ނިއުޒިލޭންޑުގެ ނޯތު އައިލޭންޑުގެ ސިޓީއެއް ކަމަށްވާ، ހެމިލްޓަންގައި މަރުވެފައި އޮއްވައި ފެނުނު އަންހެނެއްގެ މަރާއި ގުޅިގެން ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ.

އުމުރުން 28 އަހަރުގެ މި އަންހެން މީހާރު މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓުގެ ތެރެއިން ކަމުގައިވާއިރު، އޭނާ މަރުވީ ގުދުރަތީ މަރަކުން ނޫންކަން ޓެސްޓުތަކުން ހާމަވެއެވެ. އެހެން ނަމަވެސް އެކަމަށް ހެކިދޭ އެއްވެސް ކަމެއް ފެންނާން ނެތްއިރު، ހަށިގަނޑުންވެސް އަނިޔާގެ އެއްވެސް ނިޝާނެއް ފެންނާން ނެތުމުން އޭނާގެ މަރުގެ ހަޤީޤަތް ވަނީ ނޭނގުމެއްގެ ތެރޭގައެވެ.

ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މި އަންހެން މީހާގެ ފުރާނަ ނެތް ހަށިގަނޑު އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ފެނުނީ، އޭނާގެ އާއިލާގެ މެމްބަރަކަށެވެ. އެއާއިއެކު ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުން ފުލުހުން ވަނީ އެތަނަށް ގޮސް ތަހުޤީޤެއް ފަށާފައެވެ. މި ތަހުޤީޤަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާއިރު، އޭނާގެ ޕޯސްޓްމޯޓަމްގެ ނަތީޖާއިންވެސް މަރުގެ ހަޤީޤަތް ވަނީ ހޯދައ ނުގަނެވިފައެވެ. އޮފިޝަލުން ބުނެފައިވަނީ، އޭނާ މަރުވީ އަމިއްލައަށް ނޫންކަމުގައި އާއި އެއީ ގުދުރަތީ މަރެއް ނޫންކަން ޓެސްޓުތަކުން އެނގޭއިރު، އަނިޔާގެ ނިޝާނެއް ހަށިގަނޑުން ފެންނާން ނެތުމި ހައިރާން ކުރުވަނިވި ކަމެއް ކަމުގައެވެ.

މިކަމާއި ގުޅިގެން ތަހުޤީޤު ކުރިއަށް ނުގޮސް، ހެމިލްޓަންގެ އިދާރާތަކުން ފަހުން ވަނީ އެއީ ގުދުރަތީ މަރެއްކަމުގައި ނިންމައި އޭނާގެ ހަށިގަނޑު އާއިލާ އާއި ޙަވާލުކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެ އަންހެން މީހާގެ މަރުގެ ފަހަތުގައި ވަނީ ރޫހާނީ ކަމެއް ކަމަށެވެ. އަދި އަނެއް ބަޔަކު ބުނަމުންދަނީ، މިއީ ޓެކްނޮލޮޖީއަށް ގޮންޖަހާލެވޭ ފަދަ ގޮތަކަށް ރާވައިގެން ބަޔަކު ގަސްތުގައި ހިންގި ޖަރީމާއެއް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު