އިންޑޮނޭޝިއާއަކީ ވަރަށް ތަފާތު ސަޤާފަތެއްގެ ވެރި ބަޔަކު އުޅޭ ޤައުމެކެވެ. ސަޤާފީ ކަންކަމަށް ލޯބިކޮށް، އެފަދަ ކަންކަން ޒަމާނަށް އަންނަ ބަދަލާއި އެކު ގެއްލިދިޔަ ނުދިނުމަށް އެބައި މީހުން އަބަދުވެސް މަސައްކަތް ކުރެއެވެ. މިއީ ސަޤާފަތާއި އެއްގޮތަށް އެޤައުމުގެ އިރުމަތީ ރަށެއް ކަމަށްވާ ސުލަވެސީގައި ކުރިއަށްގެންދިޔަ ޖަނާޒާއެއްގެ ތެރެއިން ހިނގި، ތަފާތު ހާދިސާއެކެވެ.

ސުލަވެސީގައި މަރުވި އަންހެނެއްގެ ޖަނާޒާގެ ކަންތައްތަ ކުރިއަށް ދަނިކޮށް، އޭނާގެ އުމުރުން 40 އަހަރުގެ ދަރިފުޅު މަރުވި މި ހާދިސާ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ސަމަން ކުންދޫރާ ނަމަކަށްކިޔާ އެމީހާ މަރުވީ މަންމަގެ ސަންދޯކުގެ ދަށުވެ ލިބުނު އަނިޔާގެ ސަބަބުންނެވެ.

މި ހާދިސާ ހިނގީ، މަރުވި އަންހެން މީހާގެ ސަންދޯއް، ދަނޑިން ހަދާފައިހުރި އުސް ޓަވަރެއްގެ މައްޗަށް އެރުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މަތިން އެ ސަންސޯއް ވެއްޓި ސަމަންގެ ބޮލުގައި ޖެހުމުންނެވެ. މި ހާދިސާ ހިނގީ ޓަވަރަށް ސަންދޯއް އަރުވަނިކޮށް، އޭގެ ތިރީގައި ޖަހާފައި ހުރި ހަރުގަނޑެއް ބިންދައިގެން ދިއުމުގެ ސަބަބުންވެ.

މި މަންޒަރު ފެންނަ ވީޑީއޯއެއްވެސް މިހާރު މީސްމީޑީއާގައި ދައުރުވަމުންދާއިރު، ސަމަންގެ އިތުރުން، އިތުރު ބަޔަކަށްވެސް މި ހާދިސާގައި ވަނީ އަނިޔާވެފައެވެ. ސަމަން މަރުވީ، އޭނާއަށް ލިބުނު އަނިޔާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މި ހާދިސާގައި ސަމަން މަރުވީ އޭނާގެ މަންމަގެ ޖަނާޒާގެ ތެރެއިން ކަމަށްވާއިރު، ހާދިސާއަށްފަހު ދެމީހުންގެ ޖަނާޒާ ބާއްވައި، ދެމައިންވެސް އެއް ތަނެއްގައި ވަޅުލުމަށް ވަނީ ނިންމާފައެވެ.

އިންޑޮނޭޝިއާގެ ބައެއް ހިސާބުތަކުގައި، މައްޔިތާ ވަޅުނުލައި، އުސް ތަނެއްގެ މަތީ ބޭއްވުމަށްފަހު ޖަނާޒާގެ އެކިއެކި ހަރަކާތްތަކެއް ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދާއިރު، އެކަމަކީ މީގެ ޒަމާންތަކެއް ކުރިންވެސް އެޤައުމުގައި އޮންނަ ސަޤާފަތެކެވެ.

ކިޔުންތެރިންގެ ހިޔާލު