ސްޓަރ ޕްލަސްގެ އެންމެ ގިނަ ދުވަސްވީ ޑްރާމާތަކުގެ ތެރޭގައި ހިމެނޭ އެއް ޑްރާމާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހެ" ގެ ތަރި ކަރަން މެހެރީ، ޑްރާމާގައި ފެނިގެންދާ ރޯލުންނަމަ ނައިތިކް ސިންހާނިޔާ ހައްޔަރުކޮށްފި އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ކަރަން މެހެރީ ހައްޔަރުކޮށްފައި ވަނީ އޭނާގެ އަންހެނުން އަދި ފިލްމީތަރި ނިޝާ ރަވާލް ފުލުހަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
މުމްބާއި ފުލުހުންނާއި ހަވާލަދީ ނޫސްތަކުން ހާމަކުރާގޮތުގައި ކަރަން މެހެރީ ހައްޔަރު ކުރީ އޭނާގެ އަންހެނުން ނިޝާ ރަވާލް ފުލުހުންނަށް ހުށައަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަ އަކާއި ގުޅިގެންނެވެ.
މިހާރު ކަރަން މެހެރީ ހުރީ ގޮރެގައުން ޕޮލިސް ސްޓޭޝަންގައި އެވެ. މިމައްސަލައާއި ގުޅިގެން މެހްރާ ކޯޓަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ.
މެހްރާ ހައްޔަރު ކުރުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް އޭނާގެ ވަކީލުންގެ ފަރާތުން ވެސް މީޑިއާއަށް އެއްވެސް ބަހެއް ނުލިބެއެވެ.
މުމްބާއި ފުލުހުން ބުނާގޮތުގައި ކަރަން މެހެރީ ނިޝާ ރަވާލްގެ މެދުގައި މައްސަލަތައް ޖެހިގެން އުޅޭތާ ދުވަސްތަކެއް ވަނީ ވެފައެވެ. ދެމީހުން ވަރީގެ މައްސަލަ ކޯޓަށްވެސް ހުށައަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ ނިޝާ ރަވާލް މެހެރީ އާއި ދެކޮޅަށް ފުލުހަށް މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. މެހްރީ އާއި ރަވާލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ފަހުން ކައިވެނި ކޮށްފައި ވަނީ 2012 ވަނަ އަހަރުގައި އެވެ. އަށް އަހަރުވަންދެން ކައިވެނިކޮށް އެކީގައި އުޅުމަށްފަހު މިހާރު ވަރިވާން ނިންމާފައިވާއިރު ދެތަރީންގެ ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްވެސް އެބަހުއްޓެވެ.
ޔޭރިޝްތާ އޭ ބުނީމަ މަހީކުރީ މިހާރު އުޅޭ ފިރިހެން ކުއްޖާ ކަމަށް
އައްޗީޑި ތިހަރަ އަންހެން މީހާ ހީވަނީ ބޮބީ ޑާލިންގެ ހެން