ބޮލީވުޑުގެ ފިލުމުތަކަކީ ގިނަ ދިވެހިންނަށް ވަރަށް ކަމުދާ އަދި ވަރަށް ފޯރިއާއި އެކު ބަލަމުން އަންނަ ފިލުމުތަކަކެވެ. މި ފިލުމުތަކުގެ ތެރެއިން 1990ގެ އަހަރުތަކުގެ ފިލުމުތަކަކީ މިހާރުގެ ފިލުމުތަކަށް ވުރެ ވެސް ކަމުދާ ފިލުމުތަކެއް ކަމަށް ގިނަ ފަރާތްތަކަކުން ބުނެއެވެ.

1990 ފިލުމުތަކުގެ ތެރެއިން މިއަދާއި ހަމައަށް ވެސް ފަނޑުވުމެއްނެތް 10 ފިލުމަކީ:

ޖަބް ޕިޔާރު ކިސީސޭ ހޯތާހޭ

ސޫރަޖުއާއި ކޯމަލްގެ ރޯލުން ސަލްމާން ޚާނާއި ޓުވިންކަލް ކަންނާ ފެނިގެން ދިޔަ މި ފިލުމަކީ ރީތި ވާހަކައަކަށް ތައްޔާރު ކޮށްފައިވާ ފިލުމެކެވެ. މި ފިލުމުގެ ލަވަތައް ވެސް އެހާމެ ރީއްޗެވެ.

ރަންގީލާ

އާމިރު ޚާނާއި އުރުމިލާ އަދި ޖެކީ ޝްރޯފް ފެނިގެން ދިޔަ މި ފިލުމަކީ ރީތި ލަވަތަކެއް ހިމެނޭ މިޔުޒިކަލް ފިލުމެކެވެ.

ދިލް

ހެއްވާ، މަޖާ، ހިތާމަވެރި އަދި ލޯބީގެ މި ފިލުމުން ފެނިގެން ގޮސްފައިވަނީ އާމިރު ޚާނާއި މާދޫރީއެވެ. މި ފިލުމުގެ ލަވަތަކަކީ ވެސް މިއަދާއި ހަމައަށް ގިނަ ބަޔަކު އަޑުއަހާ ލަވަތަކެކެވެ.

އިޝްޤް

ލޯބީގެ ރީތި ވާހަކައަށް ކުޅެފައިވާ ހެއްވާ މަޖާ އަދި ހިތާމަ ދައްކުވައިދޭ މި ފިލުމު ކުޅެފައިވަނީ އަޖޭ ދޭވްގަންއާއި ކާޖޮލްއެވެ. އަދި އާމިރު ޚާނާއި ޖޫހީ ޗަވްލާއެވެ.

ހަމް

90 އިގެ ގަދަ އެކްޝަން ފިލުމެއް ބަލާލަން ބޭނުންނަމަ އަމީތާބާއި ގޯވިންދާ އަދި ރަޖްނީކާންތުގެ މި ފިލުމަކީ އެންމެ ރަނގަޅު ހޮވުމެވެ.

ޖޯ ޖީތާ ވޮހީ ސިކަންދަރު

ކޮލެޖުގެ ކަންތައްތައް ދައްކުވައިދޭ މި ފިލުމަކީ ޕޫޖާ ބޭޑީގެ ފުރަތަމަ ފިލުމެވެ. މީގެއިތުރުން އާމިރު ޚާނަކީ މި ފިލުމުގެ ލީޑެވެ.

އަނާރީ

ޑަގްބަޓި ވެންކަޓޭޝްއާއި ކަރިޝްމާ ކަޕޫރު ކުޅެފައިވާ މި ފިލުމަކީ އަދި ވެސް އެތައް ބަޔަކު ޝައުގުވެރިކަމާއި އެކު ބަލައި ފިލުމެކެވެ.

ދާމިނީ

މިނާކްޝީ ސެޝާދްރީ، ސަނީ ޑިއޯލް، ރިޝީ ކަޕޫރު އަދި އަމްރިޝް ޕޫރީ މި ފިލުމުގައި ދައްކުވައިދީފައިވަނީ އަދުލު އިންސާފު ހޯދުމަށް ކުރާ މަސައްކަތެވެ.

ކުޗް ކުޗް ހޯތާ ހޭ

ޝާހުރުކް ޚާނާއި ކާޖޮލްއާއި ރާނީ މުކަރުޖީ އަދި ސަލްމާން ޚާން ކުޅެފައިވާ މި ފިލުމަކީ މިއަދު ވެސް ގިނަ ބަޔަކަށް އެންމެ ކަމުދާ ފިލުމެވެ.

ހަމް ސާތު ސާތު ހޭ

އާއިލީ ލޯބި ދައްކުވައިދޭ މި ފިލުމަކީ ބަލައި ފޫހިނުވާ އެހާމެ ރީތި ލަވަތަކެއް ހިމެނޭ ފިލުމެކެެވެ.

1990ގެ އަހަރުތަކުގެ ފިލުމުތަކުގެ ލަވަތަކަކީ އެ ފިލުމުތަކުގައި ބޮޑު ދައުރެއް އަދާަ ކުރާ އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިބިލީސް

    އަހަ ތި ލިސްޓްގަ އެންމެ ކުރީގައި އޮންނަން ޖެހޭ ފިލްމެއް ނެތެއްނު. ދިލަވާލޭ ދުލަހަނިޔާ ލޭޖައެގޭ. އެ ފިލްމު ނުލާ ތިހެންހަދާ ލިސްޓެއް ފުރިހަމައެއް ނުވޭ

    11
    1
    • ރަނާ

      އަދި ހަމް އާޕްކޭ ހޭން ކޯން ވެސް ހިމަނަންޖެ ހޭ
      މީ ކާކު ހެދި ލިސްޓެއްބާ

  2. ސުހާނީ

    ސާޖަން، ހަމް އާޕް ކޭ ހެ ކޯން، ޑަރާރް، ބާޒީގަރް، އަގްނީ ސާކްޝީ، ދީވާނާ ، ކުޗްކުޗް ހޯތާހޭ ، މިހެން ގޮސް ބައިވަރު ... އެންމެ 10 މާ މަދު

    • Anonymous

      ޑަރު ވެސް، ދަސްތަކް ވެސް ދޯ!

  3. ނިޔާ

    ކޮބާ ޝޯލޭ ތިލިސްޓުން؟؟؟

  4. އަލިފު ދާލު

    އެއްޗެއް ލިޔެލީ ދޯ ދެން ކަމެއްނެތީމަ.