އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ކެރީ ސައިމަންޑްސް ކައިވެނި ކޮށްފިއެވެ.

ބޮރިސް ޖޯންސަން، 55، އާއި ކެރީ ސައިމަންޑްސް، 33، ކައިވެނި ކޮށްފައިވަނީ ކުޑަ ހަލްފާއެއް ބާއްވައި ވެސްޓްމިނިސްޓަރ ކެތެޑްރަލްގައި އިއްޔެ އެވެ.

ރިޕޯޓުތައް ބުނާގޮތުން މި ދެމަފިރިން ވަނީ 'ސޭވް ދި ޑޭޓް' ކާޑް އާއިލާ މީހުންނާއި ރައްޓެހިންނަށް ފޮނުވާފައެވެ. އެ ކާޑުގައި ބުނެފައިވަނީ 30 ޖުލައި އަށް އެއްވެސް ހަފްލާއެއް ތައްޔާރު ނުކޮށް، އެންމެން ވެސް ހުސްވެގެން ތިބުމަށެވެ.

ދެ ލޯބިވެރިން އެންގޭޖް ވެފައިވަނީ މަސްޓިކް އައިލެންޑުގައި 2019 ވަނަ އަހަރުއެވެ. ރިޕޯޓުތައް ބުނާގޮތުން މިހާރު ދެމީހުންނަށް ލިބިފައިވާ ކުއްޖާ، ވިލްފްރެޑްގެ އުމުރަކީ އެއް އަހަރެެވެ.

ސައިމަންޑްސް އާއި ކުރި ކައިވެންޏަކީ ޖޯންސަންގެ ތިންވަނަ ކައިވެންޏެވެ.

ސަންގައި ރިޕޯޓު ކޮށްފައިވާ ގޮތުން ކައިވެނީގެ ހަފްލާގައި ކައިވެންޏާއި ގުޅިގެން ނަސޭހަތްދީ ހަފްލާ ކުރިޔަށް ގެންގޮސްފައިވަނީ ޑޭނިއަލް ހަމްފްރޭސްއެވެ.

ހަފްލާގައި ސައިމަންޑްސް ލައިގެން ހުރީ ހުދު ކުލައިގެ ދިގު ހެދުމެއް ކަމަށް ސަންގައި ރިޕޯޓު ކޮށްފައިވެއެވެ. އިންގްލޭންޑުގައި ބޭއްވުނު ކައިވެނީގެ ހަފްލާއަކީ ކޮވިޑުން ރައްކާތެރި ވުމަށް އަޅާފައިވާ ގަވާއިދުތަކަށް ބެލުމަށް ފަހު، ގަވާއިދުގެ ހަމަތަކާއި އެއްގޮތަށް ކުރިޔަށް ގެންގޮސްފައިވާ ހަފްލާއެކެވެ. އެގޮތުން، ހަފްލާގައި ބައިވެރި ވެފައިވަނީ 30 މީހުންނެވެ.

އިނގިރޭސި ބޮޑުވަޒީރު ކައިވެނި ކުރުމާއި އެކު ކެބިނެޓުގެ މިނިސްޓަރުން ވެސް ވަނީ މަރުހަބާ ކިޔާފައެެވެ.

ޖޯންސަންގެ ފުރަތަމަ ކައިވެނި ކޮށްފައިވަނީ 1987 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް ފަހު 1993 ވަނަ އަހަރު އިތުރު ކައިވެންޏެއް ކޮށް 2018 ވަނަ އަހަރު ކައިވެނި ރޫޅާލައިފައިވެއެވެ. އޭރު 2 އަންހެން ކުދިންނާއި 2 ފިރިހެން ކުދިން ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑު ވަޒީރު އެކްސް

    ދެން އެންމެން އަތް ޖަހާ 🙄🙄🙄🙄🙄🙄🙄🙄🙄

    16
    5
  2. އަހު

    ކީއްކުރަން ކުރާ ކައިވެންޏެއްތަ ކަލޭމެން. ކައިވެނި ކުރުމުގެ ކުރިން ދަރިންލިބި ހުރިހާކަމެއްވެސް ވަނީ ނިފައެއްނު.

    10
    3
    • އަމީތާބް

      އޭރުންނެއްނު ދަރިން ނުލިބޭ މީހަކާ ކައިވެނި ނުކުރެވޭނީ..ލޮލް

      8
      2