ފަލަސްތީންގެ ދިފާއުގައި ކުރިއަށް ގެންދާ ފޭސްބުކް ޕޭޖްތަކާއި، ފަލަސްތީންގެ ދިފާއުގައި ވާހަކަދައްކާ މީހުން ފޭސްބުކުން ބޭރު ކުރަމުން ގެންދާނީ ފޭސްބުކްގެ މަގުބޫލްކަން މެދުއިރުމަތީގެ ގައުމުތަކުގައި ދަށަށް ގޮސް އެކަމުގެ ސަބަބުން އެކުންފުނީގެ އާމްދަނީއަށް އަސަރު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ފަލަސްތީނާއި މެދު ފޭސްބުކް އިން ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ މެދުއިރުމަތީގެ ބައެއް ކުންފުނިތަކުން މިހާރު ވެސް ވަނީ ފޭސްބުކްގައި އިސްތިހާރު ކުރުން ހުއްޓާލާފައެވެ. ފޭސްބުކް އަށް އާމްދަނީ ލިބެނީ ވެބްސައިޓްގައި އެކި ފަރާތްތަކުން ކުރާ އިސްތިހާރުންނެވެ.

މެދުއިރުމަތީގެ ކުންފުނިތަކުން ފޭސްބުކްގައި އިސްތިހާރު ކުރުން ހުއްޓާލުމުން، ނުވަތަ އިސްތިހާރު ކުރާ މިންވަރު މަދުކުރަން ފަށައިފިނަމަ އެކަމުގެ ސަބަބުން ބޮޑު މާލީ ގެއްލުމަކާއި ފޭސްބުކްއަށް ކުރިމަތިވެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންސްޓަގްރާމްގައި އިސްތިހާރު ކުރާ މެދުއިރުމަތީގެ ކުންފުނިތަކުގެ އަދަދު ވެސް މިހާރު އަންނަނީ މަދުވަމުންނެވެ. އިންސްޓަގްރާމް އާއި ވަޓްސްއެޕް އަކީ ވެސް ފޭސްބުކްގެ ދަށުން ހިންގަމުން އަންނަ ދެ އެޕްލިކޭޝަނެކެވެ. ފަލަސްތީނަށް ތާއިދު ކޮށްފައި ހުންނަ ބައެއް ހޭޝްޓެގްތައް އިންސްޓަގްރާމް އިން ވެސް ބްލޮކް ކޮށްފައި ވެއެވެ. އަދި ވަޓްސްއެޕް އިން ވަނީ ފަލަސްތީންގެ ބައެއް އެކްޓިވިސްޓުންގެ ނަމްބަރުތައް ބްލޮކް ކޮށްފައެވެ.

ފޭސްބުކްއަށް މިހާރު ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއިއެކު އެޕް ސްޓޯރާއި، ގޫގްލް ޕްލޭގައި ފޭސްބުކްގެ ރޭޓިން ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ ކުރިން 5 ތަރިއާއި 4 ތަރި ލިބިފައިވާ އެޕްލިކޭޝަންގެ ރޭޓިން ވަނީ ދެތަރިއަށް ދަށަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާކް

    ޓެރަރިޒަމް ސްޕޮންސާ ކުރުމަށްވުރެ ރަނގަޅު އާމްދަނީ ދައްވިޔަސް

    11
    65
    • ހިތުން ކޫލް މާކް

      ލާދީނީ ލާދީނީ ލާދީނީ

      26
      2
    • ބާކް

      ބިންތައް ފޭރިގަނެގެން ތިބެ ކޮން ޓެރަރިޒަމެކޭ ކިޔާކަށް؟ ފުރަތަމަ ހުފާފަ ހުރި ބިންތަކުން ފައިބާ. ޔޫއެން އިންވެސް އަންގަނީ އިސްރާއީލުން އާބާދު ކުރަމުން އެދްނީ ހިފާފައިވާ ބިމެއްގައި ކަން. އެހެން ބައެއްގެ ބިމަކަށް ހަނގުރާމަ ކޮށް ވެރިވެ ގަތުމަށް ވުރެ ބޮޑު ޓެރަރިޒަމުގެ އަމަލެއް ކޮބާ؟ ކަލޭ ތިބުނަނީ ގެދޮރުން ބޭރުކުރަމުން މިހާރުވެސް ދާއިރު މަޑުން ތިބޭށޭ؟ ކެކެ. އެމެރިކާއިން ތި ޓެރަރިޒަމްގައި ކަލޭ ބައިވެރިކޮށް ޕްރޮމޯޓް ކުރަން ކިހާވަރެެއް ދޭ؟ ޓެރަރިޒަމްގެ ލާރި ބޭނުން ކުރަމުންދާތީ ދައްކަން ޖެހޭހާ ވާހަކަ ދޯތީ؟

      22
      1
    • ޖިންނި

      ކަލޭ އެންމެ ބޮޑު ޓެރަރިސަޓަކީ ހޭބައްޔާާ ކުޑަކު ދިން މަރަން ހިތްވަރުތި ދނީ

      20
      1
    • މާކް ކޮއްކޮ

      ކަލެއަށް އިނގޭތަ ޓެރަރިޒަމް އަކީ ކޮބައިކަމެއް ؟ ކަލޭމެންގެ ވިސްނުމުގަ ވަގުކަލޭގެ ކަލޭމެން ގެޔަށްވަދެ ހުރިހާ އަގުބޮޑެތި ސާމާނުކޮޅެއް ލޫޓްވާލައިގެން ގެންދިޔައިމަ އެ ހުރިހާ ސާމާނެއް ހޯދަން ފުލުހަށް ގުޅާ އެމައްސަލަ ރިޕޯރޓްކުރުންވެސްވަނީ ޓެރަރިސްޓް ޢަމަލަކަށް

      18
      1
  2. #*%-%*

    އަޅުގަނޑަށް ފެންނަނީ ތަޅާނެ ކުދިންކޮޅެއް ހޯދައިގެން ތަޅަން

    11
    3
  3. ދަރަނި ދަންތުރަ

    ހުރިހާ މުސްލިމުން ފޭސްބުކު ބޮއިކޮޓު ކޮށްލާ އޭރުން ރާކަނިމަސް ކެވިދާނެ ތިޔަ މީހަޔަށް

    21
    1