1990ގެ އަހަރުތަކުގެ ކުދިންގެ އެންމެ މަގުބޫލު އެއް ޑުރާމާ ކަމަށްވާ ސޯން ޕަރީ ޑުރާމާއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރަށް ސްޓާރ ޕްލަސް އިން ދެއްކި ޑުރާމާއެކެވެ.

ސިންޑްރެއްލާ އަސްލަކަށް ބަލައިގެން ހަދައިފައިވާ މި ޑުރާމާގެ ފުރޫޓީގެ ރޯލުން އޭރު ފެނިގެން ދިޔަ ތަންވީ ހެޖުއަކީ މިހާރު މުޅިން ތަފާތު މީހެކެވެ. އެއިރުގެ ކުޑަކުޑަ ފުރޫޓީ އޭނާގެ އިންސްޓަގުރާމު އެކައުންޓްގައި ހިއްސާ ކޮށްފައިވާ ފޮޓޯއިން އޭނާއަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދެއެވެ.

ކުރީގައި ޓީވީ ސްކްރީންތަކުގައި އެންމެ ގަދައަށް ފިޔަ ޖަހަމުން އައި ތަންވީ މީހާރު ވަނީ ޓީވީ ސްކްރީންތަކަށް ގެއްލިފައެވެ. ނަމަވެސް ކުރީގައި ތަންވީ ވަނީ އެތައް އިޝްތިހާރު ތަކަކާއި އެތައް ކަމެޕެއިން ތަކެއްގައި ބައިވެރިވެފައެވެ. ސޯން ޕަރީ ޑުރާމާގެ އިތުރުން ޝަކަލަކަ ބޫމް ބޫމް އަދި ޝާހިދު ކަޕޫރު ފެނިގެން ދިޔަ ފިލުމު ވާހް! ލައިފް ހޯތޯ އޭސޭގައި ވެސް މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ.

ހިންދީ ޑުރާމާ ތަކާއި ފިލުމު ތަކުގެ އިތުރަށް މަރާތީ ފިލުމު ޝިވާގައި ވެސް ތަންވީ މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ.

ސޯން ޕަރީ ޑުރާމާގައި ތަންވީ ފެނިގެން ދިޔައީ ކުޑައިރު މަންމަ މަރުވެފައިވާ އަންހެން ކުއްޖެއްގެ ރޯލެވެ. ޅަ އުމުރުގައި މަންމަ މަރުވެ އެތައް ގޮންޖެހުން ތަަކަކާއި ކުރިމަތިލައިފައިވާ ފުރޫޓީއާއި ދިމާވަނީ ޖާދޫގެ މީހަކާއެވެ. މި ޖާދޫގެ މީހާއާއި ފުރޫޓީގެ ޖޯޑު ވެގެން ދިޔައީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ޖޯޑަކަށެވެ.

މި ޑުރާމާ ބެލި ކުދިންނަށް ފުރޫޓީ ހަނދާންވެއްޖެތަ؟

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޔާލު

    ޢެއީ ޝިއުނާ

  2. އެމަންޖެ

    ނަޝިދައް އިނގިލައްވާނެ އޭނާ ކައިރީ އައްސަވާ.

    5
    2