ކަތި ނަޒަރުގެ އެންމެ 30 ސިކުންތުގެ ވީޑިއޯއަކުން ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ޕްރިޔާ ވާރިއާގެ އިންސްޓަގުރާމް ފޮލޯޥަރސްގެ އަދަދު ފޭސްބުކްގެ ފައުންޑަރ އަދި ސީ.އީ.އޯ މާރކް ޒަކަބާގްްއަށްވުރެވެސް ކުރި ހޯދާފިއެވެ.

ފޭސްބުކް އިން ގަނެފައިވާ އިންސްޓަގުރާމުގައި ޕުރިޔާގެ ފޮލޯވާރސްގެ އަދަދު މިހާާރު 4.5 މިލިޔަނަށް މިހާރު އަރާާފައިވާއިރު މިއަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މާރކް ފޮލޮވާރސްގެ ގޮތުގައި މިހާރު ތިބީ 4 މިލިއަން ފޮލޯވާރސްއެވެ.

ހޭޝްޓެޤް "ނިއު ކްރަޝް"ގެ ނަމުން މަަޝްހޫރުވި ޕުރިޔާއަށް އިންސްޓަގްރާމްގައި އެއް ދުވަހުގެ ތެރޭގައި ހަ ލައްކައަށްވުރެ ގިނަ ފޮލޯވާސްވެސް ލިބިފައި ވެ އެވެ. އެއީ ރިކޯޑްއަދަދެކެވެ. ޕްރިޔާ ފިލްމި ދާއިރާއަށް ނިކުތް މަލަޔާލަމް ފިލްމު “އޯރު އަދާރު ލަވް” ގެ އެންމެ މަންޒަރަކުން ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ޕްރިޔާވަނީ ދިވެހި ގިނަ ފިރިހެނުންގެ ހިތްތަކުނެވެސް ޖާގަ ހޯދާފައެވެ.

ނަމަވެސް ބައެއް މީހުންދަނީ ޕުރިޔާގެ މިމަޝްހޫރުކަމަށް ފާޑުކިޔަމުންނެވެ. ބައެއް މީހުންބުނެފައިވަނީ މާރކްފަދަ އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ކާމިޔާބީއަށް ވާސިލްވި މީހަކު ފޮލޯ ކުރާ ފޮލޯވާރސްއަށްވުރެ އެންމެ ލަވަޔަކުން މަޝްހޫރުކަން ހޯދި މީހެއް ފޮލޯކުރާ މީހުންގެ ނިސްބަތް ގިނަވުމުން ކަންބޮޑުވާކަމެއް ކަމަށެވެ.