މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަކޮށްފިއެވެ.

ދަރިޔަކު ލިބެން އުޅޭކަން ލަމް ހާމަ ކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން-2 ގެ ހޯސްޓް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ލަމް އާއި އަހުމަދް މުއާޒް (ކުޑަ މުއާ) ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ލަމް އަށް ދަރިއަކު ލިބެން އުޅޭ ކަމުގެ ހަބަރު އިންސްޓަގްރާމް ޕޯސްޓް މެދުވެރިކޮށް އިއުލާން ކޮށްފައިވާއިރު، އޭނާ އާއްމުކޮށްފައިވާ ފޮޓޯއިން ފެނިގެންދަނީ "ދިމާވާހިތުން ކެތް ނުވޭ" މި ލިޔުމާއި އަލްޓްރަ ސްކޭންތަކެކެވެ. ބަނޑުބޮޑުކަން އެނގެން ހުރި މި ފޮޓޯ ހިއްސާ ކުރަމުން ކެޕްޝަންގައި ލަމް ލިޔެފައިވަނީ ކުޑަމުއާ އާއި ލަމް މިހުރީ ޓްރެވަލް ޓީމަށް އިތުރު ބައިވެރިޔަކު އަންނަން އުޅޭ ކަމުގެ ހަބަރު ދިނުމަށް ކެތްމަދު ވެފައިކަމަށެވެ.

 

View this post on Instagram

 

A post shared by Lamha Latheef (@lamha.latheef)

ލަމް އާއި ކުޑަ މުއާ އަކީ ގައުމުތަކަށް ދަތުރުކުރުމަށް ލޯބިކުރާ ދެމީހުންކަން ސޯޝިއަލް މީޑިއާ އެކައުންޓް ތަކުން ދޭހަ ކޮށްދެއެވެ. އެކި ގައުމުތަކަށް ދަތުރުކޮށް ސޯޝިއަލް މީޑިއާގައި ޗާލު އެތައް މަންޒަރެއް ފެނިގެންދާ ފޮޓޯތަކެއް ހިއްސާ ކޮށްފައިވެއެވެ.

"މި ތުއްތު ކުއްޖާ އަކީ މިހާރު ވެސް ލޯބި ލިބިފައިވާ، އަހަރެމެންނާއި އާއިލާއަށް އުފާވެރިކަން ގެނުވައިދިން ކުއްޖެއް" ފޮޓޯ ހިއްސާ ކުރަމުން ލަމް ބުނެފައިވެއެވެ.

ލަމް ބުނެފައި ވަނީ ހަޔާތުގެ މި ސަފްހާތަކުގެ ވާހަކަތައް ފޭނުންނާއި ހިއްސާ ކޮށްލަނީ އުފަލުން ކަމަށެވެ.

ދެމަފިރިންގެ އާއިލާގެ އިތުރުން ސަޕޯޓު ކުރާ މީހުންނާއި، ރައްޓެހިންނަށް ވެސް މި ހަބަރު ވެގެން ދިޔައީ އުފާވެރި ހަބަރަކަށެވެ. ފިލްމީ ދާއިރާގައި މަޝްހޫރު ފަންނާނުން ހިމެނޭހެން 400 އަށް ވުރެ ގިނަ މީހުން ލަމް އަށް އަލަތު ދަރިއަކު ލިބެން އުޅޭތީ މަރުހަބާ ކިޔާފައިވެއެވެ.

ލަމް އާއި ކުޑަ މުއާ ކައިވެނި ކޮށްފައިވަނީ ލޯބީގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ގުޅިގެން އުޅުމަށް ފަހުއެވެ. ދެމީހުން އެކުގައި މީގެ ކުރިން ލަވަ ވެސް ކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އުޅަކެ

    ޢެއީ ކޮންކުއްޖެއް ؟ 🙄

    28
    3
  2. Anonymous

    މަރްޙަބާ ދެކަނބަލުންނަށް. އެކަމަކު ބޭރުމީހުން އުޅޭހެން ނޫޅެބަލަ.
    މާޝާﷲ ކިޔާބަލަ. ﷲސުބްޙާނަހޫ ވަތަޢާލާ އެކިމީހުންނަށް ދެއްވަނީ އެކިނިޢްމަތްތައް.
    ޝުކުރުވެރިވެ ބަލަ. ވ. ބޮޑު އަމާނާތެއް ދަރިންނަކީ.

    53
    4
  3. ޕާޕަ ޕާޕާ

    މަޝްހޫރު ލަވަކިއުންތެރިއާ އެއްމެފަހަށް ލަވައެއް ކިއި ކޮން އަގަރަކު ؟

    35
    1
    • Anonymous

      އެއްވެސް ލަވައެއް ނުކިއާ ހަމައެކަނި އެހެން މީހުންގެ ލަވަ ހަމަ އެގޮތަށް ކިޔާފަހުރީ

      12
  4. ހަސަނު

    ހާދަ މަޝްއޫރޭދޯ ނުވެސް އެގުނުވީޔާ ތިކަންތައް.

    16
    3