ބިމުގެ އަޑީގައި ދިރިހުރެ ވަޅުލެވިގެން އޮންނާން ބޭނުންވާނީ ވަކި ކާކު ހެއްޔެވެ. އެހެނަސް މިއީ ބައެއް މީހުން ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. އެއްބަޔަކު އެކަމުގެ ތަޖުރިބާކޮށްލުމުގެ ބޭނުމުގައެވެ. އަނެއް ބަޔަކު މީހުންގެ ސަމާލުކަން ދަމައިގަތުމަށްޓަކައެވެ. މިއީވެސް އެގޮތުން ހިނގި އެފަދަ ހާދިސާއެކެވެ.

އުމުުރުން 73 އަހަރުގެ މައިކް ޕާރް ނަމަކަށް ކިޔާ އޮސްޓްރޭލިއާއަށް ނިސްބަތްވ މި މީހާ ވަޅުލެވިގެން ދަގަނޑު ކޮންޓެއިނަރ އެއްގެ ތެރޭގައި އޮތީ، ބަޔަކަށް ޚާއްސަކުރި ޓްރިބިއުޓެއްގެ ގޮތުގައެވެ. އޭނާ ވަނީ ކާރޫބާރު ބޮޑު މަގެއްގެ މެދުގައި ވަޅުލެވިގެން މިގޮތުގައި ގިނައިރުތަކެއް ހޭދަކޮށްފައެވެ.

މައިކް އަކީ އާޓިސްޓެކެވެެ. 1.7 މީޓަރުގެ ބޮޑު ކޮންޓެއިނަރެއްގެ ތެރޭގައި އޭނާ ވަނީ ތިން ދުވަސް ހޭދަކޮށްފައެވެ. އޭގެ މިހައި ގިނަ ވަގުތު ހޭދަކުރުމަށް އޭނާ ވަނީ އޮކްސިޖަން ޕަމްޕެއްވެސް ބޭނުންކޮށްފައެވެ. އަދި ކާނާ އާއި ހާއްސަ އެނދަކާއި އެނޫންވެސް ޒަރޫރީ ބޭނުންތައް ކުރެވޭނެ ގޮތް އޭގެ ތެރޭގައި އޭނާ ހުރީ ޤާއިމްކޮށްފައެވެ. މައިކް ކޮންޓެއިނަރުގެ ތެރޭގައި އިނދެގެން ކުރެހުމުގެ މަސައްކަތްވެސް ކުރިއެވެ.

އޭނާގެ މަސައްކަތް ނިންމާލުމަށްފަހު އޭގެތެރެއިން ނިކުތީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއީ ވެހިކަލެއް ބޭނުންކޮށްގެން އެ ކޮންޓެއިނަރު ވަޅުލާވައިވީ ދިމާލުން އަޅާފައި ހުރި ތާރުގަނޑުވެސް ކަފާލައިގެންނެވެ. އެ ތާރުގަނޑު ނެގުމުން އޭނާ އެ ފޮށި ތެރެއިން ހަރުގަނޑެއްގައި ނުކުންނަ މަންޒަރު ފެންނަ ފޮޓޯއެއްވެސް މިހާރު މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

އެވަގުތަކީ ވާރޭވެހުނު ވަގުތެއް ނަަމަވެސް އޭނާ ނުކުތް މަންޒަރު ބަލަން ގިނަ ބަޔަކު ތިއްބެވެ. މައިކް ބުނެފައިވަނީ، އޭނާ ކުރި ތަފާތު ކަމެއްގެ ސަބަބުން ޓްރިބިއުޓް ކާބިޔާބު ކަމަށެވެ. އަދި އޭނާ ބޭނުންވި ކަންތައް ހާސިލް ވެފައިވާ ކަމަށް މައިކް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު