ފެންވެރުމަކީ ސާފުތާހިރުވުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭ ކަމެވެ. މިކަމަކީ ބައެއް މީހުން ވަރަށް ގިނައިރުވާ ކަމެއް ނަމަވެސް ބައެއް މީހުންނަށް މިއީ ކުޑަ ވަގުތު ކޮޅެއްގެ ކަމެކެވެ.

ފާހާނާއަށް ފެންވަރަށް ވަނުމަށްފަހު އެންމެ ގިނަވެގެން ވެސް ގަޑިއެއް ހާއިރު ނުވަތަ ދެ ގަޑިއެއްހާ އިރު ހޭދަވެދާނެއެވެ. ނަމަވެސް 16 ގަޑިއިރު ފެންވެރުމުގައި މީހަކު ހޭދަ ކޮށްފާނެ ގަބޫލު ކުރުމަކީ އުދަނގޫ ކަމަކެވެ.

ޑަނަލީ ނަކަމަށް ކިޔާ ޓިކްޓިކް ތަރިއެއް އޭނާގެ މޭލިބޮއެފައިވާ ފައިގެ ފޮޓޯއެއް މީސް މީޑިޔާގައި ހިއްސާކޮށް ބުނެފައިވަނީ، މިއީ ނޭނގި 16 ގަޑިއިރުވަންދެން ފެންވެރުމުގައި ހޭދަކުރުމުން ފަޔަށް ވެފައި އޮތް ގޮތް ކަމަށެވެ.

އަދި އޭނާ ވަނީ ފައި ރަނގަޅު ވާނެ ގޮތެއް ވީ އެންމެ އަވަހަކަށް ބުނެދިނުމަށް އެދިފައިވެއެވެ.

މި ފޮޓޯއާއި އެކު ހިތުގައި އެތައް ސުވާލުތަކެއް އުފެދިފައިވާ އޭނާގެ ފޮލޯވަރުންނާއި ސަޕޯޓަރުން ދަނީ އެ ސުވާލުތައް އޭނާއާއި ކުރަމުންނެވެ.

އެގޮތުން 16 ގަޑިއިރު ވަންދެން ފެންވެރުން އެއީ ކިހިނެއް ވާނެ ކަމެއްތޯ އާއި އެހާ ގިނައިރު ވަންދެން ޓަބްގައި އޮތް އިރު ފެންގަނޑު ތެރެއަށް ނުދޭތޯ ސުވާލު ކޮށްފައި ވެއެވެ. އަދި 30 ނުވަތަ 40 މިނިޓް ތެރޭގައި ފެން ވަރަށް ފިނިވާނެ ކަމަށާއި ނަމަވެސް އެތަނުގައި އެހާއިރު ވަންދެން އޮތީ ކީއްވެތޯ ސުވާލު ކޮށްފައިވެއެވެ.

އެ ޓިކްޓޮކް ބެލި އަދި ކޮމެންޓް ކުރި އެއްވެސް ސުވާލަކަށް ޑަނަލީ ޖަވާބު ދީފައެއް ނުވެއެވެ. ގިނަ ބަޔަކު ދަނީ ޑަނަލީގެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ.

ހިތުގައި އެތައް ސުވާލެއް އުފެދިފައިވީ ނަމަވެސް ޑަނަލީގެ ފައި ކުރިން ހުރި ގޮތަށް ވުމަށް އެދޭ ކަމަށް ގިނަ ފަރާތްތަކަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕަރީ

    މާ ކަންތަށް ބޮޑު ނުކޮށް ރަނގަޅު މޮއިސްޗަރައިޒިންގް ލޯޝަނެއް އުނގުޅާ

    19
    1
    • މީހާ

      އާނ ދޯ. ޙަހަހަހަހަ.

  2. ނުރަބޯ

    ތިޔައީ އަހަރެމެން ދިވެހިންނަށް އާކަމެއް ނޫން.