އެންޑައިޓީ އެޓޭކަކަށް ފަރުވާ ކުރަމުންދިޔަ ބަލިމީހަކަށް ފަރުވާދެމުންދިޔަ ޑޮކްޓަރު މަލާމާތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން، އެ ޑޮކްޓަރު ވަޒީފާއިން ސަސްޕެންޑުކޮށްފިއެވެ،

މި ވީޑިއޯގައި ފެނިގެންދަނީ ޑޮކްޓަރ ބެތް ކީގްސްޓްރާ، ލޮސް ގަޓޯސްގެ އެލް ކަމީނޯ ހޮސްޕިޓަލުގައި ސަމިއުލް ބްރާޑްވެލް ބަލި ނޫން ކަމަށް ބުނެ ފުރައްސާރަކޮށް މަލާމާތްކުރާ މަންޒަރެވެ. އޭނާ ބުނާގޮތުގައި އެތަނުގައި ތިބި ބަލިބީހުންނަށް ވުރެ އޭނާގެ ހާލު ރަނގަޅު ކަމަށާއި އެހެންކަމުން ބޯ މައްޗަށް ނަގައި ތެދުވުމަށް އަންގައި ފުރައްސާރަކުރާ މަންޒަރު ވީޑިއޯއިން ފެނިގެން ދެއެވެ.

ޑޮކްޓަރު އޭނާ ތެދުކުރުމަށް މަސައްކަތްކޮށް އޭނާގެ ހަށިގަނޑުގައި ހިފައި ހިއްލާ މަންޒަރުވެސް މި ވީޑިއޯއިން ފެންނައިރު، ބަލިމީހާ ދިޔައީ އޭނާއަށް އެކަން ނުކުރެވޭނެ ކަމަށް ބުނެ ރޮމުންނެވެ. ނަމަވެސް އެކަމަށްވެސް ޑޮކްޓަރު ކުރަމުން ދިޔައީ މަލާމާތެވެ.

ބާސްކެޓް ކުޅުމުގެ ތެރެއިން އެންޒައިޓީ އެޓޭކެއް ޖެހިގެން ސަމިއުލް ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުނަމަވެސް އެ ދުވަހުން ފެށިގެން އެންޒައިޓީއަށް އެއްވެސް ބޭހެއްވެސް ދީފައި ނުވާކަމަށްވެސް އޭނާގެ އާއިލާއިން ބުނެއެވެ. ޑޮކްޓަރު ފުރައްސާރަކުރާ މަންޒަރު ފެންނަ ވީޑިއޯވެސް ޢާންމުކޮށްލާފައި ވަނީ އެ އާއިލާއިންނެވެ.

މި ވީޑިއޯއިން ޑޮކްޓަރު، ސަމިއުލް އާއި ބޭ އަދަބީ ބަހުން ވާހަކަ ދައްކާން މަންޒަރުވެސް ފެންނައިރު، އޭނާ މަސައްކަތްކުރަމުން ދިޔަ ހޮސްޕިޓަލުން ވަނީ އެކަމަށް މަޢާފަށް އެދިފައެވެ. އަދި އޭނާ އާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް އެ ހޮސްޕިޓަލުން ކުރިން ބުނެފައި ވެއެވެ. ޑޮކްޓަރ ބެތް ކީގްސްޓްރާ ސަސްޕެންޑުކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު