އޮކްލަހޮމާގެ ވެންޑީސްގައި ކަސްޓަމަރއެއްގެ އޯޑަރު ދިން ބާގާ ބަނަހެއްގެ ތެރެއިން މީދަލެއް ފެނިގެން އެކަން ސަމާލުކަމަށް ގެނެސްފިއެވެ.

އެ މީދާ ފެނިފައި ވަނީ ފާސްޓް ފުޑްޗެއިން ރެސްޓޯރެންޓެއްކަމަށްވާ ޓުލްސާގައި ކަސްޓަމަރަކަށް ސާރވް ކުރަން އުޅުނު ޕެކްކޮށްފައި އިން ބާގާއެއްގެ ތެރެއިންނެވެ.

އެ ކަސްތަމަަރށް ސާރވްކުރުމުގެ ކުރިން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަރުނުވެ އޮތް އެ މީދާ ފެނުނުއިރު، އެ މީހުން ވަނީ އެ މަންޒަރު ވީޑިޔޯކޮށްފައެވެ. އެެއީ އެ ރެސްޓޯރެންޓްގެ ސާފްތާހިރުކަމާއި މެދު އެ މުވައްޒަފުންވެސް ވަރަށް ބޮޑަށް ކަންބޮޑުވެފައިވާތީ އެކަން އެ މީހުންގެ ބޮޑު މީހާއަށް އަންގައިދިނުމުގެ ނިޔަތުގައެވެ.

އެ މީހުން ނެގި ވީޑިޔޯއިން ފެންނަނީ ޕެކް ކޮށްފައި އޮތް އެ ބަނަހުގެ ތެރޭގައި މީދާ ދުވާ މަންޒަރެވެ.

މިކަން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކު މީސް މީޑިޔާގެ ސަމާލުކަމަށް ގެނައުމަށް ނިންމީ، ބޮޑެތި މީހުން އެކަމާއި އަޅާ ނުލުމުންނެވެ.

އެ ރެސްޓޯރެންޓްގެ ވެރިން ބުނީ އެކަން ވަރަށް ބޮޑުކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި ޕެސްޓް ކޮންޓްރޯލްގެ އޮފިޝަލުންނާއި ވާހަކަދައްކައިގެން އެފަދަ މީދާތައް އެތަނުގައި އުޅޭތޯ ބަލާނެކަމަށްވެސް އެ މީހުން ބުންޏެވެ.

މީގެ ކުރިންވެސް އެތަނުގެ ތެރެއިން މީދާ ފަދަ ތަކެތި ފެނިގެން އެތަނުގެ ވެރިންގެ ސަމާލުކަމަށް ގެނައިކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު