ބޮޑު ދައިތައާއި އެކު ފިރިހެން ކުއްޖަކު ބާއްވަމުންދިޔަ ސިއްރު ލޯބީގެ ގުޅުން ފަޅައިއެރުމުން، އެ ގުޅުން ކުރިއަށް ގެންދިއުމަށް ދެކޮޅު ހަދަމުންދިޔަ އޭނާގެ މަންމަ މަރާލައިފިއެވެ.

ނައިޖީރިއާގެ އަބިއާ ސްޓޭޓްގައި މި ހާދިސާ ހިނގިއިރު، އެ އާއިލާގެ މީހަކު ނައިޖީރިއާގެ މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ، މަރާލި އަންހެން މީހާއަކީ އެ ފިރިހެން ކުއްޖާގެ މަންމަ ކަމަށެވެ. އަދި އޭނާ މަރާލީ ބޮޑު ދައިތައާއި އެކު ބާއްވަމުން ދިޔަ ގުޅުމާއި މެދު މަންމަ ހިތްހަމަ ނުޖެހުމުން، އެ ގުޅުން ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް އެފަރާތުން ވަނީބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން އެ ފިރިހެން ކުއްޖާ ހައްޔަރުކޮށްފައިވާއިރު، އޭނާ މީގެ ކުރިން އޭނާގެ މަންމައަށް އަނިޔާވެސް ކޮށްފައިވާކަން ތަހުޤީޤަށް ވަނީ ހާމަވެފައެވެ. އަދި އޭނާ މަންމައަށް އަނިޔާކުރަމުން ދިޔައީ ބޮޑުދައިތަ އާއި އެކު ބާއްވަމުން ދިޔަ ގުޅުމަށް ނުރުހުންވެ ހުރުމުން ކަމާއި، މިގޮތަށް އަނިޔާކުރާ ކޮންމެ ފަހަރެއްގައި މަންމައަށް އިންޒާރުދީ އިހާނެތިކޮށް ކަންތައްކުރާކަން ވަނީ އެނގިފައެވެ.

އިއްޔެ ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މަންމަ މަރާލުމަށްފަހު އެ ފިރިހެންކުއްޖާ އޭނާ ލޯބިގެ ގޮތުން ގުޅިގެން އުޅޭ ބޮޑު ދައިތައާއި އެކު ފިލާފައިވާއިރު، މިއަދު އޮފިޝަލުން ވަނީ އެ ދެމީހުންވެސް އަތުލައިގެންފައެވެ. އޮފިޝަލުންނާއި ޙަވާލާދީ ނޫސްތަކުން ބުނީ، މި ދެމީހުން ސިއްރު ގުޅުމެއް ބާއްވަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށާއި، އެގުޅުން އޮންނަކަން އެންމެ ފުރަތަމަ ފަޅައިއެރީ ފިރިހެން ކުއްޖާގެ މަންމައަށް ކަމަށެވެ.

އޭރުން ފެށިގެން އެ ފިރިހެން ކުއްޖާ ބޮޑު ދައިތަ އާއި އެކު އުޅެމުންދިޔައީ އޭނާގެ މަންމަވެސް ދިރިއުޅޭ ގޭގައި ކަމުގައިވާއިރު، އެކަން ސިއްރު ކުރުމަށް އޮތީ ޝަރުތުކޮށްފައެވެ. އިއްޔެގެ ހަމަނުޖެހުން ހިނގީ އެދެމީހުންގެ ގުޅުމުގެ ވާހަކަ އެހެން ބަޔަކަށް އެނގުމުން ކަމަށް ވެއެވެ.

ނައިޖީރިއާގެ އިދާރާތަކުން މި މައްސަލަ މިހާރު އިތުރަށް ތަހުޤީޤު ކުރަމުންދާއިރު، މި ދެމީހުން ދިގު މުއްދަތަކަށް ޖަލަށް ދާން ޖެހޭނެކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ޖަނގިޔާޒް ދަ ބޭލެނިންގް ދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  2. ؟؟

    ފިނޭގަވަސް

  3. ބާނިޔޫސޭ

    " ޢިޝްޤަކީ ބާރެއް ނުފޯރާ ބާރުގަދަ އަލިފާނެކޭ، ޖެއްސިއަސްވެސް ރޯނުވާ ރޯވެއްޖެނަމަ ނުމެނިވޭ " ދެންތިބޭ ދެދުނިޔޭގަވެސް ތިޔަ އަލިފާނުގަ އަނދަ އަނދާ. ބޮޑުދައިތަ އަންބަކަށް ގެންގުޅެފަ އެވަރުން ނުފުދިގެން ބަނޑުއަޅާ ވިހެއި މައިމީހާ މަރާފަ. އަޅެފަހެ ކީކޭ ދެން ބުނާނީ؟

  4. ރޯނުބެ

    ކުކުޅު ހާލުގެ ދަރަޖަ ދޯ ޕިސް