ފިލްމް އިންޑަސްޓްރީގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ އަދި މިހާރު ނެށުމުގެ ދާއިރާގައި އެންމެ ފިޔަޖަހާ ސުނީތާ އަލީ (ސުނީ)ގެ އުފަންދުވަހު ދުނިޔޭގެ އެކި ހިސާބުތަކުން 17،000 އަށް ވުރެ ގިނަ މީހުން ތަހުނިޔާ ކިޔާފައިވެއެވެ.

އިއްޔެ އަކީ ސުނީ އަށް 44 އަހަރު ފުރުން އުފަންދުވަހެވެ. މީސްމީޑިއާ ޕްލެޓްފޯމް ތަކުގައި ގިނަ ބަޔަކު އުފަންދުވަހުގެ ތަހުނިޔާ މެސެޖުތައް ފޮނުވަމުން ދިޔައެވެ.

ރާއްޖޭގައި ހުރި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް އަށް އެންމެ ބޮޑަށް ތާއިދުކުރާ ސުނީއަށް ޕްރިޔަންކާ ވެސް ވަނީ އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ. ޕްރިޔަންކާ ސުނީއަށް ފޮނުވި މެސެޖު ޓްވިޓާގައި ހިއްސާ ކޮށްފައިވާއިރު، އެ މެސެޖުގައި ޕްރިޔަންކާ ބުނެފައިވަނީ ސުނީ އަށް އުފާވެރި އުފަންދުވަހަކަށް އެދޭ ކަމަށެވެ.

"އުފާވެރި އުފަންދުވަހަކަށް އެދެން ސުނީތާ! ކުރިޔަށް އޮތީ ތިބާއަށް ބާއްޖެވެރި އަހަރެއް ކަމުގައި ލައްވާށި. ޓޭކް ކެއާ" ޕްރިޔަންކާ ސުނީއަށް ފޮނުވި ވައިބާ މެސެޖުގައި ވަނީ މިހެންނެވެ.

އުފަން ދުވަހަށް ފަހު މިއަދު ޓްވިޓާގައި ހިއްސާ ކުރި ވީޑިއޯއެއްގައި ސުނީ ބުނެފައިވަނީ އޭނާއަށް ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ހިމެނޭހެން 17،000 އަށް ވުރެ ގިނަ މީހުން އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވާ ކަމަށެވެ. އޭނާގެ މީސް މީޑިއާ އެކައުންޓުތައް ބަލާލުމުން ވެސް ފެނިގެން ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މީހުން ސުނީއަށް ފޮނުވާފައިވާ ތަހުނިޔާގެ މެސެޖުތަކެވެ.

"ٱلْحَمْدُ لِلَّٰهِ‎، އުފަންދުވަހުގެ ތަހުނިޔާ ކިޔައިފި 17،000 އަށް ވުރެ ގިނަ މީހުން. އެހެންވީމަ އަޅުގަނޑު އަބަދުވެސް ބުނަނީ އަޅުގަނޑުގެ ހުރިހާ ހިތްވަރަކީ އަޅުގަނޑުގެ އާއިލާއާއި، ރައްޓެހިންނާއި، އަދި އަޅުގަނޑު ދެކެ ލޯބިވާ ސަޕޯޓަރުންނޭ. މިއީ އަހަންނަށް ލެއްވި ރަހުމަތެއް. ޝުކުރިޔާ އެންމެންނަށް" ސުނީ ޓްވިޓާގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ބުނެފައިވެއެވެ.

ސުނީތާއަކީ ރާއްޖެއިން ފާހަގަ ކޮށްލެވޭ މޮޅު، ހުނަރުވެރި ނެށުންތެރިއެކެވެ. ރާއްޖޭގައި ބާއްވާ އެކި އެކި ހަފްލާ ތަކުގައި ޑިމާންޑް ބޮޑު ފަންނާނުންގެެ ތެރޭގައި ސުނީ ފާހަގަ ކޮށްލެވެއެވެ. ހިތާނީ ޝޯވ އާއި އާ އަހަރުގެ ޝޯތަކާއި، އީދު ޝޯތައް ފަޅުފިލުވާލަން ސުނީ ވަރެއް ރާއްޖޭގައި ނެތް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    އުފަންދުވަސް ފާހަގަ ކުރުމަކީ ޣައިރު މުސްލިމުން ގެ ކަމެކޯ.
    މުސްލިމު ކަނބަލުން ގޮތަށް ހެދުން އަޅާލާ ރީތި ދިރިއުޅުމެއް ފަށާ ސުނީ ކަނބުލޯ. މަރުވުމަށްފަހު ސުވާލު ވެވޭނެ ހިސާބު ބެލެވި ޖަޒާވެސް ލިބޭނެ.
    މިއަދުގެ ޙާލަތަށް ބަލާއިރު ވެސް ހެޔޮ ޢަމަލު އިތުރުކުރަންވީ. ތިޔަ ތަހްނިޔާތައް ޤިޔާމަތް ދުވަހު ބޭނުމެއް ނުހިފޭނެ. ކުރާ ހެޔޮ ޢަމަލު އޮންނާނީ. ސުންނަތާއި އެއްގޮތަށް މުސްލިމުން އުޅެންވާނީ

    24
    3
  2. އަހަންމަދު

    ކަބުލޯ މަރުވާނެކަން އެގޭދޯ!
    މަރުވުމަށްފަހު ދެންވާނީ ކިހިނެއްތޯ
    ބަލާއޮޅުންފިލުވާލަބަލަ! އެދުވަހުން
    ތިޔަތަހުނިޔާކީމީހުންނަށް ކޮށްދެވޭނެ
    ކަމެއްއޮންނާނެތޯ ބަލާލާފަބޭއްވުންރަގަޅު!

    16
    2
  3. ރަބަރޭ

    ކޮބާ ސުނީ އުމުރުން 44 އަހަރު ވެގެން ދިޔައިރު ޒަވާޖީ ޙަޔާތެއް ފައްޓާފިއްތަ

    8
    2
  4. ﷲގެ އަޅާ

    ފެންނަ ފެނުމަށް ހީނުވޭ ރަހުމަތެއްހެން. ﷲ އެންގެވިގޮތާ ހިލާފަށް އުޅޭ މީހަކަށް މި ދުނިޔެ ލިބުމަކީ އާޙިރަތް ދުވަހު ލިބޭ ނިކަމެތި ކަމެއްކަމާ ވަރަށް ގާތް . ﷲ އަށް ބިރުވެތިވެ ތައުބާވޭ.
    ގިޔާމަތް ދުވަހު ޕްރިޔަންކާއެކީ ވާނެ މީހަކީ ހާ ދަ ނަސީބު ދެރަ ގަ ދަފަ ދަ ޢަޒާބު ލިބޭނެ މީހެކޭ.

    9
    4
  5. މުބީނު

    ސުނީ ވަރަށް ލޯބި ! އައްޔޯ ޝާ !

  6. ނޭޗަރ

    ސުނީ އަށް 48 ވެދާނެ! މަށަށް 45 ވެއްޖެ! އޭނަ މަށަށް ވުރެން ދޮށީވާނެ! އުމުރު ހަނގު ނުކޮށް ރީތި ކޮށް ހުރުން މުހިއްމީ