އިންޑިއާގެ ޓެލެންގަނާ ސްޓޭޓްގެ ކުޑަ އަވަށެއްގައި ބޭއްވި ކައިވެނީގެ ހަފްލާއަކުން ކޮވިޑް-19 ފެތުރި ބޮޑު އިހަލެއް އުފެދިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކައިވެނީގެ ހަފްލާއަށް ދިޔަ 100 އެއްހާ މީހުން މިހާރު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ނިއުސް18 އިން ބުނެފައިވާގޮތުގައި، އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވި 100 މީހުންގެ ތެރެއިން މިހާރު ހަތަރު މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ކައިވެނި ކުރި އަންހެން މީހާގެ ބައްޕަވެސް ހިމެނެއެވެ.

އަދި ކައިވެނި ކުރި އަންހެން މީހާއާއި ފިރިހެން މީހާވެސް ކޮވިޑަށް ފައްސިވެ އާއިލާއެކު މިހާރު ވަނީ އެކަހެރިވެފައެވެ.

މި އިވެންޓް ބޭއްވި ކަން ކަމާއި ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް އައީ، އެ ހަފްލާއަށް ދިޔަ މީހަކު ބަލީގެ އަލާމަތްތައް ފެނިގެން ހެދި ޓެސްޓަކުން ކޮވިޑަށް ފައްސިވުމުން، އޭނާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ފެށި ހިސާބުންނެވެ.

އެ ސްޓޭޓްގައި ކަނޑައަޅާފައިވާ ޕްރޮޓޮކޯލްގައިވާގޮތުން، ހަފްލާތައް ބޭއްވެނީ 40 މީހުން އެ ހަފްލާއަށް ހާޒިރުވާ ގޮތަށެވެ. އެހެން ނަމަވެެސް އެ ކައިވެނީގެ ހަފްލައަށް 250 ގެސްޓުން ދިޔައެވެ.

އަދި އެ އިވެންޓްގައި އެއްވެސް މީހަކު މާސްކް އަޅާފައި ނުވާ ކަމަށާއި، އަދި ގައިދުރުކަންވެސް ބަހައްޓާފައިނުވާ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.

އެ ވިލޭޖްގައި ކޮވިޑް ފެތުރުނަ ނުދޭންވެގެން ސިއްހީ ސާމާނުތައް ހަދިޔާ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިންޑިޔާގެ މުސްލިމުންނަން ގެރިމޯދީ ކުރާ އަނިޔާގެ ހިތިރަހަ ގެރިމޯދީ ކަރުތެރޭގައި މިފަހަރުލާނެ ، މޯދީ އަކީ އިސްލާމު ދީނުގެ އަދުއްވެއް އޭނަޔަށް ހަލާކުހުރި ....

    21