ދެކުނު ކޮރެޔާގެ ލަވަކިޔާ ބޭންޑެއް ކަމުގައިވާ ބެންގްޓަން ބޯއީސް ނުވަތަ ބީޓީއެސް، ބޭންޑު ވުޖޫދަށް އައިތާ މި އަހަރު 8 އަށް އަހަރު ފުރެނީއެވެ. 2013 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އުފެދުނު މި ބޭންޑަކީ މުޅި ދުނިޔެއަށް ވެސް ނަން މަޝްހޫރު ބޭންޑެކެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ބީޓީއެސްއަށް 8 އަހަރު ފުރުން ފާހަގަ ކުރުމަށް މާބޮޑު ކަންތައްތަކެއް ކުރެވެން ނެތް ނަމަވެސް ބީޓީއެސްގެ އާރމީއަށް (ބީޓީއެސްއަށް ސަޕޯޓުކުރާ މީހުންނަށް) ވަރަށް އުފާވެރި ޚަބަރެކެވެ. ބޮޑު އޯޑިއަންސަކާއި އެކު އިވެންޓެއް ބޭއްވެން ނެތް ނަމަވެސް އޮންލައިން ސްޓްރީމިން އިވެންޓެއް ބާއްވާ ގޮތަށް ބިގް ހިޓް އެންޓަޓެއިންމަންޓުން ވަނީ ނިންމާފައެވެ.

މި އަހަރުގެ ޖޫން 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އޮންލައިން އިވެންޓު ފަށާ ގަޑިއަކީ ދެކުނު ކޮރެޔާގެ ގަޑިން 6:30 ގައެވެ. ''ފިއެސްޓާ'' ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓަކީ އޮންލައިން ފޭން މީޓިންއެކެވެ.

''ވަރލްޑް ޓުއަ ވަރޝަން'' އެއް ގޮތަށް ބާއްވާ މި ހަފުލާއަކީ ބީޓީއެސްގެ ފަރާތުން މި އަހަރު ބާއްވާ އެންމެ ބޮޑު ހަފުލާއެވެ.

މި ހަފުލާގެ ހުޅުވުމުގެ ރަސްމިޔާތު އޮންނާނީ ޖޫން 2 ވަނަ ދުވަހުއެވެ. އެއަށްފަހު ޖޫން 14 ވަނަ ދުވަހާއި ހަމައަށް ދެމިގެންދާ މި ހަފުލާ ކުރިއަށް ދާނީ ކޮންމެ ދުވަހެއް ވެސް ވަކި ތީމެއްގެ ދަށުންނެވެ. ''ނިއު ޕްރޮފައިލް''، ''ކޮރެޔޯގުރަފީ ވީޑިއޯ''، ''އަރމީ ޕްރޮފައިލް''، ''ބައިސްކަލް އިވެންޓް''، ''ބީޓީއެސް ރޫމް ލައިވް'' ފަދަ ތީމުތަކުގެ ދަށުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. Armý

  💜💛

  18
  6
 2. ކޭ-ޕޯޕް ފޭން

  ޔެސް

  13
  4
 3. އާރްމީ

  ކާންޓް ވެއިޓް......... އައިމް ސޯ ސޯ އެކްސައިޓެޑް 💛💛💛💛

  15
  4
 4. މަރިޔަނބު

  އަހަރެމެންނަކާ ބެހޭ ކަމެއް ނޫން

  9
  15
  • ޔިއާ

   ނުބެހޭ ކަން އިނގޭ... އެހެން ވީމަ އެއްނުން މި އާޓިކަލް ކިޔާފަ ކޮމެންޓް ކުރަނީ.. އަދި އެބަ ބުނޭ... އޭ ލައިކް ނުވަންޔާ ސައިޒުގަ ހުރޭ

   13
   4
   • Bts

    👍

    4
    1
 5. ؟

  މީ އަންހެން ބައެއްތަ

  6
  13
  • TAETAE💜

   އެމީހުން އެއީ ފިރިހެނުން (ހޮޓް ބޯއިސްތަކެއް)😌. އެވަރުވެސް ނޭނގެނީތަ؟ ނޫނީ ނޭނގޭ ކަމަށް ހެދެނީތަ؟ ނޫނީ އެމީހުން ރީތިވެފައި ފޭމަސްވީމަ ޖޭ ވަނީތަ؟ އެހެންވިއްޔާ ބީޓީއެސް އާއި ނުބެހި ސައިޒުގައި ހުރޭ ޑޫޑް.

   8
   2
   • ލީން

    އަސްލުވެސް މި ޖޭވާ މީހުންނަށް ފެންނާނީ އެ ކުދިން އަންހެނުންގެ ސިފާގަ.....އެކަމަކު މި ރައްޖޭގެ ބައެއް ފިރިހެނުން ހަމަ ބޯވެސް ދިގުކޮށްފައިވެސް ހުރޭ .... ބޮލީވޫޑުގައިވެސް މޭކަޕް ވެސް ކުރޭ ލިޕްސްޓިކްވެސް ޖައްސާ އެކަމަކު އެމީހުން ކުރީމަ ހަމަ އޯކޭ ހަމަ އަޅުގަނޑުމެންގެ ބޭބިސްކޮޅުންތައް އެހެން ހުރީޔޭ ނޫނީ މިހެން ހޫރީޔޭކިޔާ ޖޭވަނީ 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • ހޮޓް ބޯއިސް

   ހޮޓް ބޯއިސް ތަކެކޯ
   ނިކަން އެމީހުންގެ މޫނަށް ބަލާލަބަލަ
   މުޅިމޫނުގަ.................................

   1
   1
   • TAETAE💜

    ތިޔަބޭފުޅާއަށް ހަޖަމް ނުކުރެވެނީ ދެއްތޯ؟ ހަހަ. ބަޓް ބުނެލަން އޮތީ ހަމަ އެއީ ވަރަށް ހޮޓް ބޯއިސް ތަކެކޭ.. އޮހޯ ކީކޭ ކިޔަން ތިއުޅެނީ؟ މޫނުގައި.. މޭކަޕޭ ދޯ ބުނަން ތިއުޅުނީ.. ޑޫޑް.. މޭކަޕް ހުރިކަންވެސް އިނގުނީ ބެލީމާނުން.. އެހެންނޫނަސް އެމީހުން މޭކަޕްކުރިއަސް އެއީ ކަލެއާއި ބެހޭކަމެއް ނޫން.. މޭކަޕް ނުކުރިޔަސް ކުރިޔަސް މަށަށް އެމީހުން ރީތި..އަދި އެހެން އާރމީސްއަށްވެސް ރީތި ވާނެ. ޔޭސް ލީން ޑިއަރ ހަމަ ތެދެއް ތިބުނީ.. އިންޑިއާ މީހުން އަތުގެ ކުލައާއި މޫނުގެ ކުލައާއި ނުގުޅުނަސް އޯކޭއި އެކަމް ހަމަ ކޮރެއާ ވީމަ.. ހަޖަމް ނުވަނީ.. އެމީހުން ރީތިވީމަ.. ފޭމަސްވީމަ.. ޖޭވަނީ..

 6. TAETAE💜

  Ikt. CAN'T WAIT 💜💜💜

  7
  2
 7. ރީޝާ

  ވަރަށް ސަޅި🥰 (◍•ᴗ•◍)❤

  6
  3
 8. Army for ever

  ޔެސް ޔެސް އައި ކާންޓް ވެއިޓް 😇💜💜🖤🖤

  3
  2