އެޗްބީއޯއިން ގެނެސްދޭ ޓީވީ ސީރީޒްއެއް ކަމަށްވާ "ގޭމްސް އޮފް ތްރޯންސް" ގައި ޓައިރިއޮން ލެނިސްޓާގެ ރޯލުން ފެނިގެންދާ އިނގިރޭސި އެކްޓަރު ޕީޓާ ޑިންކަލޭޖް މުޅި ދުނިޔެއަށް ވަރަށް ހާއްސަ މެސެޖެއް ދީފިއެވެ.

ޖެނެޓިކް މައްސަލައެްްގެ ސަބަބުން ގްރޯތް ޑިސްއޯޑާ ޖެހިފައި ހުރި ޓައިރިއޮން ލެނިސްޓާ އަކީ ވަޒީފާއެއް ލިބުމުގައި އެތަކެއް ތަކްލީފުތަކެއް އުފުލާފައުވާ ތަރިއެކެވެ.

އެންމެ އާދައިގެ ކެފޭއެއްގައި ވެއިޓަރެއްގެ މަގާމުގައި ކުޑަ މުސާރައެއްގައި އުޅުނު ޕީޓާ އަކީ އަބަދުވެސް ފިލްމު ކުޅުމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. ނަމަވެސް އޭނާގެ އިސްކޮޅު އާދަޔާއި ޚިލާފަށް ކުޑަވުމުން ގިނަ ޕްރޮޑިޔުސަރުން އޭނާގެ ހުށަހެޅުންތަކަށް އިންކާރު ކުރިއެވެ.

ޕީޓާ ފިލްމީ ދުނިޔެއަށް ލޯ ހުޅުވިގެން ދިޔައީ މަޝްހޫރު ޓީވީ ސީރީޒް" ގޭމްސް އޮފް ތްރޯންސް" އިން އޭނާއަށް ޖާގައެއް ލިބުމުންނެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފައި ޕީޓާ ވަނީ އެ ސީރީޒްގައި އޭނާގެ ހުނަރު ކިތަންމެ ރަނގަޅަކަށްވެސް ދައްކައިފައެވެ.

އިނގިރޭސި މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕީޓާ ބުނެފައިވަނީ ކާމިޔާބީ އަކީ މަސައްކަތްތެރިންގެ ހައްގެއް ކަމަށާއި ކިތަންމެ ވަރަކަށް ނާކާމިޔާބު ވިޔަސް ހިތްވަރު އެލުވާ ނުލުމަށެވެ.

"ކާމިޔާބީ އަކީ ހިއްވަރު ކުރާ މީހުންގެ ހައްގެއް. ދިރިއުޅުމުގައި އެތަކެއް ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހޭނެ. އަދި އެކަންކަމުން އިބުރަތް ހާސިލްކޮށް ކުރިއަށް ދިޔުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް. އަދި މީހުން ކުރާ މަލާމާތަށް ވިސްނައިގެން ކާމިޔާބީއެއް ނުލިބޭނެ،" ޕީޓާ ބުނެފައިވެއެވެ.

ޕީޓާ އިތުރަށް ބުނި ގޮތުގައި އޭނާ ފިލްމީ ދުނިޔެއަށް ވަދެވުނީ އެކަމަށް މަސައްކަތް ކުރާތާ 19 އަހަރު ފަހުން ކަމުގައެވެ.