުވެސް ލޯބިވަން". ޕްރިޔަންކާގެ ރަސްމީ ޓްވިޓާ އެކައުންޓާއި، ޕްރިޔަންކާ ޓީމްގެ ރަސްމީ އެކައުންޓް ޓެގްކޮށް ސުނީ ލިޔެފައި ވެއެވެ.
ސުނީއަކީ ރާއްޖޭގައި ބާއްވާ އެކި ހަފްލާތަކުގައި އެންމެ ޑިމާންޑް ބޮޑު ފަންނާނެ އެވެ. ހާއްސަކޮށް އީދާއި، ހިތާނީ ޝޯވ އާއި އާ އަހަރުގެ ޝޯތައް ފަޅުފިލުވާލަން ސުނީ ވަރެއް ރާއްޖޭގައި ނެތް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.
އުފާވެރި އުފަންދުވަހަކަށް އެދެން.
ޢަދި އަހަރެންނަށް މައުފުކުރާތި
ސުނީ ޕްރިޔަންކާއަށް މެސެޖުކުރީ މީ ތިމަންނާގެ އުފަންދުވަހޭ. ތިމަންނާ އަށް ވިޝް ނުކުރާތީ ދެރަވެފައޭ މިހިރީ. ދެން އޭގެ ރިޕްލައިގެ ސްކްރީން ޝޮޓެއް ޓުވީޓުކޮށްފަ އެއޮތީ. ލޮލް
އެވަރުވެސް ކަލެޔަށް ނުވި އެ އްނު. ކަލޭ ފޮނުވި މެސެޖު ބަލަ އިވެސްނުލަ އި ޑިލީޓް ކޮށްލީ
ނިއުމާ ކީކޭބާ ބުނަނީ
ސުނީ ވަރަށް ލޯބި. ޕީ ސީ ވެސް ލޯބި.
ޕުރިޔަންކާ ދަނެހުރި ކަމެއް ނޫން. އެނަގެ ފޭނުން މެނޭޖުކުރާ މުވައްޒަފުން ފޮނުވަނީ މެސެޖް. އާންމުކޮށް ހޭކުޑަވެފަ ތިބޭމަރުމޯލު ފޭނުންނަށް.
މިއަދު ޕްރިޔަންކާ ހުންނާނެ، މާދަމާ (ސުވާލުކުރެވޭދުވަހު) ޕްރިޔަންކާއަށް އަތެއް ދިއްކޮށްލެވޭނެތަ.
ހެޕީ ބ ތުޑޭ ސުނީ
ސުނީތާ އަށް 42 އަހަރު . ސުނީތާ ވިހެއީ އެޕްރީލް އޮނަތިރީހުގައިތަ. އޭރުން 4 އަހަރުން އެއް އަހަރު 29 އަންނާނީ. ނޫނީ ލީޕް އިއާރ އަންނާނީ. އެހެންވީމަ ތިހާ އުމުރު ހަގީ. ސުނީތާ އާއި އެކީ ފިލްމު ކުޅެ ޑާންސް ކުރި ސުނިތާ އަށްވުރެ މާ ހަގު މީހުން ވެސް މިހާރު 50 އަހަރަށްވުރެ އުމުރު މަތި. އަޖައިބެއް.