އެމެރިކާގެ އަންހެނަކު ވިހެއި ދަރިއަކު ޑަސްބިނުން ފެނުނު މައްސަލަ އެގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެމެރިކާގެ ޓެކްސަސްގެ ރެސްޓޯރަންޓެއްގައި މަސައްކަތް ކުރާ އަންހެނަކު ވަނީ އެ ރެސްޓޯރަންޓް ގެ މަސައްކަތުގައި އުޅެނިކޮށް ވިހާފައެވެ.

ނަމަވެސް އެ އަންހެން މިހާ ވިހެއި ދަރި ފެނިފައިވަނީ އެ ރެސްޓޯރަންޓް ފަހަތުގައި ހުރި ޑަސްބިނަކުންނެވެ. ފުލުހުން ދަނީ މިއީ ގަސްތުގައި ހިންގާފައިވާ އަމަލެއްތޯ ބަލަމުންނެވެ.

މި ތުއްތު ކުއްޖާ ސަލާމަތްކޮށްފައިވަނީ އެސްޓޭޓްގެ ފަޔާ ޑިޕާޓުމެންޓަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގޮސް އެސަރަހައްދު ބެލި އޮފިސަރުން ތަކެކެވެ.

މި މައްސަލާގައި ފުލުހުން ވަނީ އެ ތުއްތު ކުއްޖާގެ މަންމައާއި ސުވާލުކޮށްފައެވެ. މިދިޔަ ހުކުރު ދުވަހު މިކުއްޖާ ފެނުނު އިރު އެ ސްޓޭޓްގެ ފިނި ހޫނުމިން ހުރީ 90 ފެރަހައިޓްގައި އެވެ.

މި ހާދިސާ އާއި ގުޅޭ އިތުރު މައުލޫމާތުތަކެއް ފުލުހުން ހާމަކޮށްފައި ނުވާއިރު ފުލުހުން ވަނީ އެކުއްޖާ އަދި އެއަންހެންމީހާއި ބެހޭ މައުލޫމާތުވެސް ހާމަ ކުރުމަށް ދެކޮޅު ހަދާފައެވެ.

އެމެރިކާގައި ނަހަލާލަށް ވިހާ ކުދިން އެބޯޓް ކުރަމުންދާއިރު އެމެރިކާގެ ޓެކްސަސްގައި ދާދި ފަހުން ވަނީ ކުޑަ ކުދިން ވަގަށް ނެގުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގައިފަ އެވެ. ފުލުހުން ބުނީ ކުޑަކުދިން ވަގަށް ނެގުމުގެ ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްޅޯ

    މިގައުމު މިހާލަތަށް ދިއުމަށް މަ ނޭދެން، މަވޯޓް މިފަހަރު އުމަރު ނަސީރަށް

    • ފޮނިބޮޑޭ

      ހެހެހެ ތިޔަވޯޓަކީ އުމަރަށް ލިބޭނެ ދެވަނަވޯޓު. އެނިމުނީ. ފުރަތަމަ ވޯޓަކީ ޚުދު އޭނަގެ ވޯޓް.

  2. ޙަލާލު

    އެނެރިކާގަވެސް އަދި ނަހަލާލަށް ދަރިން ހޯދާތަ؟؟ އަޑުއެހިތާ!!

  3. އަޙުމަދު ޙަމީދު

    ހަހަހަ. ވޯޓަކާ އުމަރު ނަސީރަކާ އަންނިޔަކާ މައުމޫނަކާ ޔާމީނަކާ ނި ކަބަރާ އޮތީ ކޮން ގުޅުމެއްބާ؟