އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މީގެ ކުރިން ވެވަޑައިގެންފައިވާ ވައުދެއް ހަނދާން ކޮށްދިނުމަށްޓަކައި މީހަކު 1350 ކިލޯމީޓަރަށް ހިނގައިފި އެވެ.

މުކްތިކާންތް ބިޝްވާލް ނަމަކަށް ކިޔާ އެމީހާ މިހައި ދިގު ރާސްތާއަކަށް ހިނގާފައި ވަނީ މޯދީ އާއި ބައްދަލުކުރުމަށްޓަކައެވެ. މި ބައްދަލުވުމަށްޓަކައި އޭނާ ފައި މަގުގައި ދަތުރު ފެށީ އޭނާ ދިރިއުޅޭ ދިއްލީގެ ވެރިރަށް އޮރިސްކާ އިން ފެށިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ މި ދަތުރު ފަށާފައިވަނީ ވަނީ 16 އެޕްރީލްވާ ހޮނިހިރު ދުވަހު އެވެ. މި ދަތުރުގެ މަތީން، މަގުމަތީގައި އޭނާގެ ހާލު ދެރަވެގެން ހޮސްޕިޓަލެއްގައި އެޑްމިޓްވެސް ކޮށްފައި ވެއެވެ.

ބީބީސީއަށް މައުލޫމާތުދެމުން ބިޝްވާލް ބުނީ އޭނާ މޯދީ އާއި ބައްދަލުކުރަން ބޭނުންވަނީ 2015 ވަނަ އަހަރު، ބޮޑުވަޒީރު އޭނާ ނިސްބަތްވާ އަވަށަށް ވަޑައިގެން ވެ ވަޑައިގެންނެވި ވައުދު އައިވެސް ފުރިހަމަވެފައި ނުވާތީ އެ ވައުދު ހަނދާންކޮށްދިނުމަށް ކަމަށެވެ. އެ ވައުދަކީ އޭނާ ދިރިއުޅޭ ހިސާބުގައި ހުންނަ އިސްޕަތް ޖެނެރަލް ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް މަރާމާތުކުރުން ކަމުގައި ބިޝްވާލް ބުނެފައި ވެއެވެ.

މޯދީ ވެވަޑައިގެންނެވި މި ވަޢުދަށް މިހާރު ތިން އަހަރު ވެފައިވާއިރު ބިޝްވާލް މިކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށް ބޮޑުވަޒީރާއި ބައްދަލުކުރުމަށް ނިންމީ އެ ހޮސްޕިޓަލުގައި ފަރުވާ ނުދެވި ގިނަ ބަޔަކު މަރުވަމުންދާތީ ކަމަށް އޭނާ ބުނެފައި ވެއެވެ.

ހިނގާފައި ފެށި މި ދަތުރަށްފަހު ބިޝްވާލް އަށް މޯދީ އަށް ބައްދަލުވެވިފައިވާ ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވެރިކަންކުރާ ޕާޓީގެ އިސް އޮފިޝަލަކު ވަނީ، އެކަމާއި ގުޅިގެން ކުރި ޓްވީޓެއްގައި، ވަޢުދު ފުއްދަވާނެ ކަމުގެ ޔަޤީންކަން ދީފައެވެ. ނަމަވެސް އޭނާގެ ހިއްވަރުގެ ގަދަކަމުގެ ހަބަރު ފެނި އެޤައުމުގެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ އެ ވާހަކަ ޓްވިޓާގައި ވަރަށް ފޯރިއާއި އެކު ދައްކާފައެވެ.